15 އޯގަސްޓް 2023
ކުރީގެ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެ އެވެ.
ކުރީގެ ސަރުކާރުން ޗައިނާއާ އެކު ހެދި ފްރީ ޓްރޭޑް އެއްބަސްވުމުގެ ދަށުން މަސްވެރިންނަށް ރަނގަޅު ފުރުސަތުތަކެއް ހޯދައި ދެއްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒުގެ ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފް (ސެންބެ) ވިދާޅުވެއްޖެ އެވެ.
ހުސެއިން މިއަދު ވަނީ އޭނާގެ އުފަން ރަށް، ގދ. ފަރެސް މާތޮޑާއަށް ވަޑައިގެންފަ އެވެ. އެ ރަށުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވެ އެވެ.
މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ހުސެއިން ވިދާޅުވީ، މި ސަރުކާރުގައި މަސްވެރިންގެ ކަންބޮޑުވުންތައް ބޮޑުވެފައިވާ ކަމަށާއި އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަން ދެންނެވުމުން ވެސް ހައްލެއް ލިބިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންނަމަވެސް، ޕީޕީއެމްގެ ވެރިކަމެއްގައި މަސްވެރިންނަށް ރަނގަޅު ގޮތްތަކެއް ހޯދައިދެއްވާނެ ކަމަށް ހުސެއިން ވިދާޅުވި އެވެ. މަސްވެރިކަމަށް ބަރޯސާވެފައި އޮންނަ ފަރެސް މާތޮޑާގެ މަސްވެރިން މިހާރު މަސް ކިރަން ބޮޑު ހޭދައެއް ކޮށްގެން ކޫއްޑޫއަށް ދާން ޖެހުނު ނަމަވެސް، ހުސެއިން ވިދާޅުވި ގޮތުގައި އެ ބޭފުޅުންގެ ސަރުކާރެއްގައި ގދ. ފިޔޯރީގައި މަސް ކިރޭނެ އިންތިޒާމް ހަމަޖައްސަވާނެ އެވެ.
"3000 ޓަނުގެ މަސް ކިރޭނެ ފެސިލިޓީ ފިޔޯރީގައި ގާއިމް ކުރާނަން، އެއީ މަސްވެރިންގެ އުދާސްތަކަށް ހައްލަކީ،" އޭނާ ވިދާޅުވި އެވެ.
މިރޭ ބޭއްވި ޖަލްސާގެ ތެރެއިން: މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވާނެ ކަމަށް ހުސެއިން ވިދާޅުވި
ހަމައެއާ އެކު މަސް ކިރާފައި އެއަށް ހަމަ އަގެއް ލިބުމަކީ ވެސް މަސްވެރިން އެދޭނެ ކަމެއް ކަމަށް ފާހަގަ ކުރައްވައި، ހުސެއިން ވިދާޅުވީ ޗައިނާއާ އެކު ޕީޕީއެމްގެ ސަރުކާރުން ހަދަން ނިންމި ފްރީ ޓްރޭޑް އެއްބަސްވުގެ ދަށުން، މަސްވެރިންނަށް ފުރުސަތުތައް ހޯދައިދެއްވާނެ ކަމަށެވެ.
"ޗައިނާއާ އެކު ވާން އެއްބަސްވެފައި އޮތް އެއްބަސްވުމުގެ ދަށުން މަހުގެ އަގު ހިފަހައްޓާނެ ފުރުސަތު ލިބުނު. އެހެން ނަމަވެސް ވެރިކަން ދަންމަން އަޅުގަނޑުމެންނަށް ފުރުސަތު ނުލިބުމުން އެކަން މަސްވެރިންނަށް ހޯދައި ނުދެވުނު. އެހެންނަމަވެސް އެނބުރި ވެރިކަން ލިބިއްޖެނަމަ އެ ފުރުސަތުގެ ތެރެއިން ތިޔަ މަސްވެރިންނަށް ތިޔާގަތި ދުވަސްތަކެއް ފޯރުކޮށް ދޭނެކަން އެއީ ޔަގީން ކަމެއް،" ހުސެއިން ވިދާޅުވި އެވެ.
"ފްރީޓްރޭޑް އެގްރިމެންޓާ އެކު މަހުގެ އަގު އުފުލި އެ މަސްތައް ބޭރުކުރުމަށް އެއްވެސް ދައްޗެއް ނުވާނެ. އެހެންވެ އެ ފުރުސަތު ހުޅުވިފައި އޮތް ވާހަކަ އަޅުގަނޑު ދަންނަވާލަން."
ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރި ނަމަވެސް، އެ އެއްބަސްވުމެއް މިހާރަކު ނެތެވެ. އެއްބަސްވުމުގައި ސޮއިކުރާތާ 30 ދުވަހުގެ ތެރޭގައި އެ އެއްބަސްވުމާ ބެހޭ ގާނޫނުތަކެއް ދެ ގައުމުން ވެސް ހަދަންޖެހެ އެވެ. އެކަމަކު، ރާއްޖޭން އެކަންކަން އަދި އެހެން ވެސް ބައެއް އިޖުރާއަތްތައް ފުރިހަމަކޮށްފައިނުވާތީ އެއްބަސްވުން މިހާރު ނެތް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވެ އެވެ.
- ދަނާލެއް އެޅުން
- ސިއްހީ މަރުކަޒު 24 ގަޑިއިރު ކުރުން
- ފުޓްބޯޅަ ދަނޑު ތަރައްގީ ކުރުން
- ސިޓީ ހޮޓަލެއް އެޅުން
- މަގުތައް ތަރައްގީކުރުން
ހުސެއިން ވަނީ ކުރީ ސަރުކާރުގައި ޕްލޭންކޮށް އަޅަން ފެށި އެއާޕޯޓް މި ސަރުކާރުގައި ހުޅުވި ނަމަވެސް، އެތަން އޮތީ ރައްޔިތުން އެދުނު ފެންވަރުގައި ނޫން ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން، އެއާޕޯޓާ އެކު ސިޓީ ހޮޓަލެއް ހެދުމަށް ޕްލޭން ކުރެވިފައި އޮންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ސަރުކާރެއްގައި ސިޓީ ހޮޓަލެއް ތަރައްގީކޮށް ދޭނަން،" ހުސެއިން ވިދާޅުވި އެވެ.
މުއިއްޒުގެ ރަނިންމޭޓް ވިދާޅުވި ގޮތުގައި ފަރެސްމާތޮޑާގެ މަގުތައް ވެސް ޒަމާނީ ފެންވަރަށް ތަރައްގީ ކުރާނެ ކަމަށާއި އެކަންކަން ކުރާނީ ލޯނުތައް ނަގައިގެން ނޫން ކަމަށެވެ. އަދު ދަރަނިވެރިނުވެ ތަރައްގީގެ މަޝްރޫއުތައް ހިންގުމުގެ ގާބިލްކަން ހުންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދު ފަރެސްމާތޮޑާއަށް ހުސެއިން ވަޑައިގެންނެވުމުން މަރުހަބާ ދަންނަވަނީ: މަސްވެރިންނަށް ރަނގަޅު ގޮތްތައް ހޯދައިދެއްވާނެ ކަަމަށް ވިދާޅުވި.
ކޮންމެ ރައްޔިތަކު ވެސް އަޒުމު ކަނޑައަޅަންވީ އެއްބުރުން ޕީޕީއެމް/ޕީއެންސީގެ ވެރިކަމެއް ގެންނަން ކަމަށާއި ދެވަނަ ބުރަކަށް ދާން ޖެހި ފައިސާތަކެއް ބޭކާރުވުމުގެ ބޭނުމެއް ނެތް ކަމަށް ވެސް ހުސައިން ވިދާޅުވި އެވެ.
"އެއީ އަޅުގަނޑުމެންގެ ދަރިންގެ ހައްގުގައި. މި ސަރުކާރުން ކޮށްފަ ނުކޮށްފާނެ ކަމެއް އަޅުގަނޑުމެންނަކަށް ނޭނގޭ، އަޅުގަނޑުމެންނަށް ވިސްނައިގަންނަން ވެސް ނޭނގޭ." ހުސެއިން ވިދާޅުވި އެވެ.
"ރައްޔިތުންނަށް ބަސް އިއްވަން މިއޮތީ ފުރުސަތު ލިބިފައި، ރައްޔިތުންވީ ރައްޔިތުންނަށް ހެޔޮ ވެރިކަމައިގެން މިހާ ހިސާބަށް ތަޖުރިބާ ކުރެވުނު ފަރާތްތަކާ އެކު ކުރިއަށް ދާން އަޒުމު ކަނޑައަޅަން، އަޅުގަނޑު ޝައްކެއް ނުކުރަން މި ރަށުގެ ރައްޔިތުންނަކަށް." އޭނާ ވިދާޅުވި އެވެ.
އޭނާ ވަނީ ޕީޕީއެމްގެ ރައީސް، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މުއިއްޒު އަބަދުވެސް ވަފާތެރިވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފަ އެވެ. އަދި ކެންޑިޑޭޓް މުއިއްޒަކީ ވަރަށް ގާބިލް، ޔާމީންގެ ސިޔާސަތުތައް ކުރިއަށް ގެންދަވާނެ ކެންޑިޑޭޓެއް ކަމަށް ވެސް ވިދާޅުވި އެވެ.
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
އަޅުގަނޑާ ދެކޮޅަށް ދައްކާނެ އެއްޗެއް ނޯންނާނެ:މުއިއްޒު
"އަޅުގަނޑުގެ ވެރިކަމެއްގައި އަނިޔާވެރިކަމެއް ނޯންނާނެ"
މުއިއްޒު އެމްޕީއެލް ސަރަހައްދަށް، ދެއްވީ ޔަގީންކަން
ޗައިނާގެ ގާތް ގުޅުން އަލުން އިޔާދަކުރާނަން: މުއިއްޒު
'މަޑަވެލި އިޒް ޕިންކް'؛ ޕީޕީއެމަށް ލޯތްބާއި ޖޯޝް
ދެކުނުގެ ތާއީދު ލިބިއްޖެނަމަ އެއްބުރުން ހޮވޭނެ:ޣައްސާން
މުއިއްޒުގެ ކެމްޕެއިން ދަތުރުތައް އުތުރުން ފައްޓަވައިފި
އިންތިހާބުގެ ހަމަހަމަކަން ފަރެސްމާތޮޑާއިން ފެނޭ: ރައީސް
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން