Roadha Mihaaru
ދެކުނުގެ ތާއީދު ލިބިއްޖެނަމަ އެއްބުރުން ހޮވޭނެ:ޣައްސާން

ދެކުނުގެ ތާއީދު ލިބިއްޖެ ނަމަ މުއިއްޒު/ހުސައިން އެއްބުރުން ހޮވޭނެ: ޣައްސާން

16 އޯގަސްޓް 2023

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުން ވަރަށް ބޮޑު ތާއީދެއް ފެނިފައިވާ ކަމަށާއި ދެކުނުގެ އަތޮޅުތަކުން ވެސް އެ ތާއީދު ލިބިއްޖެ ނަމަ އެއްބުރުން މި ފަހަރުގެ އިންތިހާބު އެ ކޯލިޝަނަށް ލިބޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މި ހަފުތާގައި ބޮޑުތިލަދުންމައްޗަށް ކުރެއްވި ދަތުރުން ވަރަށް ބޮޑު ތާއީދެއް ފެނިފައިވާ ކަމަށާއި ދެކުނުގެ އަތޮޅުތަކުން ވެސް އެ ތާއީދު ލިބިއްޖެ ނަމަ އެއްބުރުން މި ފަހަރުގެ އިންތިހާބު އެ ކޯލިޝަނަށް ލިބޭނެ ކަމަށް ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، މުއިއްޒުގެ ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފްގެ އަމިއްލަ ރަށް ގދ. ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ޖަލްސާގަ އެވެ.

ފަރެސްމާތޮޑާ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ހުސައިނާ އެކު ގއ. އާއި ގދ. އަށް މިހާރު ކުރައްވާ ދަތުރުގައި ޣައްސާން ވިދާޅުވީ، އުތުރުގެ ރަށްތަކުން މުއިއްޒާއި ހުސައިނަށް "ފެންނަ މަންޒަރުތައް ވަރަށް ހިތްގައިމު" ކަމަށެވެ.

"އުތުރުގެ ތާއީދު ވަރަށް ބޮޑު،" ގުރައިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ޣައްސާން ވިދާޅުވި އެވެ.

މުއިއްޒުގެ ރަނިންމޭޓް ހުސައިނަކީ ހުވަދުއަތޮޅުގެ ބޭފުޅެއް ކަމަށް ވާއިރު، އެއީ ހުވަދުއަތޮޅަށް ލިބޭ ރަނގަޅު ފުރުސަތެއްކަން ފާހަގަ ކުރައްވައި ޣައްސާން ވިދާޅުވި ގޮތުގައި މި ދަނޑިވަޅުގައި ބަލަންވީ ވަކި ސިޔާސީ ޕާޓީއެއްގެ ފިކުރަކަށް ނޫން ކަަމަށެވެ.

ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން.---ފޮޓޯ: ޕީޕީއެމް

ފަރެސްމާތޮޑާގައި ބޭއްވި ކެމްޕެއިން ޖަލްސާގައި ރިޔާސީ ކެންޑިޑޭޓްގެ ރަނިންމޭޓް ހުސައިން.---ފޮޓޯ: ޕީޕީއެމް

"ވިސްނަވަންވީ ރަށަށް. ވިސްނަވަންވީ އަތޮޅަށް. ވިސްނަވަންވީ ތިބޭފުޅުންނަށް މި ލިބެނީ ކޮން ކަހަލަ ޖަވާހިރެއްތޯ؟ މި ރަށުގެ ހުރިހާ ރައްޔިތުންނަށް މި ޕޯޑިއަމް ކައިރީގައި ހުރެ އަޅުގަނޑު އާދޭސްކޮށް، އިލްތިމާސް މި ކުރަނީ ޕާޓީ ފިކުރަކަށް ބެލުމެއް ނެތި ހުސައިން މުހައްމަދު ލަތީފް މި ޓިކެޓްގައި ހިމެނިވަައިގަންނަވާތީ މި ރަށުން ސަތޭކަ ޕަސެންޓް ވޯޓު އެ މަނިކުފާނަށް އަރުވަން،" ޣައްސާން ވިދާޅުވި އެވެ.

"އެމްޑީޕީއެއް ޖުމްހޫރީ ޕާޓީއެއް ޕީޕީއެމެއް ޕީއެންސީއެއް ތިބޭފުޅުން މި ހާލަތުގައި ބައްލަވާކަށް ނުޖެހޭނެ. ރަށުގެ ރައްޔިތެއް، ރަށުގެ ދަރިއެއް ނުކުމެވަޑައިގެން އެ ހުންނެވީ ގައުމަށް ހިދުމަތް ކުރަން. އެއީ ލިބޭނެ ވަރަށް ބޮޑު ފަހުރެއް."

"ރައީސް ޔާމީންގެ ދަރިވަރެއް، ވައުދުވެވަޑައިގެންފައި ﷲ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވައުދު ފުއްދަވައި ދެއްވާނެ،"--- ޣައްސާން

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އިދިކޮޅުން ނުކުންނަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ދެއްކެވި ކެންޑިޑޭޓަކީ ކުރީގެ ހައުސިން މިނިސްޓަރު އަދި މާލޭގެ މިހާރުގެ މޭޔަރު މުއިއްޒުކަން ފާހަގަކުރައްވައި ޣައްސާން ވިދާޅުވީ މާލެ އަށް އެކަނި ބެލިޔަސް ޔާމީންގެ ބެއްލެވުމުގެ ދަށުން މުއިއްޒު ގެނެސްދީފައިވާ ތަރައްގީ ފެންނަން އެބަހުރި ކަމަށެވެ.

ވިދާޅުވީ، ސިނަމާލެ ބްރިޖާއި ހުޅުމާލޭގެ ހިޔާ ފްލެޓާއި ބައެއް އެހެން އިމާރާތްތަކާއި މަގުތަކާއި ރަށްރަށުގެ ބަނދަރުތަކާއި ފެނާއި ނަރުދަމާގެ ނިޒާމު ގުޅައިދިނުން ކަމަށް ވެސް މާޒީން ދައްކައިދިނީ މުއިއްޒަކީ ޑެލިވަރީ ކޮށްދެއްވާ ބޭފުޅެއްކަން ކަމަށެވެ.

"ރައީސް ޔާމީންގެ ދަރިވަރެއް، ވައުދުވެވަޑައިގެންފައި ﷲ އިރާދަކުރެއްވިއްޔާ ތިބޭފުޅުންނަށް ވައުދު ފުއްދަވައި ދެއްވާނެ،" ކުރީގެ ރައީސް އަދި އެމްއާރުއެމްގެ މުސްތަޝާރު މައުމޫން އަބްދުލްގައްޔޫމްގެ ހަގު ދަރިކަލުން ވިދާޅުވި އެވެ.