08 ސެޕްޓެމްބަރ 2023
ޓަނާވާ، ސްލޮވާކިއާ (ސެޕްޓެމްބަރު 8) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު އޮތް ވާދަވެރިކަމަށް ނިމުމެއް އައިސްފި ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
ޓަނާވާ، ސްލޮވާކިއާ (ސެޕްޓެމްބަރު 8) - އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ އާއެކު އޮތް ވާދަވެރިކަމަށް ނިމުމެއް އައިސްފި ކަމަށް ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ނިންމައިފި އެވެ.
ރޮނާޅްޑޯ ހާމަކުރި ގޮތުގައި ދެ ކުޅުންތެރިންގެ ވާދަވެރިކަން ނިމުނީ، ދެ ކުޅުންތެރިން ވެސް ޔޫރަޕްގެ ފުޓްބޯޅަ ދޫކޮށްލި ހިސާބުންނެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަސް ނިމެނިކޮށް ރޮނާލްޑޯ ސައުދީ އަރަބިއްޔާގެ އައް ނަސްރަށް ބަދަލު ވެފައި ވާއިރު، މެސީ ވަނީ ނިމިދިޔަ ސީޒަނަށް ފަހު އެމެރިކާ ލީގުގެ އިންތަ މަޔާމީ އަށް ބަދަލު ވެފަ އެވެ.
"ކުރިން އޮތް ގޮތަކަށް ނޫން މިހާރު ކަންތައް ފެންނަނީ. ވާދަވެރިނަކް ނިމިއްޖެ. ވަރަށް ރަނގަޅަށް ދިޔައީ، ސަޕޯޓަރުން ވެސް ވަރަށް ގަޔާވި ވާދަވެރިކަމެއް މިއީ. ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ސަޕޯޓް ކުރާ ފަރާތްތަކުން މެސީ ދެކެ ނަފްރަތު ކުރާކަށް ނުޖެހޭ. ދެ ކުޅުންތެރިން ވެސް އެހާމެ މޮޅު، އެއީ ފުޓްބޯޅައިގެ ތާރީހު ބަދަލު ކޮށްލި ދެ ކުޅުންތެރިން،" ޕޯޗުގަލް އާއެކު ޔޫރޯ ކޮލިފަޔާސް އަށް ތައްޔާރު ވަމުން އަންނަ ރޮނާލްޑޯ ބުންޏެވެ.
ކޮލިފައިން މެޗުގައި މިރޭ ޕޯޗުގަލް ނުކުންނާނީ ރަށުން ބޭރުގައި ސްލޮވާކިއާއާ ދެކޮޅަށެވެ.
މެސީ އާއި ރޮނާލްޑޯ ވެސް ވަނީ ކެރިއަރުގެ އެންމެ ޕީކް ދުވަސްވަރު ސްޕެއިންގައި ބޮޑެތި ކާމިޔާބީތަކެއް ހޯދައިފަ އެވެ. މެސީ ބާސެލޯނާއަށް ކުޅުނުއިރު ރޮނާލްޑޯ ސްޕެއިންގައި ކުޅުނީ ވާދަވެރި ރެއާލް މެޑްރިޑަށެވެ. ދެ ކުޅުންތެރިންގެ ވާދަވެރިކަމަށް ބޮޑުމަގުބޫލު ކަމެއް ލިބުމުގައި ދެ ކްލަބާއި ކުޅުންތެރިންގެ ސަޕޯޓަރުންގެ ހިއްސާ ބޮޑެވެ.
ސްޕެއިންގައި ދެ ކުޅުންތެރިން ކުޅުނު ދުވަސްވަރު ވަނީ ޔޫރަޕްގެ ފުޓްބޯޅަ ޑޮމިނޭޓް ކޮށްފަ އެވެ. ބާސެލޯނާއާ އެކު މެސީ ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރިއިރު ރޮނާލްޑޯ ވަނީ ފަސް ފަހަރު ތަށި ހޯދައިފަ އެވެ. ރޮނާލްޑޯ އާއެކު ރެއާލަށް ދެ ފަހަރު ލަ ލީގާ ކާމިޔާބު ކުރެވުނުއިރު، މެސީ ވަނީ ބާސެލޯނާ އާއެކު 10 ފަހަރު ލީގު ތަށި އުފުލާލައިފަ އެވެ.
އިންޑިވިޖުއަލް އެވޯޑަށް ބަލައިލާއިރު، 2008 އިން 2021 އާ ދެމެދު ދިން 13 ބެލޮންޑީއޯ އެވޯޑްގެ ތެރެއިން މި ދެ ކުޅުންތެރިން ވަނީ 12 ފަހަރު ކުރި ހޯދައިފަ އެވެ. މި މުއްދަތުގައި ރޮނާލްޑޯ ފަސް ބެލޮންޑިއޯ އެވޯޑް ހޯދާފައި ވާއިރު މެސީ ވަނީ ހަތް ފަހަރު އެވޯޑް އުފުލާލައިފަ އެވެ.
ގޯލު ޖެހުމުގައި ވެސް ދެ ކުޅުންތެރިންގެ ވާދަވެރިކަން ބޮޑެވެ. މެސީ ބާސެލޯނާ ދޫކޮށްލީ ކުޅުނު 778 މެޗުން 672 ގޯލު ޖަހައިދީގފަ އެވެ. ރޮނާލްޑޯ ވަނީ ރެއާލް މެޑްރިޑަށް ކުޅެސިން 438 މެޗުން 450 ގޯލު ޖަހައިފަ އެވެ.
"މުޅި ދުނިޔެ ވެސް އަހަރެމެން ދެމީހުނަށް އިހުތިރާމް ކުރޭ، އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް. އޭނާ [މެސީ] ކުރިއަށް ދަނީ އޭނާ ބޭނުންވާ ގޮތަށް، އަހަރެން ކުރިއަށް މިދަނީ އަހަރެން ހިޔާރުކުރި މަގުން. އަހަރެން ދެކޭގޮތުގައި އޭނާ ވަނީ ވަރަށް ރަނގަޅަށް އޭނާ ހިޔާރު ކުރި މަގުން ކުރިއަށް ގޮސްފައި. އަހަރެމެން މި ލެގަސީ ދަމަހައްޓާނަން، އެކަމު މިހާރު އަހަރެމެން ދެމީހުން ކުޅެނީ އެކަކު އަނެކަކަށް ވާދައަށް ކަމަށް ނުދެކެން،" ރޮނާލްޑޯ ބުންޏެވެ.
"އަހަރެން ބުނިން އަހަރެމެން ފުޓްބޯޅައިގެ އެންމެ މަތީ ހަރުފަތުގައި 15 އަހަރު ހޭދަ ކޮށްފީމޭ. އަހަރެމެން މިއީ ރަހުމަތްތެރިންނޭ ނުބުނާނަމޭ، ނަމަވެސް މަސައްކަތުގެ މައިދާނުގައި މިއީ އެކުވެރިންނޭ، އަހަރެމެން އެކަކު އަނެކަކަށް އިހުތިރާމު ކުރަމޭ ކުރިން ވެސް ބުނިން."
މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން، ކްލަބުން ރިލީޒް ހޯދައިގެން ސައުދީ ލީގަށް ބަދަލު ވުމުން ރޮނާލްޑޯ އަށް ވަނީ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އަމާޒު ވެފަ އެވެ.
ރޮނާލްޑޯގެ ފަހަތުން މިހާރު ސައުދީ ލީގު ކުލަބްތަކުން އަންނަނީ ޔޫރަޕްގައި ކުޅޭ މަޝްހޫރު ގިނަ ތަރިންތަކެއް ގެންނަމުންނެވެ. އަދި ސައުދީ ލީގު ފުޅާވަމުން ގޮސް ގިނަ ތަރިންގެ މަންޒިލަކަށް ސައުދީ ލީގު ހެދުމުގައި ރޮނާލްޑޯގެ އިސް ދައުރެއް ވާކަން އޭނާ އަމިއްލައަށް ވެސް ގަބޫލު ކުރެ އެވެ.
"ފާޑު ކިޔުމަކީ މައްސަލައެއް ނޫން. ފާޑު ކިޔުން އަމާޒު ނުވަނީ ކޮން ލީގަކަށް؟ ކޮން ލީގެއްގައި މައްސަލަތައް ނުހުންނަނީ؟" ރޮނާލްޑޯ ސުވާލު އުފެއްދި އެވެ.
"އަހަރެންނަށް އެނގޭ ކުރިން ވެސް، މީހުން ބުނޭ އަހަރެން މިހުރީ މޮޔަވެފަ ހޭ. އެކަމު މިހާރު އެހެނެއް ނުކިޔާ. މިހާރު އަރަބި ލީގުގައި ކުޅުމަކީ އާއްމު ކަމަކަށް ވެއްޖެ."
ރޮނާލްޑޯ ސައުދީ ލީގާ ގުޅުނު ފަހުން ނޭމާ، ކަރީމް ބެންޒެމާ، އެންގޯލޯ ކަންޓޭ، ކަލިދޫ ކުލިބާލީ، އެޑުއާޑް މެންޑީ، ރޮބާޓޯ ފިރުމީނޯ، ސަޑިއޯ މާނޭ އަދި މާސެލޯ ބްރޯޒޮވިޗް ފަދަ ތަރިން ވަނީ ސައުދީ ކްލަބްތަކަށް ސޮއި ކޮށްފަ އެވެ.
"ނަސްރުގެ ކުޅުންތެރިއެއްގެ ގޮތުގައި އަހަރެންނަށް އެނގޭ މިހެން ވާނެކަން. ގައުމެއްގެ ފުޓްބޯޅައަށް ހެޔޮ އިންގިލާބީ ބަދަލެއް ގެނެވުމަކީ ޝަރަފްވެރި ކަމެއް. މި ލީގުގައި މިހާރު މަޝްހޫރު ކުޅުންތެރިން ކުޅޭތީ އަހަރެން އެކަމާ ފަހުރުވެރި ވޭ. އަހަރެންނަކީ އަބަދުވެސް އާ ކަންކަން ތަޖުރިބާ ކުރަން ބޭނުންވާ ފަންނުވެރިއެއް، އެކަމާ ވެސް އަހަރެން ފަހުރުވެރި ވަން،" ރޮނާލްޑޯ ހިއްސާ ކުރި އެވެ.
"އަހަރެން ބޭނުމީ މިގޮތުގައި ކުރިއަށް ދާން އަބަދު ވެސް، މިއީ ދުނިޔޭގެ ފެންވަރުގެ ލީގަކަށް ހެދުން އުންމީދަކީ."
21 އަހަރަށް ފަހު މެސީ އާއި ރޮނާލްޑޯ ބެލޮންޑިއޯ އިން ކަޓައިފި
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
މުއްސަނދިންގެ ލިސްޓްގައި މެސީގެ މަގާމު ރޮނާލްޑޯ އަށް
ބެލޮންޑިއޯ: ލީޑުކުރަނީ މެސީ، ހާލަންޑް، ރޮނާލްޑޯ ނެތް
ރޮނާލްޑޯގެ ގޯލުތަކުން ނަސްރު، އަރަބި ޗެމްޕިއަނުންނަށް
މެސީ ރެކޯޑާއެކު ތަށިހޯދިރޭ ރޮނާލްޑޯއަށް ތަށި ގެއްލިއްޖެ
މެސީ ކްލަބް ކެރިއަރުގައި 700 ގޯލް ހަމަކޮށްފި
ސައުދީގައި މެސީ އާއި ރޮނާލްޑޯ ލަނޑުތަކަށް ސަމާލުކަން
ޕީއެސްޖީއާ ވާދަކުރާ އޯލްސްޓާ ޓީމުގެ ކެޕްޓަނަކީ ރޮނާލްޑޯ