27 އޯގަސްޓް 2023
"މަޑަވެލި އިޒް ޕިންކް!"؛ ހުވަދު އަތޮޅު މަޑެވެއްޔަށް އަރައިގެންދިޔަ ބަނދަރު މަތީ އެއް އަޑަކުން ގޮވަމުންދިޔައީ މިހެންނެވެ. މުޅި ބަނދަރުމަތި ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޖަރީކޮށްފައި އޮތްއިރު އެ ތަނުން ފެންނަން ހުރީ ހަމަ އެންމެ ރީނދޫ ބެނާއެކެވެ.
"މަޑަވެލި އިޒް ޕިންކް!"؛ ހުވަދު އަތޮޅު މަޑެވެއްޔަށް އަރައިގެންދިޔަ ބަނދަރު މަތީ އެއް އަޑަކުން ގޮވަމުންދިޔައީ މިހެންނެވެ. މުޅި ބަނދަރުމަތި ޕީޕީއެމްގެ ފިޔާތޮށި ކުލައިން ޖަރީކޮށްފައި އޮތްއިރު އެ ތަނުން ފެންނަން ހުރީ ހަމަ އެންމެ ރީނދޫ ބެނާއެކެވެ.
އެ ދިދަތަކާއި ބެނާތަކުގެ ދަށުގައި ސަފު ދަމާލައިގެން ތިބި އެތައް ބަޔަކު ބުނާ ގޮތުން، އެއީ މި ރަށުގައި ޕީޕީއެމް އަށް ތާއީދު އޮތް ވަރެވެ. އެހެން ކުލައަކަށް މި ރަށުގައި ލޯތްބެއް ނެތެވެ. ފިޔާތޮށި ރީތި ހެދުންތަކުގައި ނުކުމެ ތިބި، މި ރަށު ރައްޔިތުންގެ ހިތުގައި ޕީޕީއެމް އަށް ޓަކައި އޮތީ މާ ބޮޑު ފޯރިއަކާއި ޖޯޝެކެވެ.
"މިއީ ޕީޕީއެމްގެ ހިތް،" މަޑަވެލީ ދާއިރާގެ ކުރީގެ މެންބަރު މުއާޒު ރަޝީދު، ފަހުރުވެރިކަމާ އެކު ވިދާޅުވި އެވެ.
"މި ކުލައެއް މި ރަށަކުން ފޮހެވިގެން ނުދާނެ. ކުރީ ސަރުކާރުތަކުން ވަރަށް ބޮޑަށް އެކަހެރިކޮށް ބާކީކޮށްފައި އޮތް ރަށެއް މިއީ. އާ އުއްމީދެއް ގެނެސްދެއްވި ރައީސްއަކީ ރައީސް ޔާމީން."
ތަރައްގީގެ ކުލަވަރުން އެކަހެރިވެފައި އޮތް މަޑަވެއްޔަށް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވަރަށް ހާއްސަ އިސްކަމެއް ދީގެން ޔާމީންގެ ސަރުކާރުން ހިންގި ކަމަށާއި ނަމަވެސް، މި ސަރުކާރުގައި އާ މަޝްރޫއުއެއް ނުފެށި، ފަށާފައި ހުރި މަޝްރޫއުތައް ވެސް ނިންމާނުލެވުކަން މުއާޒު ފާހަގަކުރައްވަ އެވެ.
އޭނާ ވިދާޅުވާ ގޮތުން، މި ސަރުކާރާ މެދު އެހާ ބޮޑު މާޔޫސްކަމެއް ރަށުގައި އޮތީ އެހެންވެ އެވެ.
"ފެނުގެ މަޝްރޫއު ވެސް ރައީސް އިފްތިތާހުކޮށްފައި އެ ވަޑައިގެންނެވީ، އެކަމަކު އެ މަޝްރޫއުގެ ބޮޑު ބައި އަދިވެސް ނުނިމޭ. މިހުރީ ކަން ކުރައްވާ ގޮތް،" މުއާޒު ވިދާޅުވި އެވެ.
"މަޑަވެއްޔަށް ކަމެއްކޮށް ދެވޭނީ ޕީޕީއެމްގެ ސަރުކާރަކަށް."
މަޑަވެލިން މުއިއްޒަށް މަރުހަބާ ކިޔަނީ: ޕީޕީއެމްއަށް މި ރަށުގައި ވަރަށް ބޮޑު ސަޕޯޓެއް ދައްކާލި - ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރަށުގައި އެންމެ ބޮޑު ނުތަނަވަސް ކަމަކަށް އޮތީ ނަރުދަމާގެ ނިޒާމް ގާއިމް ނުވުމެވެ. މަޝްރޫއުއަށް ބޭނުންވާ ސަމާނު ދެތިން ފަހަރަކު މި ރަށަށް ގެނެސްފައިވާއިރު، ސްޕީޑް ލަސްވެ ބައެއް ތަކެތި ހަލާކުވިކަމަށް ވެސް މި ރަށު މީހުން ބުނެ އެވެ. މިހާރު ވެސް ސިމެންތި ބަސްތާތަކެއް ހުރީ ހަލާކުވާން ދޫކޮށްލައިފަ އެވެ. ނަރުދަމާގެ ނިޒާމް ނިންމޭނެ ދުވަހެއް އަދިވެސް ނޭނގެ އެވެ.
މަޑަވެލީގެ ދިގު ސަފުގައި ހުރި ސާހިރު ހަސަން ބުނީ މި ރަށް އޮތީ ތަރައްގީ އަށް ފެންބޮވައިގެންފައި ކަމަށާއި އުއްމީދުތައް ވަރަށް ގިނަ އެވެ. އެކަންކަން ހާސިލްކޮށްދެވޭނެ ވެރިޔަކީ މުއިއްޒު ކަން ގިނަ ރައްޔިތުންނެކޭ އެއްގޮތަށް އޭނާ ވެސް ގަބޫލުކުރާ ކަމަށް ބުންޏެވެ.
"މަޑަވެލީގެ 85 ޕަސެންޓް ވޯޓާ އެކު މުއިއްޒު އެއްބުރުން ހޮވާނަން،" ވަރަށް ފޯރީގައި އޭނާ ބުންޏެވެ.
ސާހިރު ހަސަން: މަޑަވެލީގައި ޕީޕީއެމްއަށް އޮތީ ބޮޑު ސަޕޯޓެއް
އެ ފޯރީގައި ބައިވެރިވެ ރަޝީދާ ވަހީދު ވެސް ބުނީ ޔާމީން ދެއްކެވި ކެންޑިޑޭޓް މުއިއްޒާ ވާދަކޮށްލެވޭ އެހެން ކެންޑިޑޭޓެއް ނެތް ކަމަށެވެ. ޔާމީންގެ ވިސްނުމާ އެއްގޮތަށް ގައުމު ތަރައްގީ ކުރެވޭނެ ވެރިޔަކީ ހަމައެކަނި މުއިއްޒު ކަމަށް އޭނާ ބުންޏެވެ.
"މި ސަރުކާރުން މި ރަށަށް ހަމަ އެއްވެސް ކަމެއް ނުކޮށްދޭ. ޔާމީން ހާދަ ކަމެއް ކޮށްދިނޭ. އަޅުގަނޑުމެން ބޭނުން ވަނީ އަލުން އެކަން ގެންނަން،" ރަޝީދާ ބުންޏެވެ.
ރަޝީދާ ވަހީދު: އޭނާ ބުނީ ޔާމީންގެ ތަރައްގީ މުއިއްޒު ގެންނާނެ ކަމަށް
މަޑަވެލީގެ ފާތިމަތު ރަޝީދު، މުއިއްޒު ފަހަތުގައި ހުރީ އޭނާއަކީ ޔާމީންގެ ފަހަތްޕުޅުން ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަވައި، އެކަމުގެ ތަޖުރިބާ ހުރި ބޭފުޅަކަށް ވާތީ އެވެ. ފާތިމަތު ބުނި ގޮތުގައި މަޑަވެލީގެ ތަރައްގީ ހުއްޓި މިހާރު އޮތީ އަނދަވަޅެއްގަ އެވެ. އެ އަނދަވަޅުން ނަގައިދެވޭނެ ވެރިޔަކީ މުއިއްޒު ކަމަށް އޭނާ ބުންޏެވެ.
"ގާބިލް ކަމާއި ކެރުމާ ހުރި ލީޑަރަކީ މުއިއްޒު. މުއިއްޒާ މެދު އެއްވެސް ޝައްކެއް ނެތް،" އޭނާ ބުންޏެވެ.
ފާތިމަތު ރަޝީދު: އެއްބުރުން މުއިއްޒު ހޮވަން ހުރީ ތައްޔާރަށް
ރައްޔިތުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޑަވެއްޔަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި އެހެންކަމުން، އަނެއްކާވެސް އެފަދަ އަހަރުތަކެއް ހޭދަނުކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ އަށް ވާސިލްވެވޭނެ ބަޔަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.
"މި ގޮތުގައި އަނެއްކާ ވެސް ފަސް އަހަރު ހޭދަކުރާނީތޯ ނުވަތަ ދިވެހިންގެ ރާއްޖެ ގެންނާނީތޯ އެއީ ރައްޔިތުން ނިންމަވާނީ. ނަތީޖާ ނެރެދޭނަން އެކަން އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.
"ހަމަ ޔަގީނުން ވެސް ތަފާތު ކުރުމެއް ނެތި މި ރަށަށް ވެސް ކަންކަން ހާސިލްވާނެ."
މަޑަވެއްޔަށްވީ ވައުދުތައް:
- ޒަމާނީ ބޮޑު ބަނދަރެއް ހެދުން
- ބިން ހިއްކުމުގެ މަޝްރޫއެއް (ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން)
- ސްކޫލް، ސިއްހީ ނިޒާމް ތަރައްގީކުރުން
- ގެދޮރުވެރިކަމުގެ މަޝްރޫއުއެއް
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"
މުއިއްޒު އެމްޕީއެލް ސަރަހައްދަށް، ދެއްވީ ޔަގީންކަން
މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރިކުރުވާނަން: މުއިއްޒު
މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދޭނަން: ހުސެއިން
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އޮތީ މުހިންމު ދުވަސްތަކެއް، އެކުވެރިވާންޖެހޭ: މުއިއްޒު
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު