Roadha Mihaaru
މުއިއްޒަށް ދިނީ ބޮޑު ތާއީދެއްގެ ޔަގީންކަން

މަޑުއްވަރީ، މީދޫން މުއިއްޒަށް ދިނީ ބޮޑު ތާއީދެއްގެ ޔަގީންކަން

29 އޯގަސްޓް 2023

ރ. އަތޮޅަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދު އަށް މިއަދު ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ނާޒިމް ހަސަން މީދޫން ނާޒިމް ހަސަން

ރ. އަތޮޅަށް އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރައްވަމުން ގެންދަވާ ދަތުރުގައި މީދު އަށް މިއަދު ވަޑައިގަތުމުން ވަރަށް ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

މި ދަތުރުގައި މުއިއްޒު އެންމެ ފުރަތަމަ ވަޑައިގަތީ އަލިފުއްޓަށެވެ. މެންދުރު މަޑުއްވަރީ އަަށް އަދި މެންދުރުފަހު މީދު އަށް ވަޑައިގެންނެވި އެވެ. މޫސުން ގޯސްވުމުގެ ސަބަބުން ދަތުރަށް ހުރަސްތަކެއް އެޅުނު ނަމަވެސް، މީދޫން ވަރަށް ގިނަ ބަޔަކު މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔަން ނުކުތެވެ.

"ނިސްބަތުން އެންމެ ބޮޑު ތާއިދެއް މުއިއްޒަށް ލިބޭނެ ރަށަކީ މިއީ،" މުއިއްޒަށް މަރުހަބާ ކިޔަން ނުކުމެ ހުރި މީހަކު ބުންޏެވެ.

މުއިއްޒު ރަށަށް އަރާވަޑައިގެންނެވިއިރު ސަލާމްކުރުމަށް ދިގު ސަފެއް ދަމާލާފައި އޮތް އިރު ވަރަށް ފޯރީގައި ނަށައި އުފާ ފާޅުކުރަމުންދިޔަ އެވެ. އެ އެންމެން ވެސް ތިބީ ވަރަށް ގިނަ އުއްމީދުތަކާ އެކު އެވެ.

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ ތާއީދު ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ ތާއީދު ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

"މިދިޔަ ފަސް އަހަރު މި ރަށް 10 އަހަރު ފަހަތަށް ސޮއްސާލައިފި. ދެން ބޭނުންވަނީ ބާރު ސްޕީޑް ތަރައްގީ،" މީދޫ ސްކޫލްގެ ކުރީގެ ޕްރިންސިޕަލަކު ބުންޏެވެ.

އޭނާ ބުނި ގޮތުގައި، މީދޫ ތަރައްގީ ކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގަ އެވެ. ދެން ވެސް ތަރަައްގީ ލިބޭނީ ޕީޕީއެމްގެ ސަރުކާރެއްގައި ކަމަށް އޭނާ ބުންޏެވެ.

އަބަދުވެސް ޕީޕީއެމްގެ ތާއީދު ބޮޑު ރަށުގެ މީހުންނާ ވާހަކަ ދައްކަވަމުން މުއިއްޒު ވިދާޅުވީ، މީދޫން އެދޭ ހުރިހާ ކަމެއް ކޮށްދެއްވާނެ ކަމަށެވެ. ވިދާޅުވީ، ވެރިކަމަށް އަންނަނީ ރައްޔިތުންގެ އުއްމީދުތަކުގައި ކުލަ ޖައްސައިދިނުމަށް ކަމަށެވެ.

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ މެޖޯރިޓީ ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

މީދޫން މުއިއްޒަށް މަރުހަބާ ދަންނަވަނީ: މީދޫގެ މެޖޯރިޓީ ބޮޑުކޮށް ލިބޭނެ ކަމަށް ރަށުގެ ޕީޕީއެމް ސަޕޯޓަރުން ބުނޭ

މީދޫން އެންމެ ބޮޑަށް އެދެމުންދާ ކަމަކީ ރަށުގެ ބިން ބޮޑުކޮށް ގެދޮރުވެރިކަމުގެ މަޝްރޫއުއަކަށެވެ. މުއިއްޒު ވިދާޅުވީ ފަޅުން ހިއްކެން އޮތް އެންމެ ބޮޑަކަށް ހިއްކައި، އެ ތަނުގެ ލޭންޑް ޔޫސް ޕްލޭން ހަދާ ތަރައްގީ ކުރާނެ ކަމަށެވެ.

އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނޭނެ ކަމަށް ވިދާޅުވި އެވެ. ރަށުގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަކަށް ބައްދަލުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"ރައްޔިތުން އެދޭ ހުރިހާ ކަމަކަށް އަޅުގަނޑުމެން އިޖާބަދޭނަން. ރައްޔިތުންގެ އަޑުއަހައިގެން ދާނީ ކުރިއަށް،" މުއިއްޒު ވިދާޅުވި އެވެ.

މަޑުއްވަރީގައި ވެސް މި ވަގުތު އޮތް އެންމެ ބޮޑު މައްސަލައަކީ ބިމުގެ ދަތިކަމެވެ.

އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ސޯދިގު ވިދާޅުވީ، އިޖުތިމާއީ މައްސަލަތައް ވެސް ގުޅިފައިވަނީ ކުދިކުދި ތަންކޮޅުތައް ބަހައިގެން ދިރިއުޅެން ޖެހިފައިވުމާ ކަމަށެވެ. އެހެންވެ، ރަށުގެ ބިން ބޮޑުކޮށް ގެދޮރުވެރިކަން ބޭނުންވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަޑުއްވަރީން މުއިއްޒަށް މަރުހަބާ ދަންނަވަނީ: އެ ރަށު ބިން ހިއްކަވާނެ ކަމަށް ވިދާޅުވި

މަޑުއްވަރީން މުއިއްޒަށް މަރުހަބާ ދަންނަވަނީ: އެ ރަށު ބިން ހިއްކަވާނެ ކަމަށް ވިދާޅުވި

އެކަން ހައްލުކުރުމަށް މަޑުއްވަރީގެ ބިން ހިއްކާާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހާ ބޮޑު ސަރަހައްދެއް ހިއްކެން ނެތް ނަމަވެސް، އެންމެ ބޮޑަކަށް ހިއްކައި އެ ތަން އެންމެ ބޭނުންތެރި ގޮތަށް ޕްލޭންކޮށްގެން ތަރައްގީ ކުރާނެ ކަމަށް ވިދާޅުވި އެވެ.

މީދޫގެ އުތުރު ބަނދަރު ތަރައްގީ ކުރުމަށާއި ހޮސްޕިޓަލެއް އިމާރާތް ކޮށްދިނުމަށް ވެސް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

މަޑުއްވަރީއަކީ ޕީޕީއެމްގެ ތާއިދު ކުޑަ ރަށަކަސް އެކަން ބަދަލުވަމުން އަންނަ ކަމަށް ސޯދިގު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބުގައި މަޑުއްވަރީން މި ފަހަރު މެޖޯރިޓީ ނަގާނީ މުއިއްޒެވެ.