Roadha Mihaaru
ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫގައި

ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫގައި

23 ޖެނުއަރީ 2023

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫ ހިތަދޫގައި ބާއްވަން ނިންމަވައިފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫ ހިތަދޫގައި ބާއްވަން ނިންމަވައިފި އެވެ.

އެ މަނިކުފާނުގެ ކެމްޕެއިން ޓީމުން މިއަދު ބުނީ، ކެމްޕެއިންގެ ފަހު ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ހިތަދޫ ސިޓީ ބާޒާރު ސަރަހައްދުގައި ކަމަށެވެ.

މި ފަހަރުގެ ޕްރައިމަރީގަައި ވޯޓުލުމުގެ ހައްގު ލިބޭ މީހުން މާލެ ސަރަހައްދު ފިޔަވައި އެންމެ ގިނައީ އައްޑޫގަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ މި މަހުގެ 13 އިން 15 އަށް ވެސް އައްޑު އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ. އެކަމަކު، އެ ފަހަރު އައްޑޫގެ ރަށްތަކުން އެ ކެމްޕެއިންގެ ހަރަކާތްތައް ނުކުތް މީހުންގެ އަދަދު މަދުކަން ފާހަގަކުރެވެ އެވެ.

ނަމަވެސް މިދިޔަ ހުކުރު ދުވަހުގެ ރޭ އެ މަނިކުފާނު މާލޭގައި ބޭއްވި ބޮޑު ޖަލްސާ އަށް ވަރަށް ގިނަ ބަޔަކު ދިޔަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ގެންދަވަނީ ކެމްޕެއިނަށް ވަރަށް ގިނަ ރަށްރަށަށް ވަޑައިގަންނަވަމުންނެވެ. މިއަދުގެ ތާވަލުގައި އޮތީ ކ. ގުރައިދު އާއި ކާށިދޫ އަދި އއ. ތޮއްޑު އެވެ. އއ. އާއި އދ. ގެ ބައެއް ރަށްރަށުގައި މާދަމާ ކެމްޕެއިން ކުރައްވާނެ އެވެ.

ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން ވާދަކުރައްވާ އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވެސް ގެންދަވަނީ ކެމްޕެއިނަށް ރަށްތަކަށް ދަތުރުފުޅު ކުރައްވަމުންނެވެ.