އެމްޑީޕީން ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކަށް ނުގޮސް ވެރިކަމަށް އަންނާނެ މިއީ ދެވަނަ ފަހަރު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
24 އޯގަސްޓް 2023
އެމްޑީޕީން ރިޔާސީ އިންތިހާބެއްގެ ދެވަނަ ބުރަކަށް ނުގޮސް ވެރިކަމަށް އަންނާނެ މިއީ ދެވަނަ ފަހަރު ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި އެމްޑީޕީގެ ބޮޑު ޖަލްސާގައި ރައީސްގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ބައިވެރިވި އެވެ. އެ ސެންޓަރުގެ ހޯލާއި ބޭރު ވެސް އޮތީ ފުރިފަ އެވެ.
އެ ޖަލްސާގައި ރައީސް ވިދާޅުވި ގޮތުގައި، ރިޔާސީ ކެމްޕެއިނަށް ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް ވަޑައިގަތުމުން ފެނުނު މަންޒަރާއި އިވުނު އަޑުތަކުން ރައްޔިތުން އަނބުރާ އަނިޔާވެރިކަމެއްގެ ތެރެއަށް ދާން ބޭނުން ނުވާކަން އެނގިވަޑައިގަތެވެ. ރައީސް ވިދާޅުވި ގޮތުގައި ދިވެހިން ދެން ވެސް ބޭނުންވަނީ އެމްޑީޕީގެ ވެރިކަމެކެވެ.
އަޅުގަނޑު ޔަގީން ކަމާ އެކުގައި މި ދަންނަވަނީ، މިއީ ދެވަނަ ބުރެއް ނެތި، އިރާދަކުރެއްވިޔާ އަނެއްކާވެސް އަޅުގަނޑުމެން ވެރިކަމަށް އަންނާނެ ދެވަނަ ފަހަރުކަން: ރައީސް
ރައީސް ވަނީ މި އަހަރުގެ ރިޔާސީ ކެމްޕެއިނަށް ވަރަށް މަދު އަތޮޅެއް ފިޔަވައި ހުރިހާ އަތޮޅެއްގެ ރަށްތަކަށް ކެމްޕެއިނަށް ވަޑައިގެންފަ އެވެ.
"[ދިވެހިން] ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއް ހޯދުމަށްޓަކައި އަޅުގަނޑުމެން ފަށާފައިވާ މި މަސައްކަތް ގެންގޮސް ނިންމާލަން،" ރައީސް ވިދާޅުވި އެވެ.
އެހެންވެ، އަންނަ މަހު ނުވައެއްގައި ބާއްވާ ރިޔާސީ އިންތިހާބު ވަރަށް ފަސޭހައިން ކާމިޔާބުވާނެ ކަމަށް ރައީސް ޔަގީންކުރައްވަ އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އެމަނިކުފާނު ވާހަކަދައްކަވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑު ޔަގީން ކަމާ އެކުގައި މި ދަންނަވަނީ، މިއީ ދެވަނަ ބުރެއް ނެތި، އިރާދަކުރެއްވިޔާ އަނެއްކާވެސް އަޅުގަނޑުމެން ވެރިކަމަށް އަންނާނެ ދެވަނަ ފަހަރުކަން،" ރައީސް ވިދާޅުވި އެވެ.
އެމްޑީޕީން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމްއާ ވާދަކޮށް ކާމިޔާބުކުރީ ދެވަނަ ބުރަކަށް ނުގޮހެވެ.
ރައީސް ވިދާޅުވީ އެންމެފަހުން ބޭއްވި ރިޔާސީ އިންތިހާބު ބޯމަތިވި އިރު، އޭރު ތިބި ސިޔާސީ ހުރިހާ ލީޑަރުންނާއި އެމީހުންގެ އަނބިދަރިންނާއި ގާތް ތިމާގެ މީހުން އަދި ވެރިކަމަށް ކުރިމަތިލަފާނެހެން ހީވާ ކޮންމެ މީހަކު ވެސް ހުރީ ޖަލުގައި ކަމަށެވެ. އެކަމަކު، މިއަދު އެ މަންޒަރު ތަފާތު ކަމަށް ރައީސް ވިދާޅުވި އެވެ.
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިނަށް ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި އާންމުން ބައިވެރިވަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު
މި ރިޔާސީ އިންތިހާބުގައި 8 ކެންޑިޑޭޓުން ވާދަކުރައްވާތީ އެކަމަށް އިޝާރަތްކުރައްވައި ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ ތާރިހުގައި ވެސް ބާއްވާ އެންމެ ވާދަވެރި އިންތިހާބަށް ވެއްޖެ ކަމަށެވެ.
"ހިޔާލު ފާޅުކުރުމާއި މިނިވަންކަމަކީ ވެރިކަމަށް އޮތް ހުރަހެއް ނޫން. އެކަން އަޅުގަނޑުމެން މި ސާފުކޮށްދިނީ،" ރައީސް ވިދާޅުވި އެވެ.
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
ރައީސް ކެމްޕޭން ފައްޓަވަން ކޯލިޝަނާއެކު ބައްދަލުވުމެއް
"އަދާލަތާއި އެމްޑީއޭއާއެކު އެއްބުރުން ކާމިޔާބުކުރެވޭނެ"
ރައީސަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
ރައީސަށް މަރުހަބާ ކިޔުމަށް މަކުނުދޫގަައި ދިގު ސަފެއް
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް