03 އޮކްޓޯބަރ 2023
ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން ކުރިއެރުން ހޯދާފައި ވާއިރު، މިއަހަރުގެ ގޭމްސްގައި 14 ވަނަ ގައުމީ ރެކޯޑެއް އާކުރި އެވެ.
ޗައިނާގެ ހަންގްޒޫ ސިޓީގައި މިހާރު ކުރިއަށްދާ އޭޝިއަން ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ފެތުންތެރިން ކުރިއެރުން ހޯދާފައި ވާއިރު، މިއަހަރުގެ ގޭމްސްގައި 14 ވަނަ ގައުމީ ރެކޯޑެއް އާކުރި އެވެ.
އެންމެ ފާހަގަ ކޮށްލެވެނީ މުބާލް އައްޒާމް އިބްރާހިމް މުގުރާލި 17 އަހަރުވީ ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް ރެކޯޑެވެ. އެއަށް ފަހު ފިރިހެނުންގެ ލޯންގްކޯސް 200 މީޓަރު ފްރީސްޓައިލްގެ ގައުމީ ރެކޯޑް ވެސް އޭނާ އާކުރި އެވެ.
އަންހެނުންގެ ލޯންގްކޯސް 200 މީޓަރު ބަޓަފްލައި އިވެންޓުގައި މެރާލް އައިން ލަތީފް ރެކޯޑް އާކޮށްފައި ވާއިރު، އަލީ އިމްއާން ވަނީ ދެ ފަހަރަށް ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރު ބެކްސްޓްރޯކް ރެކޯޑް އާކުރި އެވެ.
މީގެ އިތުރުން ފިރިހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުން މުހައްމަދު ރިހާން ޝިހާމް ރެކޯޑް މުގުރާލި އިރު، ފިރިހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭ އިވެންޓުގައި ވާދަކުރި އިމްއާން އާއި ރިހާން އަދި މުބާލް އާއި އަހުމަދު ނީގް ނިޔާޒްގެ ޓީމް ވަނީ ރެކޯޑް މުގުރާލައިފަ އެވެ.
ސްވިމިން އިވެންޓުތައް މިދިޔަ ހުކުރު ދުވަހު ނިމުނުއިރު، އިތުރު ހަތް ރެކޯޑެއް ރާއްޖޭގެ ފެތުންތެރިން މުގުރާލައިފައި ވެއެވެ. އެއީ، އަންހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓް، ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓް، 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓް، ފިރިހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓް، އަންހެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓް، ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓް އަދި ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ނީގް ފަތަނީ.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
އަންހެން އަދި ފިރިހެން 100 މީޓަރު ބަޓަފްލައި އިވެންޓާއި 4 ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުން ގައުމީ ރެކޯޑް ހަދާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.
އަންހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓުގެ ފުރަތަމަ ހީޓްގައި ވާދަކޮށް އެއް މިނިޓް 13.99 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެން މެރާލް ވަނީ، ނިމިދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ހަނާން ހުސެއިން ހަލީމް އެއް މިނިޓް 16.45 ސިކުންތުން ފަތައިގެން ހެދި ރެކޯޑް މުގުރާލައިފަ އެވެ. ހީޓުގައި މެރާލް އަށްވުރެ 0.82 ސިކުންތު ކުރިން ފަތައިގެން ހީޓް ކާމިޔާބުކުރީ މޮންގޯލިއާގެ އާކެސް ގަންސަލްޑް އެވެ. މި އިވެންޓްގެ ތިންވަނަ ހީޓްގައި ވާދަކޮށް ހަނާން ފަތާފައި ވަނީ އެއް މިނިޓް 16.18 ސިކުންތުންނެވެ.
އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ރިހާން.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
ފިރިހެނުންގެ 100 މީޓަރު ބަޓަފްލައި އިވެންޓްގެ ގައުމީ ރެކޯޑް އާކުރީ ރިހާން އެވެ. އޭނާ ވަނީ ފުރަތަމަ ހީޓްގައި ވާދަކޮށް އެއް މިނިޓް 2.41 ސިކުންތުގެ ޓައިމިން އަކާ އެކު ހީޓްގެ ދެވަނަ ހޯދައިފަ އެވެ. މިއީ މިދިޔަ އަހަރު އޮތް ކޮމަންވެލްތު ގޭމްސްގައި މުހައްމަދު އާން ހުސެއިން ރެކޯޑް ހެދި ޓައިމިން އަށްވުރެ 0.94 ސިކުންތުގެ ކުރިއެރުމެކެވެ. ރިހާނާ އެއް ހީޓެއްގައި ފެތި ނީގް ގެ ޓައިމިން އަކީ އެއް މިނިޓް 10.30 ސިކުންތެވެ.
ހަތަރެއް ގުނަ 100 މީޓަރު މިކްސްޑް މެޑްލޭ ރިލޭ އިވެންޓުން ގައުމީ ރެކޯޑް އާކުރި ޓީމުގައި ހިމެނެނީ އިމްއާން އާއި މުބާލް އަދި ހަނާން އާއި ހަމްނާ އަހުމަދެވެ. މި ޓީމުން ރެކޯޑް މުގުރާލީ ހަތަރު މިނިޓް 48.51 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ މިއަހަރު އޮތް ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ހަތަރު މިނިޓް 50.64 ސިކުންތުން ރޭސް ނިންމި ޓީމު އަތުގަ އެވެ. އެ ޓީމުގައި ހިމެނުނީ އިމްއާނާއި ރިހާން އަދި ހަމްނާ އާއި މެރާލް އެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ހަމްނާ ފަތަނީ.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
ބުދަ ދުވަހު ކުރިއަށް ގެންދިޔަ އިތުރު އިވެންޓްތަކަށް ބަލައިލާއިރު އަންހެނުންގެ 100 މީޓަރު ބެކްސްޓްރޯކް އިވެންޓްގައި އެއް މިނިޓް 18.91 ސިކުންތުން ފަތައިގެން ހަމްނާ ވަނީ ހީޓްގެ ދެވަނައިގައި ނިންމައިފަ އެވެ. ފިރިހެނުންގެ 200 މީޓަރު ފްރީސްޓައިލް އިވެންޓުގައި ފެތި މުބާލްގެ ޓައިމިންއަކީ ދެ މިނިޓް 8.33 ސިކުންތެވެ. އަންހެނުންގެ 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ވާދަކޮށް އީން އައްބާސް ޝަރީފް ރޭސް ފުރިހަމަ ކުރީ އެއް މިނިޓް 36.57 ސިކުންތުންނެވެ. އަންހެނުންގެ 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ފުރަތަމަ ހީޓުގައި ވާދަކޮށް އީން ރޭސް ނިންމީ ހަ މިނިޓް 40.93 ސިކުންތުންނެވެ. އަދި މި އިވެންޓުގެ ދެވަނަ ހީޓުގައި ވާދަކުރި މެރާލްގެ ޓައިމިން އަކީ ހަ މިނިޓް 21.73 ސިކުންތެވެ.
މިދިޔަ ބުރާސްފަތި ދުވަހު ގައުމީ ރެކޯޑް މުގުރާލީ ފިރިހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓާއި އަހްނެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި ހަނާން.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
ފިރިހެނުންގެ 4 ގުނަ 100 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުން ގައުމީ ރެކޯޑް މުގުރާލީ ތިން މިނިޓް 57.16 ސިކުންތުން ރޭސް ފުރިހަމަ ކޮށްގެންނެވެ. މި ރިލޭ ޓީމުގައި ފަތާފައި ވަނީ މުބާލް އާއި އިމްއާން އަދި ރިހާން އާއި ނީގް އެވެ. މި ޓީމުން މުގުރާލީ، ނިމިދިޔަ އައިއޯއައިޖީގައި ރިހާނާއި މުބާލް އަދި އިމްއާނާއި އާން، ތިން މިނިޓް 58.33 ސިކުންތުން ފަތައިގެން ހެދި ރެކޯޑެވެ.
އަހްނެނުންގެ 4 ގުނަ 200 މީޓަރު ފްރީސްޓައިލް ރިލޭ އިވެންޓުން ގައުމީ ރެކޯޑް މުގުރާލި ޓީމުގައި ހިމެނެނީ ހަނާނާއި މެރާލް އަދި ހަމްނާ އާއި އީން އެވެ. މި ޓީމުން ރެކޯޑް މުގުރާލީ 10 މިނިޓް 50.31 ސިކުންތުން ފަތައިގެންނެވެ. މީގެ ކުރިން މި ރެކޯޑް އޮންނަނީ 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގައި 10 މިނިޓް 51.28 ސިކުންތުން ފެތި ޓީމު އަތުގަ އެވެ. އެ ޓީމުގައި ހިމެނުނީ އާމިނަތު ޝަޖަން، އައިޝަތު ސާޖިނާ، އައިޝަތު ސައުސަން އަދި އަންމާއު އަހްމަދު ސަލީމެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ އިތުރު އިވެންތްތަކަށް ބަލައިލާއިރު، އަންހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގެ ފުރަތަމަ ހީތްގައި މެރާލް އާއި ހަމްނާ ވާދަ ކުރި އެވެ. ފަސްވަނައިގައި ނިންމި މެރާލްގެ ޓައިމިން އަކީ 30.49 ސިކުންތެވެ. އަދި 31.31 ސިކުންތުން ރޭސް ނިންމި ހަމްނާ އަށް ލިބުނީ ހީޓްގެ ހަތްވަނަ އެވެ. ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވެސް ދެ ފެތުންތެރިން ވާދަކުރި އެވެ. އެއްވަނަ ހީޓުގައި ފެތި ނީގް ގެ ޓައިމިން އަކީ 29.12 ސިކުންތެވެެ. އަދި ދެވަނަ ހީޓުގައި ފެތި ރިހާންގެ ޓައިމިންއަކީ 27.67 ސިކުންތެވެ. އަންހެނުންގެ 200 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގައި ފެތި އީން ރޭސް ފުރިހަމަ ކުރީ ތިން މިނިޓް 24.27 ސިކުންތުންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި އީން.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓް އަދި ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުން ގައުމީ ރެކޯޑް އާކުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ފިރިހެނުންގެ 200 މީޓަރު ބެކްސްޓްރޯކް އިވެންޓުގައި ދެ މިނިޓް 2.88 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑް އާކުރީ އިމްއާން އެވެ. މީގެ ކުރިން އިމްއާން ވަނީ މިއަހަރު އޮތް ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ދެ މިނިޓް 26.43 ސިކުންތުން ރޭސް ނިންމައިގެން ރެކޯޑް ހަދައިފަ އެވެ.
ފިރިހެނުންގެ 200 މީޓަރު ބަޓަފްލައި އިވެންޓުން ރިހާން ގައުމީ ރެކޯޑް އާކުރީ ތިންވަނަ ހީޓުގައި، ދެ މިނިޓް 28.17 ސިކުންތުން ފަތައިގެންނެވެ. މީގެ ކުރިން ރިހާން ވަނީ މިއަހަރު އޮތް ވޯލްޑް އެކުއޭޓިކްސް ޗެމްޕިއަންޝިޕްގައި ދެ މިނިޓް 32.93 ސިކުންތުން ފަތައިގެން ރެކޯޑް ހަދައިފަ އެވެ. މި އިވެންޓްގެ ދެވަނަ ހީޓުގައި ފެތި ނީގް ރޭސް ނިންމީ ތިން މިނިޓް 0.55 ސިކުންތުންނެވެ.
މިއަހަރުގެ އޭޝިއަން ގޭމްސްގެ އިވެންޓެއްގައި މެރާލް ފަތަނީ.-- ފޮޓޯ: ނައުޝަމް ވަހީދު/ އެމްއޯސީ
ސްވިމިންގެ އެންމެ ފަހު ދުވަހު ކުރިއަށް ގެންދިޔަ އިތުރު އިވެންތްތަކަށް ބަލައިލާއިރު، އަންހެނުންގެ 50 މީތަރު ބަޓަފްލައި އިވެންޓުގައި ފެތި ހަނާންގެ ޓައިމިންއަކީ 32.23 ސިކުންތެވެ. ފިރިހެނުންގެ 50 މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ތިންވަނަ ހީޓްގައި ފެތި ނީގްގެ ޓައިމިންއަކީ 36.13 ސިކުންތެވެ. އަދި ހަތަރުވަނަ ހީޓްގައި ވާދަކޮށް މުބާލް ނިންމީ 34.24 ސިކުންތުގެ ޓައިމިންއަކާ އެކު އެވެ.
އެންމެ ފަހު އިވެންޓަކަށް ކުރިއަށް ގެންދިޔަ އަންހެނުންގެ 4 ގުނަ 100 މީޓަރު މެޑްލޭ ރިލޭގައި ވާދަކުރި ރާއްޖޭގެ ޓީމް ރޭސް ފުރިހަމަ ކުރީ ފަސް މިނިޓް 22.80 ސިކުންތުންނެވެ. މި ޓީމުގައި ހިމެނުނީ ހަމްނާ އާއި އީން އަދި މެރާލް އާއި ހަނާން އެވެ.
ވޯލްޑްޗެމްޕިއަންޝިޕްގައި ދިވެހި ފެތުންތެރިން ރެކޯޑްތަކެއް
ހަންގޭރީ މުބާރާތުން އާން އާއި ހަމްނާ އަށް 8 ރެކޯޑް
ހަންގޭރީގައި އާން އާއި ހަމްނާ އަށް އިތުރު ރެކޯޑްތަކެއް
ރަން މެޑަލް ރޭހުން ތަޒްކީ ހެދީ 10 އަހަރުވީ ރެކޯޑެއް
ދިގު ފެތުމުގެ ޗެމްޕިއަންކަން ރިހާން އާއި އަޔާނާ އަށް
ރެކޯޑް ކުރިއެރުންތަކެއް، ޗެލެންޖަށް އުލްޔާ ތައްޔާރު
ބީއެމްއެލްގެ ސްވިމިން ފެސްޓިވަލަށް ބޮޑު ތަރުހީބެއް
ސްވިމިން؛ އޮލިމްޕިކްސް ޖާގަ އުލްޔާ އާއި އާން އަށް
މެރާލް، 100 މީޓަރު ބަޓަފްލައިގެ ރެކޯޑް އާކޮށްފި
ސްވިމިންގެ ބަޖެޓުން 34 މިލިއަން ޕޫލް ޕްރޮޖެކްޓަށް