Roadha Mihaaru
މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރިކުރުވާނަން: މުއިއްޒު

މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރި ކުރުވާނަން: މުއިއްޒު

27 އޯގަސްޓް 2023

ގދ. މަޑަވެއްޔަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫއެއް ވެރިކަން ލިބިއްޖެ ނަަމަ ހިންގަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ގދ. މަޑަވެލިން ނާޒިމް ހަސަން

ގދ. މަޑަވެއްޔަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބިން ހިއްކުމުގެ މަޝްރޫއެއް ވެރިކަން ލިބިއްޖެ ނަަމަ ހިންގަވާނެ ކަމަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މި ރަށަށް ވަޑައިގެން ސަޕޯޓަރުންނާ ބައްދަލުކުރައްވައި މުއިއްޒު ވިދާޅުވީ، މަޑަވެއްޔަށް އެންމެ ބޭނުންވެފައިވަނީ ބިން ބޮޑުކޮށް، ގެދޮރުވެރިކަމުގެ މަޝްރޫއެއް ކަމަށް ރައްޔިތުން ބުނާ ކަމަށާއި އެހެންވެ، އެކަން އޭނާގެ ސަރުކާރެއްގައި ކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބިން ހިއްކުމުގެ މަޝްރޫއު ކުރިއަށް ގެންދާނީ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާ ވެސް އެކުގައި ކަމަށެވެ. ރައްޔިތުން ބޭނުންވާ ފަދަ ޒަމާނީ، ފެންވަރު ރަނގަޅު ބަނދަރެއް ހައްދަވާނެ ކަަމށް ވެސް ވިދާޅުވި އެވެ. އެއާ އެކު ރަށުން ގާތްގަނޑަކަށް 30 ހެކްޓަރުގެ ބިން ހިއްކޭނެ ކަމަަށް އަންދާޒާ ކުރެއްވޭކަން ވެސް މުއިއްޒު ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަޑަވެލީގެ ސްކޫލްގެ ޖާގަ އިތުރުކުރުމާއި ސިއްހީ މަރުކަޒުގެ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުން ފަދަ ކޮންމެހެން ހިންގަން ޖެހޭ ހުރިހާ މަޝްރޫއެއް ވެސް ހިންގަވާނެ ކަމަށް ޕީއެންސީގެ ސަރުކާރެއްގައި ހިންގަވާނެ އެވެ. ވިދާޅުވީ، އޭނާއާ ވެރިކަން ހަވާލުކޮށްފި ނަމަ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސަވާނެ ކަމަށެވެ.

މާލޭގެ މެމްބަރުކަން ވެސް ކުރައްވާ މުއިއްޒު ވިދާޅުވީ، މިދިޔަ ފަސް އަހަރު މަޑަވެއްޔަށް ވަރަށް ބޮޑަށް އިހުމާލު ވެފައިވާ ކަމަށާއި އެހެންކަމުން، އަނެއްކާވެސް އެފަދަ އަހަރުތަކެއް ހޭދަނުކޮށް، ރައްޔިތުން ބޭނުންވާ ތަރައްގީ އަށް ވާސިލްވެވޭނެ ބަޔަކު އިންތިހާބު ކުރަން ޖެހޭ ކަމަށެވެ.

"މި ގޮތުގައި އަނެއްކާވެސް ފަސް އަހަރު ހޭދަކުރާނީތޯ ނުވަތަ ދިވެހިންގެ ރާއްޖެ ގެންނާނީތޯ އެއީ ރައްޔިތުން ނިންމަވާނީ. ނަތީޖާ ނެރެދޭނަން އެކަން އަޅުގަނޑުމެންނާ ހަވާލުކޮށްފިއްޔާ،" މުއިއްޒު ވިދާޅުވި އެވެ.

"ހަމަ ޔަގީނުން ވެސް ތަފާތު ކުރުމެއް ނެތި މި ރަށަށް ވެސް ކަންކަން ހާސިލްވާނެ."

ގދ. ނަޑެއްލާއިން މުއިއްޒަށް މަރުހަބާ ކިޔަނީ: އެ ރަށުގެ ބިން ބޮޑުކުރުމަށް ވައުދުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

ގދ. ނަޑެއްލާއިން މުއިއްޒަށް މަރުހަބާ ކިޔަނީ: އެ ރަށުގެ ބިން ބޮޑުކުރުމަށް ވައުދުވި - ފޮޓޯ: ނިޝާން އަލީ | މިހާރު

މުއިއްޒު މިއަދު ވަނީ ގދ. ނަޑެއްލާ އަށް ވެސް ވަޑައިގެންފަ އެވެ. އާބާދީގައި 500 އެއްހާ މީހުން ތިބި އެ ރަށަށް ވެސް މުއިއްޒު ވައުދުތަކެއްވެޑައިގެންނެވި އެވެ. އެންމެ ބޮޑު މަޝްރޫއުއެއްގެ ގޮތުގައި އިއުލާން ކުރެއްވީ ބަނދަރު ބޮޑުކޮށް، ބޮޑުހިލަ ޖަހައި ރަށް ހިމާޔަތްކުރުމުގެ މަޝްރޫއެވެ.

ސްކޫލާއި ސިއްހީ މަރުކަޒު ތަރައްގީ ކުރުމަކީ ވެސް މުއިއްޒުގެ ވައުދެކެވެ.

ނަޑެއްލާ އާއި މުޅި އަތޮޅަށް ފައިދާވާ ގޮތަށް ކައިރީގައިވާ ފަޅު ރަށްރަށުގައި ރިސޯޓް ތަރައްގީކޮށް، އާމްދަނީ ހޯދޭނެ މަގުތައް ފަހިކުރައްވާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ގދ. އަށް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުގައި ހޯނޑެއްދު އާއި ތިނަދު އަށް މިއަދު ވަޑައިގަންނަވާނެ އެވެ.