31 އޯގަސްޓް 2023
ސައުދި އަރަބިއާއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 1،000 އިން 2،000 އަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ސައުދި އަރަބިއާއިން ރާއްޖެއަށް ދޫކުރާ ހައްޖު ކޯޓާ 1،000 އިން 2،000 އަށް އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި އެކަން ހާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ޅ. ނައިފަރުގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ ދިވެހިން ހައްޖަށް ފޮނުވުމުގައި ވެސް މި ސަރުކާރުން ވަނީ އިހުމާލުވެފައި ކަމަށާއި އަދި އެތައް ރައްޔިތުންނެއް ފައިސާ ދައްކައި ހައްޖަށް ނުދެވި ލިސްޓްގައި ޖެހިގެން އެބަ ތިބި ކަމަށެވެ.
އެ ރައްޔިތުންނަށް ވީއެންމެ އަވަހަކަށް ހައްޖަށް ދެވޭނެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ހައްޖު ކޯޓާ 2،000 އަށް އިތުރު ކުރަން ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްއާ މަޝްވަރާ ކުރައްވައިގެން މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ކިންގް ސަލްމާން އާއި ވަލީއަހްދު މުހައްމަދު އަދި ރައީސް ޔާމީން އޮތީ ވަރަށް ގާތް ގުޅުމެއް. އެ ފޮރިން ސިޔާސަތުގެ ދަށުން އަޅުގަނޑު ވެސް މަސައްކަތް ކުރާނަން ކިންގް ސަލްމާންއާ ވާހަކަ ދައްކައިގެން ހައްޖު ކޯޓާ އިތުރު ކުރަން. ހަމަ ޔަގީން ކިންގް ސަލްމާން އެކަން ކޮށްދެއްވާނެ ކަން،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ހައްޖަށް ދާން ލިސްޓްގައި ޖެހިގެން ތިބި މީހުންނަށް ވީއެންމެ އަވަހަކަށް ފުރުސަތު ދިނުމުގެ ގޮތުން، އެ ލިސްޓްގައި ތިބި އެންމެންނަށް ހައްޖަށް ދެވެންދެން ވަގުތީ ގޮތުން 2،000 އަށް ވުރެ އިތުރަށް ހައްޖު ކޯޓާ ލިބޭތޯ ވެސް މަސައްކަތް ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު މިރޭ ވިދާޅުވި ގޮތުގައި އޭނާގެ ސަރުކާރެއްގައި ދިވެހި ފުޓްބޯޅަ މިހާރު އޮތް އަނދަވަޅުން ނަގާ ކޮޅަށް ޖަހަން ވެސް ވަރަށް ގިނަ މަސައްކަތްތައް ކުރާނެ އެވެ. އޭނާ ވިދާޅުވި ގޮތުގައި މި ސަރުކާރުގައި ދިވެހި ފުޓްބޯޅައިގެ ފެންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ވެއްޓިފައި ކަމަށެވެ.
މިރޭ ބޭއްވި ޖަލްސާގައި މުއިއްޒު: ޝަހީމްއާ ސަލާމް ކުރައްވަނީ: ހައްޖު ކޯޓާ އިތުރު ކުރަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި
އޭގެ ބަދަލުގައި އޭނާގެ ވެރިކަމެއްގައި ދިވެހި ފުޓްބޯޅަ އަށް ކުރަން ޖެހުނު ކޮންމެ އިންވެސްޓްމެންޓެއް ކުރާނެ ކަމަށާއި އެތައް ބައިވަރު ކުދިންނެއް އެކަޑަމީތަކުގައި އުޅޭއިރު، އެ ކުދިންނަށް ފުރުސަތުތައް ހޯދައިދޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ވޯލްޑް ކަޕަށް ދިވެހިން ދާން އެއީ އަމާޒު ހިފިދާނެ ކަމެއް. އެ ނުވާނެ ކަމެއް ނޫން. އެކަމަށް އަމާޒު ހިފައިގެން މަސައްކަތްކޮށްފިނަމަ އެއީ ކުރެވިދާނެ ކަމެއް. ކުރަން ޖެހުނު ކޮންމެ އިންވެސްޓްމެންޓެއް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވަނީ ނައިފަރުގެ ފުޓްބޯޅަ ސްޓޭޑިއަމް ފީފާގެ ފެންވަރަށް ތަރައްގީ ކުރަން ވައުދުވެވަޑައިގެންފަ އެވެ.
މީގެއިތުރުން ނައިފަރުގައި ގައުމީ ޔުނިވާސިޓީގެ ކެމްޕަހަކާއި އިސްލާމިކް ސެންޓަރެއް އަޅާނެ ކަން ވެސް އިއުލާން ކުރެއްވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި، ރަށްރަށުގައި މި ސަރުކާރުން ހެދި ހައުސިން ޔުނިޓްތަކުގެ ކުލީގެ އަދަދު އިންސާފުވެރިއެއް ނޫނެވެ. އެހެންވެ، އެ ކުލިތައް ކުޑަކުރާނެ ކަަމަށާއި އެއީ ހިސާބުތަކަށް ބަލާއިރު ސަރުކާރަށް ގެއްލުމެއް ނެތި ކުރެވޭނެ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ ތެރޭގައި ނައިފަރުގައި ހުރި ހައުސިން ޔުނިޓްތައް ވެސް ހިމެނެ އެވެ. މިހާރު އެ ތަންތަނުގެ ކުއްޔަކީ 5،000 ރުފިޔާ ކަމަށް ވިޔަސް، މުއިއްޒު ވިދާޅުވި ގޮތުގައި އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ކުލި 3،500 އަށް ތިރިކުރާނެ އެވެ.
ނައިފަރާ ގުޅޭ ތަސައްވަރު މުއިއްޒަށް އަރުވަނީ
"އަޅުގަނޑު މި ވާހަކަ މި ދައްކަނީ ހިސާބުތައް ބަލާފައި. ގެއްލުމެއް ނެތި މިކަން ކުރެވޭނެ. އެނގިހުރެ ޓެކްނިކަލް މައުލޫމާތު ހުރެގެން ވާހަކައެއް މި ދައްކަނީ،" މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ނައިފަރުގެ ފަޅުން 45 ހެކްޓަރުގެ ބިން ހިއްކައި އަދި އެ ތަން ތަރައްގީ ކުރާނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މިހާރު ނައިފަރުގައި ހިއްކާފައި އޮތް ބިމުން 80 ގޯއްޗާއި 400 ހައުސިން ޔުނިޓްގެ މަޝްރޫއުއެއް ހިންގާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ބިން ހިއްކައި، އާ ބަނދަރެއް ނައިފަރުގައި އަޅާނެ ކަމަށާއި އަދި، ފެނާއި ނަރުދަމާ އަދި ކަރަންޓުގައި ދިމާވެފައިވާ ހުރިހާ މައްސަލައެއް ހައްލު ކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
މީގެއިތުރުން އައިސްޕްލާންޓަކާއި ސްލިޕްވޭއެއް ނައިފަރުގައި އަޅަން ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.
މުއިއްޒު ވިދާޅުވީ މި ފަސް އަހަރު ރާއްޖޭގެ ހުރިހާ ކަމެއް ވެސް ވަނީ ބޮޑު އަނދަވަޅެއްގެ ތެރޭގައި ކަމަށާއި އިންތިހާބުގައި ރައްޔިތުން ނިންމަން އޮތީ އަނދަވަޅުގައި ތިބޭނީތޯ ނުވަތަ އެކަމުން އަރައިގަންނާނީތޯ ކަމަށެވެ. އަދި އޭނާއަށް ވެރިކަން ދީފިނަމަ، ހުރިހާ ކަންބޮޑުވުމެއް ހައްލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ނައިފަރުގެ ބޮޑު ފަޅި އޮތީ މުއިއްޒާ އެކު"
ޗައިނާގެ ގާތް ގުޅުން އަލުން އިޔާދަކުރާނަން: މުއިއްޒު
އޭދަފުށިން މުއިއްޒަށް ޝަރަފާއި އިއްޒަތުގެ މަރުހަބާއެއް
ޔާމީނުގެ ތަސައްވުރަށް ފައިނުގައި އެއާޕޯޓްއަޅަން ވައުދެއް
ގައްދާރުވާ މީހުންނަށް އަދަބު ދޭން މުއިއްޒުގެ ވައުދު
މުއިއްޒަށް ދިނީ ބޮޑު ތާއީދެއްގެ ޔަގީންކަން
ސަރުކާރުން ކުރަނީ ފިނޑި ކެމްޕެއިނެއް: މުއިއްޒު
ޑޮލަރު ލިމިޓް އުވާލުމާއި ރިޓަޔަމަންޓް އެލަވެންސްއެއް
މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރިކުރުވާނަން: މުއިއްޒު
ޕީއެސްއެމް، އެމްއެންޔޫގެ ފްލެޓްތައް އަޅާނަން: މުއިއްޒު