08 އޯގަސްޓް 2022
ރާއްޖޭގެ ޓެބަލް ޓެނިސްގައި ވިދުން ގަދައީ އަންހެން ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިން ވަނީ ބައިނަލްއަގްވާމީ ދެ ގޭމްސް އަކުން ރާއްޖެ އަށް މެޑަލް ހޯދައި ދީފަ އެވެ. އޭގެ އިތުރުން ސަރަހައްދީ ގިނަ މުބާރާތްތަކުގައި އަންހެން ކުޅުންތެރިންގެ ކާމިޔާބު ބޮޑެވެ.
ރާއްޖޭގެ ޓެބަލް ޓެނިސްގައި ވިދުން ގަދައީ އަންހެން ކުޅުންތެރިންނެވެ. އަންހެން ކުޅުންތެރިން ވަނީ ބައިނަލްއަގްވާމީ ދެ ގޭމްސް އަކުން ރާއްޖެ އަށް މެޑަލް ހޯދައި ދީފަ އެވެ. އޭގެ އިތުރުން ސަރަހައްދީ ގިނަ މުބާރާތްތަކުގައި އަންހެން ކުޅުންތެރިންގެ ކާމިޔާބު ބޮޑެވެ.
އެއާ ހިލާފަށް ފިރިހެން ކުޅުންތެރިންނާ މެދު އޮންނަ ސަމާލުކަން ކުޑަ އެވެ. ކުރެވޭ އުއްމީދު ވެސް އޮތީ ކުޑަ ކޮށެވެ. އެކަމަކު މިހާރު ކުރިއަށްދާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި އިއްޔެ ރާއްޖޭގެ މުހައްމަދު ޝައްފާން އިސްމާއީލް ދެއްކި ކުޅުމާއެކު ފިރިހެން ކުޅުންތެރިންނާ މެދު ވެސް އުއްމީދު ކުރަން ޖެހޭކަން ޓީޓީގެ ތަޖުރިބާކާރަކު ބުންޏެވެ.
ޝައްފާން ވެސް ބުނީ ދިގު މުއްދަތަކަށް ފަހު މުބާރާތެއްގައި ވާދަކޮށް ދެ މެޗުން ވެސް ދެއްކި ކުޅުމާ މެދު އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އޭނާ ބުނީ މުބާރާތަށް ތައްޔާރުވާން އާ ކޯޗެއް އައިސް ލިބުނު ވަގުތާ އަޅާ ބަލާއިރު މެޗުތަކުގައި ހީކުރި ވަރަށް ވުރެ ރަނގަޅު ކުޅުވުނު ކަމަށެވެ.
"އަހަންނަށް ހީވަނީ އަހަރެން އުންމީދު ކޮށްގެން ހުރި ވަރަށް ވުރެ މައްޗަށް ދެވުނު ކަމަށް. މިއަށް ވުރެ ވެސް ރަނގަޅަށް އިރާދަކުރެއްވިއްޔާ ކުޅެވޭނެ،" އޮލިމްޕިކް ކޮމިޓީގެ މިޑީއާ ޓީމަށް ދިން އިންޓަވިއުގައިި ޝައްފާން ބުންޏެވެ.
އޭނާ ބުނީ އެންމެ އުނދަގޫ ކަމަކީ ކުޅެން ލިބޭ އިންޓަނޭޝަނަލް މެޗުތައް މަދުވުން ކަމަށެވެވެ. މިއީ ގާތްގަނޑަކަށް ތިން އަހަރު ތެރޭ އޭނާ ވާދަކުރާ އިންޓަނޭޝަނަލް ފުރަތަމަ މުބާރާތެވެ.
"އެހެން ގައުމުތަކުގެ ކުޅުންތެރިންނަށް ކުޅެން ލިބޭ މެޗާ ބަލާފައި ވަރަށް މަދު އަދަދެއްގެ މެޗުތަކެއް ލިބެނީ. އެކަމަކު އެވަރަށް ލިބޭ ފުރުސަތާ ބަލާފައި ޕާފޯމް ކުރެވުނީމަ ހިތްހަމަ ޖެހޭ. ރަނގަޅު ކޯޗަކާއެކު އަހަރެއް ވަންދެން ޕްރެކްޓިސް ކޮށްލަން ލިބުނަސް ވަރަށް ބޮޑުތަން ކުރިއަރާނެ. މިފަހުން އައި ކޯޗު ވަރަށް ކުޑަ ދުވަސް ކޮޅެއްވީ އެކަމަކު އެ ކޯޗު ކިޔައިދޭ އެއްޗި އެޕްލައި ކުރީމަ ވަރަށް ރަނގަޅަށް ކުޅެވޭ،" ޓޭބަލް ޓެނިސްގެ މަޝްހޫރު އާއިލާއެއް ކަމަށްވާ، ހ. ސީވީޑަށް ނިސްބަތްވާ ޝައްފާން ބުންޏެވެ.
ޓީޓީއޭއެމްގެ ރައީސް އަލީ ރަޝީދު، މާޗް މަހު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ފިރިހެން ކުޅުންތެރިން ވެސް މުބާރާތުގައި ވާދަކުރާނީ ކާމިޔާބު ހޯދުމުގެ އަމާޒުގަ އެވެ. އަދި އެ ޓާގެޓްތަކަށް ވާސިލުވާން ކުޅުންތެރިންގެ ޓްރޭނިންތައް ވެސް އެގޮތަށް ގެންދަން މަސައްކަތް ކުރާނެ ކަމަށް ކުރީގެ ޓީިޓީ ކުޅުންތެރިޔާ ވިދާޅުވި އެވެ.
"ފިރިހެން ކުޅުންތެރިންގެ ތެރޭގައި ވެސް އެބަތިބި މުބާރާތްތަކުގައި ކާމިޔާބު ހޯދޭނެ ފެންވަރުގެ ކުޅުންތެރިން. ވަކި ޓާގެޓްތަކަށް ވާސިލުވާން އެ ކުޅުންތެރިންނަށް އެސޯސިއޭޝަންގެ ޕްލޭންތަކެއް ވެސް ހުރީ ރޭވިފަ،" އަލީ ވިދާޅުވެފައި ވެއެވެ.
ފިރިހެން ސިންގަލްސްގެ ރައުންޑް 1 ގައި އިއްޔެ ކުޅުނު މެޗުގައި ޓޯގޯގެ ކުޅުންތެރިޔާ ބަލިކޮށް ޝައްފާން ގަދަ 16 ގެ ބުރަށް ދަތުރު ކުރީ ސީދާ ތިން ގޭމުން މޮޅުވެގެންނެވެ. ގަދަ 16 ގެ ބުރުގައި އިރާންގެ ތަޖުރިބާކާރު ކުޅުންތެރިޔާ އާ ދެކޮޅަށް ޝައްފާން ވަރުގަދަ ފައިޓެއް ދިނެވެ. ފުރަތަމަ ގޭމާއި ފަހު ގޭމްގައި ވަރުގަދަ އަށް ވާދަކުރި އެވެ. އިރާންގެ ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ 11-9، 11-3، 11-9 ންނެވެ.
ޝައްފާން އިއްޔެ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ވާދަކުރަނީ: އޭނާގެ ދެއްކި ކުޅުމާއެކު ފިރިހެން ކުޅުންތެރިންނާ މެދު ވެސް އުންމީދު ކުރަން ޖެހޭކަން ވަނީ ސާބިތުކޮށް ދިފަ --- ފޮޓޯ: އިސްމާއީލް ތޯރިގް | އެމްއޯސީ
ޝައްފާން ދެއްކި ކުޅުމާއެކު ޓީޓީގެ ތަޖުރިބާކާރެއް ކަމަށްވާ އަދި ޝައްފާންގެ ބޮޑު ބޭބެ އިބްރާހިމް ލަތީފް (އިއްބެ) ބުނި ގޮތުގައި އިންޓަނޭޝަނަލް ގިނަ މެޗުތަކެއް ކުޅެން ލިބޭނަމަ ޝައްފާންގެ ފެންވަރު މިހާރަށް ވުރެ ވެސް ރަނގަޅު ވާނެ އެވެ.
"މުބާރާތުގެ ކުރިން އިންޓަނޭޝަނަލް މެޗުތަކެއް ކުޅެފައި މުބާރާތަށް ދިޔަނަމަ އިރާންގެ ކުޅުންތެރިޔާ އަތުން ވެސް މޮޅު ވެވުނީހޭ އަޅުގަނޑު ބުނާނީ،" ޓީޓީގެ ޓެކްނިކަލް އޮފިޝަލެއްގެ ގޮތުގައި ވެސް މަސައްކަތް ކުރި އިއްބެ ބުންޏެވެ.
ޝައްފާން، އިއްޔެ މެޗުން މޮޅުވުމުން އޭނާ އާ މެދު ކުރެވޭ އުންމީދު ބޮޑު ކަމަށް އިއްބެ ވެސް ބުންޏެވެ. އޭނާ ބުނީ އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ ފިރިހެން ކުޅުންތެރިން އެހާ ބޮޑަށް ފާހަގަ ނުވަނީ ސަރަހައްދުގެ އެހެން ގައުމުތަކުގައި ފިރިހެން ކުޅުންތެރިންގެ ފެންވަރު މާބޯޑަށް ވެސް މަތިވުމުންނެވެ.
"ރާއްޖޭގެ ފިރިހެން ކުޅުންތެރިން މީގެ ކުރިން ނުކުޅޭހާ މޮޅަށް މިހާރު ޝައްފާން އެ ކުޅެނީ،" އޭނާގެ ދައްތަ ސީވީޑްގޭ އައިޝަތު ލަތީފްގެ ދަރިފުޅާ ބެހޭގޮތުން އިއްބެ ބުންޏެވެ.
އިއްބެ ބުނިގޮތުގައި އަވަސް އަވަހަށް ކޯޗުން ބަދަލު ނުވެ އެއް ކޯޗަކާއެކު ގިނަ ދުވަހު ޕްރެކްޓިސް ކޮށް މުބާރާތުގައި ވާދަކުރަން އެއް ކޯޗަކާއެކު ދިއުމަކީ މުހިންމު ކަމެކެވެ.
"މިހާރު މި ވާގޮތަކީ މުބާރާތަށް ގައުމީ ސްކޮޑް ޓްރޭން ކުރަން ހުންނަ ކޯޗު މުބާރާތުގައި ވެސް އިރުޝާދު ދޭން ހުންނަނަމަ ޓެކްނިކަލީ ވެސް ކުޅުންތެރިންނަށް ފަސޭހަ ވާނެ،" އިއްބެ ބުންޏެވެ.
އޭނާ ބުނީ އިންޓަނޭޝަނަލް ލެވަލްގައި ރާއްޖޭގެ ފިރިހެން ކުޅުންތެރިން ފެންވަރާ ސަރަހައްދުގެ ކުޅުންތެރިންގެ ފެންވަރާ ނުބައްދަލު ކަމަށެވެ.
"މިސާލަކަށް އިންޑިއާގެ ޝަރަތު ކަމާލް. އުމުރުން 40 އަހަރުގެ ކުޅުންތެރިޔެއް އެ ހޯދީ ކޮމަންވެލްތު ގޭމްސްގެ މިކްސް ޑަބަލްސްއިން ރަން މެޑަލް. އެކަމަކު ރާއްޖޭގެ މި ކުޅުންތެރިންނަކީ ވަރަށް ޒުވާން އިންޓަނޭޝަނަލް ތަޖުރިބާ ވެސް ވަރަށް މަދު ކުޅުންތެރިން،" އިއްބެ ބުންޏެވެ.
ފަހަތުން އަރައި މުންސިފް ބަލިކޮށް ޝައްފާނަށް ތަށި
ފިރިހެން ސިންގަލްސް ރާއްޖޭގެ ފުރަތަމަ މެޑަލް ޝައްފާނަށް
ޝައްފާން އެއް ވަނައިގައި: ފެންނަނީ ވާދަވެރިކަން
އޭޝިއާގެ ޓީޓީގެ ކައުންސިލަށް ޓީޓީއޭއެމްގެ ރައީސް އަލީ
ލަތީފާއި އަލިބެ އަށް ތުރުކީން ބޮޑު ކާމިޔާބެއް
އިރާންގެ ޕެއާ ބަލިކޮށް ޝައްފާނާއި މުންސިފް ދެވަނަބުރަށް
އަންހެން ޓީޓީ ޓީމަށް ލަންކާ އަތުން ތާރީހީ މޮޅެއް
ގައުމީ އަންހެން ޓީޓީ ޓީމުން ކިރިގިސްތާން ބަލިކޮށްފި
ފެނުނީ ތަފާތު އަޚްޔާރެއް، މިހާރު އެންމެ އުހުގައި!
މުންސިފް ބަލިކޮށް ގައުމީ ތަށި އަޚްޔާރު ހޯދައިފި