28 ސެޕްޓެމްބަރ 2023
މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން އުޅުއްވަނީ ސީދާ އޭނާ ކަމަށް ވާއިރު، އެއީ އަމިއްލަ ބާރު ހިނގާ ވެރިކަމަކަށް ވާތީ އަނިޔާވެރިކަމެއް ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެން އުޅުއްވަނީ ސީދާ އޭނާ ކަމަށް ވާއިރު، އެއީ އަމިއްލަ ބާރު ހިނގާ ވެރިކަމަކަށް ވާތީ އަނިޔާވެރިކަމެއް ނޯންނާނެ ކަމަށް ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
އިދިކޮޅު ކެންޑިޑޭޓް މުއިއްޒު އެހެން ވިދާޅުވިއިރު، ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި އޭނާއާ ދެކޮޅަށް އެންމެ ބޮޑަށް ދެއްކެވެނީ ވެރިކަމަށް ވަޑައިގެންފި ނަމަ އަނިޔާވެރިވެ، މީހުން ނުހައްގުން ޖަލަށް ލާނެ ކަމުގެ ވާހަކަ އެވެ.
އެ އަށް ރައްދު ދެއްވަމުން މުއިއްޒު ވިދާޅުވީ، އަނިޔާވެރިކަމަކީ އެއްވެސް ވަރަކަށް ޖާގަ ދޭނެ ކަމެއް ނޫން ކަމަށާއި ގެންނަން ބޭނުން ވަނީ އަދުލުވެރި، އިންސާފުވެރި ސަރުކާރެއް ކަމަށެވެ.
"އަޅުގަނޑު މި އުޅެނީ ވެރިކަމަށް ކުރިމަތިލައިގެން. އަޅުގަނޑު މި ދަންނަވަނީ އަޅުގަނޑު ކަން ކުރާނެ ގޮތް. އަޅުގަނޑުގެ ވެރިކަމެއްގަ އަނިޔާވެރިކަމެއް ނޯންނާނެ. ބަދަލު ހިފުމެއް ނޯންނާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ހޮނިހިރު ދުވަހު ކާމިޔާބުވެއްޖެ ނަމަ އުފައްދާ ސަރުކާރުގައި އިސްކަން ދެއްވާނީ ގައުމަށް ހަމަޖެހުން ގެނެސްދީ، އިންސާފުވެރިކަން ޔަގީންކޮށްދިނުމެވެ. އަދި އަދުލުވެރިކަމާ އެކު މެނުވީ އެއްވެސް މީހަކާ މެދު އަމަލު ނުކުރައްވާނެ ކަމަށް ވިދާޅުވި އެވެ.
މުއިއްޒު މިއަދު މާރުކޭޓް ސަރަހައްދަށް ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ: އޭނާގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ ކަމަށް ވިދާޅުވި
"އެއީ އަޅުގަނޑުގެ ސިޔާސަތު، އެ ސިޔާސަތުގެ މައްޗަށް އެހެން ކަމެއް އިސް ނުކުރާނަން. އަޅުގަނޑަކީ ރައްޔިތުންނަށް ބުނާ ބަހުގައި ހުންނަ މީހެއް. ބުނާ ބަހާއި އަމަލާ ދިމާވާނެ،" މުއިއްޒު ވިދާޅުވި އެވެ.
"އަނިޔާވެރިކަމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން އަދި ފުރުސަތު ވެސް ދޭނެ ކަމެއް ނޫން. ސަރުކާރެއް ގައުމެއް ހިންގަން އަންނަ މީހެއްގެ ކިބައިން ފެނިގެން ވާނެ ކަމެއް ވެސް ނޫން. އެހެންވީމާ އެއީ އަޅުގަނޑުގެ ވެރިކަމެއްގައި އެއްވެސް ވަރަކަށް ފުރުސަތު ދެވޭނެ ކަމެއް ނޫން."
މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރުގެ މީހަކު، އެހެން މީހަކަށް އަނިޔާވެރިވުމުގެ ފުރުސަތު ވެސް ނުދެއްވާނެ ކަމަށެވެ. އެއްވެސް ހާއްލެއްގައި ސަރުކާރުގެ ތެރެއިން އަނިޔާވެރިކަން ނުފެންނާނެ ކަމަށާއި ބަދަލު ނުހިފާނެ ކަމަށް ޔަގީންކަމާ އެކު ވިދާޅުވި އެވެ.
މުއިއްޒު މިއަދު މާރުކޭޓް ސަރަހައްދަށް ވަޑައިގެން ބައެއް މީހުންނާ ސަލާމް ކުރައްވަނީ: އޭނާގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ ކަމަށް ވިދާޅުވި
ސިޔާސީ ގޮތުން ހިޔާލު ތަފާތު ވިޔަސް، އަދި ސިޔާސީ މަގުސަދެއް ހާސިލް ކުރުމަށް ވިޔަސް މީހަކު ޖަލަށްލުމަކީ އޭނާ ކުރައްވާނެ ކަމެއް ނޫން ކަމަށާއި މީހަކު ފާޅުކުރި ހިޔާލަކާ ގުޅިގެން ހިފައި ހައްޔަރުކުރުމަކީ އޭނާގެ ސިޔާސަތަކަށް ނުވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ބަދަލުގައި، އޭނާގެ ވެރިކަމެއްގައި ރައްޔިތުންނަށް ހަމަޖެހޭ ދިރިއުޅުމެއް ހޯދައިދިނުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން މުއިއްޒު ދެއްވި އެވެ.
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ކަންކަން ރީތިކޮށް ކުރުމުގެ ފުރުސަތަށް އެދެން: މުއިއްޒު
އެގްރީމަންޓެއް ނުފޮރުވާނެ ކަމަށް ޔަގީން ކުރަން:މުއިއްޒު
"ފުރަތަމަ ދުވަހުން ފެށިގެން ބާރަށް ސަރުކާރު ހިނގާނެ"
ޒިންމާދާރުއިދިކޮޅުޕާޓީއަކަށް ވާން މުއިއްޒު ގޮވާލައްވައިފި
އަޅުގަނޑަށް ހިނގާނީ ރައްޔިތުންގެ ބާރު އެކަނި:މުއިއްޒު
މުއިއްޒު ދެއްވީ ސިފައިން ފޮނުވާލާނެ ކަމުގެ ކަށަވަރުކަން
އިންތިހާބީ ރައީސަށް މާލޭ ސިޓީ ކައުންސިލްގެ މަރުހަބާ
މުއިއްޒުގެ ކާމިޔާބީ ފާހަގަކުރާ ޖަލްސާ މިރޭ ބާއްވަނީ