އައްޑޫ ހިމެނޭ ވެރިކަމެއް އެއްބުރުން ގެންނަން "ސީލްކޮށް ތައްގަނޑު" ޖަހާނެ ތަނަކީ އައްޑޫ ކަމާ މެދު ޝައްކު ނުކުރައްވާ ކަމާއި މިއީ އައްޑޫއަށް ވަރަށް ތާރީހީ ނިންމުމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
07 ސެޕްޓެމްބަރ 2023
އައްޑޫ ހިމެނޭ ވެރިކަމެއް އެއްބުރުން ގެންނަން "ސީލްކޮށް ތައްގަނޑު" ޖަހާނެ ތަނަކީ އައްޑޫ ކަމާ މެދު ޝައްކު ނުކުރައްވާ ކަމާއި މިއީ އައްޑޫއަށް ވަރަށް ތާރީހީ ނިންމުމެއް ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
"އުފާވެރި އައްޑޫ"ގެ ނަމުގައި މިރޭ ހިތަދޫގައި ބޭއްވި ބޮޑު ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހަކީ އައްޑޫގެ ޑިމޮކްރަޓިކް ހަޔާތަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި އެއީ އައްޑޫ ޝާމިލްވާ ޒަމާއަތެއް ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރާނެ ދުވަސް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދެވަނަ ދައުރަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވާ ރައީސްގެ ރަނިންމޭޓަކީ އައްޑޫ ހިތަދޫ އުތުރު ދާއިރާ އަދި އައްޑޫގައި އެންމެ ގިނަ ދުވަސްވީ މަޖިލިސް މެންބަރު މުހައްމަދު އަސްލަމެވެ.
ރައީސް ވިދާޅުވީ އައްޑޫއިން ފެންނަ ބޮޑު މަންޒަރަކީ އެއްބުރުން އެމްޑީޕީ އިންތިހާބު ކާމިޔާބުކުރާ ތަން ކަމަށެވެ. އަދި އިންތިހާބުން މޮޅުވުމަށް ސީލްކޮށް ތައްގަނޑު ޖަހާނެ ތަނަކީ އައްޑޫ ކަމަށާއި އެކަމާ މެދު އެމަނިކުފާނު އެއްވެސް ޝައްކެއް ނުކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އައްޑޫގެ ދިގު ދަތުރު މި ނިމެނީ އުފާވެރި އަމާން ރާއްޖެއަކަށް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އައްޑޫ އަކީ ރާއްޖޭގެ ޑިމޮކްރަޓިކް ހަޔާތުގައި ވަރަށް ތާރީހީ އަދި ބުރަ މަސައްކަތެއް ކުރި ރައްޔިތުންތަކެއް ތިބި ތަނެއް ކަމަށާއި އަދި އެ ބުރަ މަސައްކަތުގެ ނަތީޖާ މިހާރު އައްޑު އަށް ފެންނަމުންދާ ކަމަށެވެ. އަދި ރައްޔިތުންވީ އެދިއެދި ތިބި ތަރައްގީ ފުރިހަމަ ވަމުންދާ ކަން ރައީސް ފާހަގަ ކުރެއްވި އެވެ.
އައްޑޫގައި މިރޭ ބޭއްވި ޖަލްސާގައި ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހ
"މި ދަނީ މިކަން ނިންމަން. އަޅުގަނޑުމެން ކުރި މަސައްކަތުގެ ހެޔޮ ނަތީޖާ މި ފެންނަނީ. އޭރު އިންދި ގަހުގެ ހިޔަލަށް މޭވާ އަޅާ ދޮންވެ ފައްކާވާ ތަން މި ފެންނަނީ. އަޅުގަނޑުމެންގެ ދެން އަންނަ ދައުރަކީ އައްޑޫއިން މޭވާ ބިންނާނެ މޫސުން،" ރައީސް ވިދާޅުވި އެވެ.
"ފަސް އަހަރު ތެރޭ އަޅުގަނޑު މަސައްކަތް ކުރީ ހަވާލުކުރި މެނިފެސްޓޯ ތަންފީޒު ކުރަން. މިއަދު އޭގެ ރީތި މަންޒަރު އައްޑޫއިން ފެންނަމުން އެބަދޭ. ބިން ހިއްކިއްޖެ، ތިން ރިސޯޓް ހިއްކިއްޖެ، މަގު ހަދާ ނިމެނީ. ސަންގްރިއްލާއަށް ދާއިމީ ހައްލެއް އެ ހޯދުނީ. ގަން އެއާޕޯޓް އަދި ކިރިޔާ އެ ތަަރައްގީ ވަނީ. ހަންކެޑަ އެ ވަނީ ފަށަން ތައްޔާރު ވެފައި."
ރައީސް ވިދާޅުވި ގޮތުގައި އައްޑޫ ތަރައްގީ ކުރަނީ މައި ހަބެއްގެ ގޮތުގައި ކަމަށެވެ. އަދި މިހާތަނަށް އައިއިރު ރާއްޖޭގެ އިގުތިސޯދު އޮތީ ވަކި ފަރާތަކުން އުފުލި، ދެކޮޅަށް ތިރިވެފައި ކަމަށާއި ނަމަވެސް، އެކަން ބަދަލުކުރުމުގެ މަސައްކަތް މި ސަރުކާރުން ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.
"މި ދަނީ ހަމަހަމަ ކުރަމުން. ހަނިމާދޫ އެއާޕޯޓް ތަރައްގީކުރުން، ކުޅުދުއްފުއްޓަށް އެ އަންނަނީ ބޮޑު ބަދަލެއް، ތިނަދޫއަށް ބޮޑު ބަދަލެއް، ވިލިނގިއްޔަށް ބޮޑު މަޝްރޫއުއެއް. އައްޑޫއަށް މިއިން ޒަމާނަކު ނާންނަ ތަރައްގީ މި ލިބެނީ. އޭރަށް އަސްލު ތަރައްގީ ލިބޭނީ. ހުރިހާ ރައްޔިތުންނަށް ތަފާތު ކުރުމެއް ނެތި، ރާއްޖޭގެ ފައިދާ އެންމެ އިންސާފުވެރި ގޮތަށް ރައްޔިތުންނަށް ލިބޭނީ އެގޮތުން." ރައީސް ވިދާޅުވި އެވެ.
"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް ރައީސް ވިދާޅުވި
- ހުރިހާ މަގެއް ޒަމާނީ ފެންވަރަށް ހަދައި ނިންމުން.
- 1،000 ހައުސިން ޔުނިޓް ތަރައްގީ ކުރުން
- ގެދޮރުވެރިކަމަށް ލުއިފަސޭހަކޮށް ލޯނު ދޫކުރުން.
- ހިއްކި ސަރަަހައްދުގައި ފެނާއި ނަރުދަމާ އަދި މަގު ހެދުން.
- އިންޑަސްޓްރިއަލް ސަރަހައްދެއް ހެދުން.
- އެސްޓީއޯ އިން ވިއްކާ ހިލަ އާއި ވެލި މާލެއާ އެއް އަގެއްގައި ވިއްކޭނެ ގޮތް ހެދުން.
- ޒަމާނީ ވިޔަފާރި ހަބަކަށް އައްޑޫ ހެދުން.
- އިކޯ ޓޫރިޒަމް ތަރައްގީކުރުން.
- ރޭސިން ޓްރެކެއް.
- އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސް އެޅުން
- ހޮސްޕިޓަލް އިތުރަށް ތަރައްގީކުރުން.
- ޕިކްނިކް އައިލެންޑެއް ތަރައްގީކުރުން.
- މެރިން ސްޓަޑީޒް ހާއްސަ މަރުކަޒެއް ގާއިމްކުރުން.
- ޑިސްއޭބިލިޓީ މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުން.
- ކުޑަކުދިންގެ ޕާކް އަދި އައުޑޯ ޖިމްތައް ގާއިމްކުރުން.
- ދަނާލެއް ގާއިމްކޮށް މަތީ ތައުލީމްގެ އިތުރު ފުރުސަތުތައް ހުޅުވާލުން.
- މިފްކޯގެ ކެޕޭސިޓީ އިތުރު ކުރުން.
"އުފާވެރި އައްޑޫ" ޖަލްސާގެ ތެރެއިން: އެއްބުރުން އިންތިހާބު ކާމިޔާބުވާނެކަން ކަށަވަރުވެއްޖެ ކަމަށް ރައީސް ވިދާޅުވި
ރައީސް ވިދާޅުވީ އެމަނިކުފާނު މަސައްކަތް ކުރައްވަނީ ވިޝަނެއް އޮވެގެން ކަމަށާއި އެއީ ވަށާ ޖެހޭ ބަދަލަކުން އައްޑޫ އެކުއެކީގައި ތަރައްގީކުރުން ކަމަށެވެ. އޭގެ މަގުސަދަކީ ތަނަވަސް ދިރިއުޅުމެއް އެންމެންނަށް ހޯދައިދިނުމާއި ރައްޔިތުންގެ ޒަމާންވީ ހުވަފެން ހަގީގަތަކަށް ހަދައި ދިނުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ހޮނިހިރު ދުވަހު މި ނަގަނީ ވަރަށް މުހިންމު ވޯޓެއް. އަޅުގަނޑުމެން ފަށާފައި ކަންކަމާ އެކު ކުރިއަށް ދިޔުމަށް ނިންމާނީތޯ ނޫނީ އަނިޔާވެރިކަމަށް ދާނީތޯ ނިންމަން އޮތް ދުވަސް. ވަރަށް ސާފު އައްޑޫ މިއޮތީ އެއްބުރުން މިކަން ނިންމާލަން." ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އިންތިހާބުގެ ނަތީޖާ އެމަނިކުފާނަށް މިހާރު ވަރަށް ރަނގަޅަށް ފެންނަ ކަމަށެވެ. އެ މަންޒަރު ދެއްކެވުމަށް ރައީސް ވިދާޅުވެ ދެއްވީ، ރ. އަތޮޅުން އެމަނިކުފާނަށް ބައްދަލުވި ހަ އަހަރުގެ ކުއްޖަކު ބުނި ވާހަކައެކެވެ.
"ސަލާމްކޮށްލާފައި ބުނީ ރައީސް މިކަން އެއްބުރުން ނިމިއްޖެއޭ. ސާފު ނުވާތި އަޅުގަނޑު އިތުރަށް އަހާލިން. އަނެއްކާވެސް އެ ކުއްޖާ ބުނީ ރައީސް މިކަން އެއްބުރުން ނިމިއްޖެއޭ. އެއީ ވަރަށް ބޮޑު ތެދެއް. ހަމަ ހަގީގަތުގައި ވެސް މިކަން އެއްބުރުން ނިމިއްޖެ. އެއްބުރުން މާބޮޑު ތަނުން ވެސް ތި ތިބީ ކާމިޔާބުވެގެން،" ރައީސް ވިދާޅުވި އެވެ.
"އައްޑޫއިން ވެސް ޔަގީންވެ ކަށަވަރު ވެއްޖެ."
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
އެއްބުރުން އިންތިހާބު ނަގަން ގިޔަރު މަތިކޮށްލާ: ރައީސް
ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ ރައީސާ އެކު"
ފެންނަނީ މާލެ އާއި އައްޑޫގެ މެޖޯރިޓި އޮތް ތަން:ރައީސް
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
ރައީސަށް، އައްޑޫން މި ފަހަރު ތަފާތު ދައްކާލައިފި
ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫގައި
ޝައުނާގެ ހިތްހަމަނުޖެހުން ނަޝީދުގެ ފެކްޝަނަށް!
ރައީސްގެ ރައްދު ނަޝީދަށް: ނިމިއްޖެ، ނިމިއްޖެ!