Roadha Mihaaru
މޮބައިލް ނަންބަރު މެނޭޖް ކުރުމަށް ދިރާގުގެ ޕޯޓަލްއެއް

މޮބައިލް ނަންބަރު މެނޭޖް ކުރުމަށް ދިރާގުގެ ޕޯޓަލްއެއް

27 އޯގަސްޓް 2023

ކަސްޓަމަރުންގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަމްބަރުތައް ފަސޭހައިން ޗެކުކޮށް މެނޭޖުކުރުމަށް "މައި ސާވިސް"ގެ ނަމުގައި ދިރާގުން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކަސްޓަމަރުންގެ ނަންމަތީގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަމްބަރުތައް ފަސޭހައިން ޗެކުކޮށް މެނޭޖުކުރުމަށް "މައި ސާވިސް"ގެ ނަމުގައި ދިރާގުން ޕޯޓަލްއެއް ތައާރަފްކޮށްފި އެވެ.

ދިރާގުން ބުނި ގޮތުގައި މި ޕޯޓަލް އަކީ ކޮމިއުނިކޭޝަންސް އޮތޯރިޓީ އޮފް މޯލްޑިވްސްއިން ދާދި ފަހުން އަމަލުކުރަން ފެށި މޮބައިލް ނަންބަރު ރެގިއެލޭޝަނާ ގުޅިގެން ގެނައި، މޮބައިލް ނަންބަރު ލިމިޓޭޝަނާ އެކު ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތަކެއް ގެނެސްދިނުމަށް ތައާރަފްކުރި ޕޯޓަލްއެއް ކަމަށެވެ.

މޮބައިލް ނަންބަރު ރެގިއެލޭޝަނަށް ގެނައި ބަދަލުގައިވާ ގޮތުން ދިވެއްސެއްގެ ނަންމަތީގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ 10 މޯބައިލް ނަންބަރެވެ. އަދި ބިދޭސީންގެ ނަމުގައި ކޮންމެ ނެޓްވޯކެއްގައި އެންމެ ގިނަވެގެން ރަޖިސްޓްރީ ކުރެވޭނީ ތިން މޯބައިލް ނަންބަރެވެ. މި ލިމިޓޭޝަންގައި ކުންފުނިތަކަށާއި ސަރުކާރުގެ އޮފީސްތަކަށް ނަގާފައިވާ ނަންބަރުތަކެއް ނުހިމެނޭނެ އެވެ.

Ownership Portal | Dhiraagu

ދިރާގު މައި ސާވިސް ޕޯޓަލް

ދިރާގުން ބުނި ގޮތުގައި މި ޕޯޓަލް މެދުވެރިކޮށް އެ ކުންފުނީގެ ކަސްޓަމަރުންނަށް މިހާރު ފަސޭހަކަމާ އެކު އަމިއްލަ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޯބައިލް ނަންބަރުތަކުގެ އަދަދު ބަލައި، ހުއްދަ ދީފައިވާ ލިމިޓަށް ވުރެ އިތުރުވާ މޮބައިލް ނަންބަރުތަކަށް ބޭނުން ފިޔަވަޅެއް އެޅޭނެކަމަށެވެ.

ދިރާގު "މައި ސާވިސް" ޕޯޓަލް މެދުވެރިކޮށް ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހުގެ ނިޔަލަށް ކަސްޓަމަރުންގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ މޮބައިލް ނަންބަރުތައް އެފަރާތްތަކަށް މެނޭޖް ކުރެވޭނެއެވެ.