02 ސެޕްޓެމްބަރ 2023
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑީއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ރާއްޖޭން ލޯ މެޑަލް ހޯދައިފި އެވެ.
މަޑަގަސްކަރާގައި މިހާރު ކުރިއަށްދާ އިންޑީއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި އަންހެނުންގެ 4 ގުނަ 100 މީޓަރު ރިލޭގައި ރާއްޖޭން ލޯ މެޑަލް ހޯދައިފި އެވެ.
މިއީ ރާއްޖޭގެ އެތުލެޓިކްސްގެ ތާރީހުގައި އަންހެން ރިލޭ ޓީމުން މެޑަލް ހޯދި ފުރަތަމަ ފަހަރެވެ. މެޑަލް ހޯދި އަންހެން ޓީމުގައި ހިމެނެނީ އައިޝަތު ހިމްނާ ހަސަން، މަރިޔަމް ރޫޔާ އަލީ، އަހްނާ ނިޒާރު އަދި މަރިޔަމް އަލްހާ ހުސެއިން އެވެ.
ރީޔޫނިއަން އާއި ސީޝެލްސް ފަހަތަށް ޖައްސާލާފައި ރާއްޖޭން މެޑަލް ހޯދީ 47.03 ސިކުންތުން ދުވެގެންނެވެ. އެއްވަނަ ހޯދީ 44.82 ސިކުންތުން ދުވި މަޑަގަސްކަރަ ޓީމެވެ. އަދި ދެވަނަ ހޯދީ 46.56 ސިކުންތުން ދުވި މޮރީޝަސް ޓީމެވެ.
ރާއްޖޭގެ މިކްސްޑް ރިލޭ ޓީމުން ވެސް ވަނީ މިއަހަރުގެ އައިއޯއައިޖީގައި، ފުރަތަމަ ފަހަރަށް ބްރޯންޒް މެޑަލް ހޯދައިފަ އެވެ.
އިއްޔެގެ އެތުލެޓިކްސް އެހެން އިވެންޓްތަކަށް ބަލައިލާއިރު 200 މީޓަރު އަންހެން އަދި ފިރިހެން ފައިނަލްގައި ރާއްޖޭގެ ދުވުންތެރިން ވާދަކުރި އެވެ. ފިރިހެން ފައިނަލްގައި ހަސަން ސާއިދު 21.58 ސިކުންތުން ރޭސް ނިންމީ ފަސްވަނައިގަ އެވެ. އަދި އުންމީދީ ދުވުންތެރިޔާ މުހައްމަދު މިންހާލް ޝާމިން 22.55 ސިކުންތުގެ ޓައިމިންއަކާ އެކު ނިންމީ އަށްވަނައިގަ އެވެ. އަންހެން ފައިނަލްގައި 26.30 ސިކުންތުން ދުވެގެން އާމިނަތު ލަޔާނާ މުހައްމަދު ނިންމީ އަށްވަނައިގަ އެވެ.
އެތުލެޓިކްސްގެ އަންހެނުންގެ 400 މީޓަރު ފައިނަލްގައި ބުރާސްފަތި ދުވަހު ރާއްޖޭގެ ތިން ދުވުންތެރިން ވާދަކުރި އެވެ. އެ އިވެންޓުގެ ތިން މެޑަލް ވެސް ނެގީ މަޑަގަސްކަރައިގެ ދުވުންތެރިންނެވެ. ރާއްޖޭން އެންމެ ރަނގަލު ޓައިމިންއެއްގައި ނިންމީ 58.13 ސިކުންތުން ދުވެގެން ފަސްވަނަ ހޯދި ހިމްނާ އެވެ. ހަވަނައިގައި ނިންމި ޒިވާ މޫސާ ޝަފީއުގެ ޓައިމިން އަކީ 58.21 އެވެ. އަދި 58.46 ސިކުންތުން ދުވި ލަޔާނާ ނިންމީ ހަތްވަަނައިގަ އެވެ.
ފިރިހެނުންގެ 800 މީޓަރު ދުވުމުގެ ފައިނަލުން ހުސައިން ފަޒީލް ހާރޫން (ފްލޭޝް) އާއި ހުސައިން ރިޒާ (ކުޑަ ރިޒާ) މިއަދު ވާދަކުރާނެ އެވެ.
އެތުލީޓުންގެ ކާމިޔާބު ފާހަގަކުރަން އިވެންޓެއް ބާއްވަނީ
އަންހެނުންގެ 4 ގުނަ 400 މީޓަރު ރިލޭއިން ބްރޯންޒް
ނަބާ، ނަބީއަށް ރަން، ސިންގަލްސްއިން ނަބީއަށް ރިހި
ރަން މެޑަލް ދީމާ އަށް ރަފާ އަށް ރިހި
ފާތުންއަށް ތާރީހީ މެޑަލްއެއް ރައްޒާގަށް ވެސް ބްރޯންޒް
ސީޝެލްސް ބަލިކޮށް އަންހެން ބާސްކެޓް ޓީމު ސެމީ އަށް
މިކްސްޑް ރިލޭއިން ރާއްޖެ އަށް ފުރަތަމަ ފަހަރަށް މެޑަލް
ދީމާ އާއި ރަފާއަށް ރަނެއް، މުންސިފާއި ޝައްފާނަށް ރިހި
ޓައެކްވޮންޑޯގެ ފާތިމަތަށް އަނެއްކާވެސް ބްރޯންޒެއް
ތްރީ އޮން ތްރީ ބާސްކެޓް ދެ ޓީމަށް ވެސް ލޯ މެޑަލް