28 ސެޕްޓެމްބަރ 2023
މާލޭގެ ކޮމާޝަލް ހާބަރު ހިންގާ އެމްޕީއެލް ސަރަހައްދަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެން، އެތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
މާލޭގެ ކޮމާޝަލް ހާބަރު ހިންގާ އެމްޕީއެލް ސަރަހައްދަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވަޑައިގެން، އެތަނުގައި މަސައްކަތް ކުރާ މީހުންނާ ބައްދަލު ކުރައްވައި، އެ މީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވައިފި އެވެ.
މިއަދު ހަވީރު އެމްޕީއެލް ސަރަހައްދަށް ވަޑައިގެން މުއިއްޒު ވަނީ މަޖޫރީންނާއި ޑްރައިވަރުންނާއި އަދިވެސް އެހެން މަސައްކަތްތައް ކުރާ ގިނަ އަދަދެއްގެ މީހުންނާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެމީހުން ވަނީ އެކި ކަންބޮޑުވުންތައް މުއިއްޒުއާ ހިއްސާ ކުރައްވާފަ އެވެ.
މުއިއްޒު ވަނީ އެމީހުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ.
"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދޭ ޔަގީން ކަމަކީ އެމްޕީއެލް ސަރަަހައްދުގައި މަސައްކަތް ކުރާ މީހުންގެ ހުރިހާ ކަންބޮޑުވުންތަކަށް ރަނގަޅު ދާއިމީ ހައްލެއް ގެނެސްދޭނެކަން. އެއީ މަސައްކަތުގެ މާހައުލަށް ގެންނަން ޖެހޭ ބަދަލެއް ވިޔަސް ޕާކިންގެ ވިޔަސް ހުރިހާ ކަމެއް ޝާމިލްވާ ގޮތަށް ދާއިމީ ހައްލެއް. އެކުއެކީ ހައްލު ގެނެސްދޭނަން،" އެ ބައްދަލުވުންތަކަށްފަހު ބޭއްވި ކުޑަ އެއްވުމުގައި ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވި އެވެ.
އެމްޕީއެލް ސަރަހައްދުގައި އުޅޭ މަސައްކަތްތެރިންނާ މުއިއްޒު ބައްދަލު ކުރައްވަނީ
އެމްޕީއެލްގެ މުވައްޒަފުންގެ ގޮތުގައި ވެސް ގިނަ އަދަދެއްގެ މުވައްޒަފުން މަސައްކަތް ކުރާއިރު އެމީހުންގެ ވަޒީފާގެ ޔަގީންކަން ވެސް މުއިއްޒު ވަނީ ދެއްވާފަ އެވެ. އަދި އޭނާގެ ވެރިކަމެއްގައި އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށް ވިދާޅުވި އެވެ.
"އިތުބާރު ކުރައްވާ. ވަޒީފާއިން ވަކި ކުރުމަކީ ކުރާނެ ކަމެއް ނޫން. ސިޔާސީ ގޮތުން ލާފައި ތިބޭ މަގާމުތަކަކީ ބަދަލުވާނެ މަގާމުތަކެއް. އެ ނޫން އެއްވެސް މުވައްޒަފަކު އެއްވެސް ރަށަކުން ވައްކެއް ނުކުރާނަން. އޭގެ ބަދަލުގައި އެކި ކަންކަން ރަނގަޅު ކޮށްދޭނީ." މުއިއްޒު ވިދާޅުވި އެވެ.
އިގުތިސޯދު ރަނގަޅުވީ މިންވަރަކުން މުސާރައަށް ހެޔޮ ބަދަލު ގެނެސްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިންނާ ބައްދަލުކުރެއްވުމަށް މުއިއްޒު ދޯންޏަކަށް އަރާވަޑައިގެން
މުއިއްޒު ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ފުދުންތެރި ރައްޔިތަކު ބިނާކުރުން ކަމަށެވެ. އެކި ސިނާއަތްތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުތައް ފަހިކޮށްދީ އަމިއްލަ މަސައްކަތުން އަމިއްލަ ފައިމައްޗަށް ތެދުވެ ތިބޭ ބަޔަކަށް ހެދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައްޔިތުންގެ ގެދޮރުވެރިކަން ޔަގީން ކުރުމަކީ ވެސް ވަރަށް އިސްކަމެއް ދޭނެ ކަމެއް ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އެމްޕީއެލް ސަރަހައްދުގެ އިތުރުން ލޯކަލް މާރުކޭޓާއި މަސް މާރުކޭޓް ސަރަހައްދަށް ވެސް މުއިއްޒު މިއަދު ވަޑައިގެންނެވި އެވެ. އަދި އެ ސަރަހައްދުގައި މަސައްކަތް ކުރާ މީހުންނާއި އާންމު ރައްޔިތުންނާ އޭނާ ވަނީ ބައްދަލު ކުރައްވައިފަ އެވެ.
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"
'މަޑަވެލި އިޒް ޕިންކް'؛ ޕީޕީއެމަށް ލޯތްބާއި ޖޯޝް
މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނަން: ހުސެއިން
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އޮތީ މުހިންމު ދުވަސްތަކެއް، އެކުވެރިވާންޖެހޭ: މުއިއްޒު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"