Roadha Mihaaru
ށ. އަތޮޅު ކައުންސިލްގެ ރައީސްގެ ތާއީދު މުއިއްޒަށް

ށ. އަތޮޅު ކައުންސިލްގެ ރައީސާ އެކު އެމްޑީޕީގެ އިސް އެކްޓިވިސްޓުންތަކެއްގެ ތާއީދު މުއިއްޒަށް

18 ސެޕްޓެމްބަރ 2023

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެމްޑީޕީ ދޫކުރައްވައި، އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ށ. އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ޝިޔާމް އެމްޑީޕީ ދޫކުރައްވައި، އިދިކޮޅު ޕީޕީއެމާ ގުޅިވަޑައިގެން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއީދު ކުރައްވަން ނިންމަވައިފި އެވެ.

ޝިޔާމްގެ އިތުރުން ފުނަދޫގެ އެމްޑީޕީގެ ބައެއް އިސް އެކްޓިވިސްޓުންގެ ގޮތުގައި ހަރަކާތްތެރިވި ބައެއް މީހުން ވެސް ރޭ ވަނީ ޕީޕީއެމާ ގުޅިފަ އެވެ. އެ ރަށުގެ އިތުރުން އިއްޔެ މުއިއްޒު ވަޑައިގަތުމުން ށ. އަތޮޅު އެހެން ބައެއް ރަށްތަކުގެ އެމްޑީޕީގެ ހަރަކާތްތެރި ބައެއް މީހުން ވެސް ޕީޕީއެމާ ގުޅިފައިވެ އެވެ.

އޭގެ ތެރޭގައި ބައެއް ވިޔަފާރިވެރިންނާއި އަންހެނުންގެ ކޮމިޓީގެ ރައީސުން ހިމެނެ އެވެ.

އެ މީހުން ޕީޕީއެމާ ގުޅުމުން އެކަމާ ވަރަށް އުފާކުރައްވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ، އެ ތާއިދާ އެކު ދެވަނަ ބުރުގައި އެންމެ ބޮޑު މެޖޯރިޓީއެެއް ލިބޭނެ އަތޮޅަކީ ށ. އަތޮޅު ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ށ. އަތޮޅުގެ މެޖޯރިޓީ ލިބުނީ ވެސް މުއިއްޒަށެވެ.

އެމްޑީޕީ ދޫކޮށްލުމަށް ފަހު ވާހަކަ ދައްކަވަމުން އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ފުރަތަމަ ބުރުގައި އެމްޑީޕީގެ ކުލަ ޗާޓުން ފެންނަން އޮތީ ވަރަށް ކުޑަކޮށް ކަމަށާއި ދެވަނަ ބުރު ނިމޭއިރު އެމްޑީޕީގެ ކުލަ މުޅި ޗާޓުން ފުހެވި، އެމްޑީޕީ ރޫޅޭނެ ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ށ. އަތޮޅަށް ލިބުނު ތަރައްގީއެއް ވިއްޔާ ލިބިފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ހާއްސަ ގޮތެއްގައި ފުނަދޫގެ އެއާޕޯޓް އޭނާ ފާހަގަކުރެއްވި އެވެ.