27 ސެޕްޓެމްބަރ 2023
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ފަހު، ދެ ވަނަ ބުރުގެ ވޯޓަށް ތިން ދުވަހަށް ވެފައިވަނިކޮށް ކޯލިޝަން ރޫޅާލި އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަަމަވެސް އެއީ ރަނގަޅު ނޫން ނިންމުމެއްކަން ވަރަށް އަވަހަށް އެ ޕާޓީ އަށް އެނގޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެކުގައި މަސައްކަތް ކުރުމަށް ފަހު، ދެ ވަނަ ބުރުގެ ވޯޓަށް ތިން ދުވަހަށް ވެފައިވަނިކޮށް ކޯލިޝަން ރޫޅާލި އެމްޑީއޭގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަަމަވެސް އެއީ ރަނގަޅު ނޫން ނިންމުމެއްކަން ވަރަށް އަވަހަށް އެ ޕާޓީ އަށް އެނގޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރޭ ދަންވަރު އައްޑު އަށް ވަޑައިގެން އައްޑޫގެ ކެމްޕެއިން ޓީމުތަކާ ބައްދަކުރައްވަން މިއަދު ހިތަދޫ އެމްޑީޕީ ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ، އެމްޑީއޭ އިން ފުރަތަމަ ބުރުގައި ކޮށްދިން މަސައްކަތްތައް ޝުކުރުވެރިވާ ކަމަށާއި ހެޔޮ މުސްތަގުބަލަކަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީއާ އެކު ކޯލިޝަންގައި މިހާރު ހަމައެކަނި އޮތް އަދާލަތު ޕާޓީގެ އުއްމީދުތައް ވަރަށް ގިނަ ކަމަށާއި އެމްޑީއޭ ދުރަށް ޖެހުމަކީ ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
"އެ ބޭފުޅުން އެ ނިންމުވުން އެއީ އަދި ރަނގަޅު ނިންމުމެއް ނޫން ކަމަށް ފަހު ފެނިގެންދާތަން ވެސް ލަސްތަކެއް ނުވެ އެ ބޭފުޅުންނަށް ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
"ދިވެހިންގެ ތެރޭގައި ބުނެ އުޅޭ މުޔާވަރާ ބަހެއް އޮވޭ. އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެއޭ ކޮންމެވެސް ވަރަކަށް. އެހެންވީމާ އެ ކަހަލަ ކަންތައްތައް ވާނެ. ކަންބޮޑު ނުވެ ކުރިއަށް ވަޑައިގަންނަވާ."
ރައީސް މިއަދު ހިތަދޫގައި ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ: އަންނަ އެއްޗެހީގެ ތެރޭގައި ދާ އެއްޗެހި ވެސް ހުންނާނެ ކަމަށް ވިދާޅުވި
އެމްޑީއޭ އިން ރޭ ބޭއްވި ކައުންސިލް ބައްދަލުވުމުގައި ނިންމާފައިވަނީ އެމްޑީޕީގެ ކޯލިޝަނުން ވަކިވެ، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރުމަށެވެ. ދެ ވަނަ ބުރުގައި ރައީސަށް ތާއިދު ކުރަން ވޯޓު ދެއްވީ ކައުންސިލްގެ ދެ މެންބަރުންނެވެ. އެ ދެ މެންބަރުން ވެސް މިހާރު ވަނީ އެމްޑީއޭ އިން އިސްތިއުފާ ދެއްވާފަ އެވެ.
ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދޫކޮށްލައްވައި މުއިއްޒަށް ތާއީދު ކުރަން އެމްޑީއޭގެ ކައުންސިލުން ފާސްކުރީ 33 މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެމްޑީއޭއާ އެކު ކެމްޕެއިންގެ ގިނަ ހަރަކާތްތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފުރަތަމަ ބުރުގައި ހިންގަވައިފަ އެވެ. އެމަނިކުފާނު އޭރު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ލިބުނު އެންމެ ބޮޑު އެސަޓަކީ އެމްޑީއޭގެ ރައީސް ސިޔާމެވެ.
ނަމަވެސް، އެ އިންތިހާބުގެ ނަތީޖާ އުއްމީދުކުރި ގޮތާ ހިލާފަށް އައުމުން، ސިޔާމް ވަނީ ރައީސްގެ ކެމްޕެއިން ހަރަކާތްތަކާ އެއްގޮތަށް ދުރަށްވަޑައިގެންފަ އެވެ. އޭނާ ރޭ ކައުންސިލަށް ހުށަހެޅުއްވީ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއިދު ނުކުރުމަށެވެ. ނަމަވެސް، އެ ހުށަހެޅުމަށް ތާއިދެއް ނުލިބުނެވެ.
އެމްޑީއޭ އަކީ ރައްޔިތުންގެ މަޖިލީހުގައި ދެ ގޮނޑި ތަމްސީލް ކުރާ ޕާޓީއެކެވެ.
ސިޔާމްގެ ސަބަބުން ބޭރުން ފައިސާ ލިބޭނެކަން ވެސް ޔަގީން
"އެންމެ އުފާވަނީ އެމްޑީޕީން ލާދީނީ ފިކުރު ދިއުމުން"
ކޯލިޝަނަށް އެއްބާރުލުން ދޭން ސިޔާމް އެދިވަޑައިގެންފި
އެމްޑީޕީއާ ކޯލިޝަން ހަދަން ސިޔާމްގެ ޕާޓީން ނިންމައިފި
ކޯލިޝަނަށް އެމްޑީއޭއިން އެމްޑީޕީއާ މަޝްވަރާ ފަށައިފި
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ފައްޔާޒުގެ ހިތްވަރުގެ ބަސް: ބަލިކޮށް ނުލެވުނު ހިތްވަރު
ޗާޓުން ރީނދޫކުލަ ފިލައިފި، 5 އަހަރުން ބޮޑު ބަދަލެއް
އައްޑޫ ހިމެނޭ ޒައާމަތެއް ހޮވާނެކަން ކަށަވަރު: ރައީސް