26 އޯގަސްޓް 2023
"މިއޮތީ މި ސަފު ކޮޅު ފެންނަން ނެތް. މިއީ އެއްވެސް މަޖުުބޫރު ކަމެއް ނެތި ހިތުގެ އަޑިން ސަޕޯޓްކުރާތީ ނުކުމެ ތިބިހާ މީހުން،" އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ފުވައްމުލަކުން އޮތް ތާއިދު ސިފަކޮށްދޭން ޒުވާނަކު ދައްކާލީ މި މަންޒަރެވެ.
"މިއޮތީ މި ސަފު ކޮޅު ފެންނަން ނެތް. މިއީ އެއްވެސް މަޖުުބޫރު ކަމެއް ނެތި ހިތުގެ އަޑިން ސަޕޯޓްކުރާތީ ނުކުމެ ތިބިހާ މީހުން،" އިދިކޮޅު ޕީއެންސީ/ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓަށް ފުވައްމުލަކުން އޮތް ތާއިދު ސިފަކޮށްދޭން ޒުވާނަކު ދައްކާލީ މި މަންޒަރެވެ.
މިއަދު ހަވީރު 5:10 ހާއިރު މި ސިޓީގެ އެއާޕޯޓަށް ފްލައިޓް ޖެއްސެއިރު އެ ސަރަހައްދަށް ގިނަ އަދަދެއްގެ މީހުން އެއްވެ ތިއްބެވެ. މުއިއްޒަށް މަރުހަބާ ދެންނެވުމަށް ދިގު ސަފެއް ދަމާލާފައި އޮތްއިރު، ޕީޕީއެމްގެ ފިޔާތޮށި ކުލައިގެ ދިދަތަކާ އެކު ވަރަށް ގިނަ ބަޔަކު ފޯރިނަގަމުން ދިޔަ އެވެ.
އެ އެންމެންނާ ސަލާމްކުރުމަށް ގާތްގަނޑަށް 45 ވަރަކަށް މިނެޓް މުއިއްޒު ހޭދަކުރައްވަން ޖެހުނުއިރު، މިއީ މި ސިޓީގައި މިގޮތަށް ދަމާލި އެންމެ ދިގު ސަފު ކަމަށް ވެސް ބައެއް މީހުން ބުނެ އެވެ.
އެތައް ސަތޭކަ ބަޔަކު މި ސަފުގައި ތިބިއިރު އޭގެ ތެރެެއިން ވަރަށް އުފަލުން ހުރި އަބްދުﷲ އަހުމަދު ބުނި ގޮތުގައި ފުވައްމުލަކަށް ކަމެއް ވިއްޔާ ވެފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވެ. މިއޮތް ބޮޑު ރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށް، ހުރިހާ ގެއަކަށް ގުޅައި، މަގުތަކުގައި ތާރުއަޅަން ފެށުމަކީ އާދައިގެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރި އެވެ.
އަބްދުﷲ އަހުމަދު: ފުވައްމުލަކަށް ތަރައްގީ ލިބުނީ ޔާމީންގެ ވެރިކަމުގައި ކަމަށް ބުނި - ފޮޓޯ: މިހާރު
ފުވައްމުލަކުގެ ބޮޑެތި ހުރިހާ މަގެއްގައި މި ސަރުކާރުން ވަނީ ތާރުއަޅާ ނިންމާފަ އެވެ. އެކަމަކު އަބްދުﷲ އަހުމަދު ގަބޫލުކުރާ ގޮތުގައި، މި ސަރުކާރަށް އެ މަޝްރޫއު އެހާ ފަސޭހަކަމާ އެކު ކުރިއަށް ގޮސް ނިންމާލެވުނީ ޔާމީންގެ ވެރިކަމުގައި އެކަމަށް ބޭނުންވާ ތަކެތި ފުވައްމުލަކަށް ގެނެސްފައި ހުރުމުންނެވެ. އެ މަޝްރޫއު ފަށާފައި އޮތުމުންނެވެ.
ހަމައެގޮތަށް ބަނދަރުގެ މަޝްރޫއު ވެސް އޭނާ ފާހަގަކުރީ ޔާމީންގެ މަޝްރޫއުއެއްގެ ގޮތުގައި އެވެ.
މުއިއްޒު މިއަދު ފުވައްމުލައް ސިޓީއަށް ވަޑައިގަތުން: އެތައް ބަޔަކު މަރުހަބާ ކިޔުމަށް ނުކުތް - ފޮޓޯ: ނިޝާން އަލީ | މިހާރު
"މި ރަށަށް މި ސަރުކާރުން ވެފައިވާ އެއްވެސް ވައުދެއް ނުފެއްދޭ. އެކަމަކު މުއިއްޒުގެ ސަރުކާރެއްގައި އަނެއްކާވެސް މަޝްރޫއުތައް ހިނގައިގަންނާނެ ކަމަށް އުއްމީދު ވަރަށް ބޮޑަށް ކުރަން،" އޭނާ ބުންޏެވެ.
މިއީ ހަމައެކަނި އަބްދުﷲގެ ވިސްނުމެއް ނޫނެވެ. ފިޔާތޮށި ގަމީހެއް ލައިގެން ޕީޕީއެމް ދިދައެއް ހިފައިގެން ހުރި މުހައްމަދު އަލީ، 67 ވެސް ބުނި ގޮތުގައި މުއިއްޒަށް ވެރިކަން ލިބިއްޖެނަމަ ޔާމީން ގެނައި ތަރައްގީ މި ސިޓީއަށް އަލުން ލިބޭނެ އެވެ.
މުހައްމަދު އަލީ: އޭނާ ބުނީ ޔާމީންގެ ތަރައްގީގެ މުއިއްޒު އިޔާދަކޮށްދޭނެ ކަމަށް - ފޮޓޯ: މިހާރު
"މުއިއްޒު ވަރުގެ އިހްލާސްތެރި ކަމަށް ގާބިލް މީހަކު ނެތް ދެން ކުރިމަތިލާފައި. އެހެންވެ މިތަނަށް އައިސް މިހުރީ،" މުހައްމަދު އަލީ ބުންޏެވެ.
އުމުރުން 70 އިން މަތީގެ އިސްމާއިލް ފިކުރީބެ ވެސް ޖޯޝާ ފޯރީގައި ބުނީ "މުއިއްޒު ވަރުގެ މީހެއް ނެތް ކަމާއި އޭނާ ރަނގަޅުވާނެ،" ކަމަށެވެ.
ހަސަން ފިކުރީ: ޔާމީނަށް ކުރާ ތާއިދު މުއިއްޒަށް ވެސް ކުރޭ
ޕީޕީއެމްގެ ބޮޑު ސަޕޯޓެއް އޮންނަ ފުވައްމުލަކުން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރި ހޯދީ އެމްޑީޕީންނެވެ. ޔާމީނަށް 2900 ވޯޓު ލިބުނުއިރު އިބްރާހިމް މުހައްމަދު ސޯލިހަށް 3800 ވޯޓު ލިބުނެވެ. އޭގެ ފަހުން މަޖިލިސް އިންތިހާބުގައި ވެސް އެމްޑީޕީ ކުރި ހޯދި އެވެ.
އެކަމަކު، މިފަހަރު އެ މަންޒަރު ބަދަލުވާނެ ކަމަށް ޕީޕީއެމަށް ސަޕޯޓްކުރާ މި ސިޓީގެ މީހުން ބުނެ އެވެ.
ހައްޖު ކޯޓާ އިތުރުކުރަން މަސައްކަތް ކުރާނަން: މުއިއްޒު
ޗައިނާގެ ގާތް ގުޅުން އަލުން އިޔާދަކުރާނަން: މުއިއްޒު
އޭދަފުށިން މުއިއްޒަށް ޝަރަފާއި އިއްޒަތުގެ މަރުހަބާއެއް
ޔާމީނުގެ ތަސައްވުރަށް ފައިނުގައި އެއާޕޯޓްއަޅަން ވައުދެއް
ގައްދާރުވާ މީހުންނަށް އަދަބު ދޭން މުއިއްޒުގެ ވައުދު
މުއިއްޒަށް ދިނީ ބޮޑު ތާއީދެއްގެ ޔަގީންކަން
ސަރުކާރުން ކުރަނީ ފިނޑި ކެމްޕެއިނެއް: މުއިއްޒު
ޑޮލަރު ލިމިޓް އުވާލުމާއި ރިޓަޔަމަންޓް އެލަވެންސްއެއް
މަޑަވެލީގެ ބިން ހިއްކައި ގެދޮރުވެރިކުރުވާނަން: މުއިއްޒު
ޕީއެސްއެމް، އެމްއެންޔޫގެ ފްލެޓްތައް އަޅާނަން: މުއިއްޒު