Roadha Mihaaru
މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަށް

މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަތުލައިފި

16 އޮކްޓޯބަރ 2023

ނިއު ޖާޒީ (އޮކްޓޯބަރު 16) - ކުރިން ލިއޮނެލް މެސީ އަތުގައި އޮތް އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ނިއު ޖާޒީ (އޮކްޓޯބަރު 16) - ކުރިން ލިއޮނެލް މެސީ އަތުގައި އޮތް އެންމެ މުއްސަނދި ފުޓްބޯޅަ ކުޅުންތެރިޔާގެ މަގާމު ވާދަވެރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދައިފި އެވެ.

ކުރިން އެންމެ ބޮޑު އާމުދަނީ އެއް ލިބޭ ކުޅުންތެރިޔަކީ މެސީ އެވެ. ދުނިޔޭގެ އެންމެ ބޮޑު މަނީ މެގަޒިން "ފޯބްސް" އިން ނެރުނު މިދިޔަ 12 މަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ބޮޑު އާމުދަނީއެއް ލިބޭ ކުޅުންތެރިޔަކީ ރޮނާލްޑޯ އެވެ.

ކުޅިވަރު އެތުލީޓުންގެ ތެރެއިން މިހާރު އެންމެ ބޮޑު އާމުދަނީއެއް ލިބޭ އެތުލީޓަކީ ވެސް ރޮނާލްޑޯ އެވެ. އޭނާ އަށް މިދިޔަ 12 މަހުގެ ތެރޭ 260 މިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބުނެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް، ޖެނުއަރީ މަހު ސައުދީ އަރަބިއާގެ އައް ނަސްރަށް ރޮނާލްޑޯ ބަދަލުވީ އަހަރަކު 200 މިލިއަން ޑޮލަރުގެ މުސާރައަކަށެވެ. އޭގެ އިތުރުން ނައިކީ އާއި ޖެކޮބް އެންޑް ކޯ ފަދަ ކުންފުނިތަކުގެ ސްޕޮންސާޝިޕާ އެކު ރޮނާލްޑޯ އަށް އިތުރު 60 މިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބިފައި ވެއެވެ.

ލިސްޓްގެ ދެވަނައިގައި އޮތީ މެސީ އެވެ. އޭނާ އަށް އަހަރަކު 135 މިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބޭކަމަށް ފޯބްސްގެ ހިސާބުތަކުން ދައްކަ އެވެ. އެމެރިކާގެ އިންޓަ މަޔާމީ އަށް މިހާރު ކުޅެމުންދާ މެސީ ފޯބްސްގެ ގަދަ 10 ގެ ލިސްޓްގައި ހިމެނުމުން މެސީ އަކީ ޑޭވިޑް ބެކަމް އަށް ފަހު އެމްއެލްއެސްގެ ކުޅުންތެރިންގެ ތެރެއިން ފޯބްސްގެ ގަދަ 10 ގައި ހިމެނުނު ފުރަތަމަ ކުޅުންތެރިޔާ އެވެ.

ސައުދީގެ އަލް ހިލާލްގެ ފޯވާޑް ނޭމާ އަކީ އެ ލިސްޓްގެ ތިންވަނަ އެވެ. އޭނާ އަށް އަހަރަކު 135 މިލިއަން ޑޮލަރުގެ އާމުދަނީއެއް ލިބެ އެވެ.

ސައުދީން އެ ގައުމުގެ ލީގަށް ކުރާ އިންވެސްޓްމެންޓް ވަރުގަދަ ކުރުމުން، ފޯބްސްގެ ލިސްޓަށް ބެސް ވަނީ އެގުން ވެފަ އެވެ. މުއްސަނދި ފުޓްބޯޅަ ކުޅުންތެރިންގެ ގަދަ 11 ގައި ސައުދީގެ ލީގުގެ ހަތަރު ކުޅުންތެރިން ހިމެނެ އެވެ. ރޮނާލްޑޯ އާއި ނޭމާގެ އިތުރުން ކަރީމް ބެންޒެމާ އާއި ސެޑިއޯ މާނޭ ޓޮޕް ލިސްޓްގައި ހިމެނެ އެވެ.