15 ޖެނުއަރީ 2023
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުުންވަނީ ހަމައެކަނި އެމްޑީޕީގެ ތާއީދު ނޫން ކަމަށާއި އެހެންވެ، އެ ޕާޓީއާއެކު އެހެން އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރަން ބޭނުުންވަނީ ހަމައެކަނި އެމްޑީޕީގެ ތާއީދު ނޫން ކަމަށާއި އެހެންވެ، އެ ޕާޓީއާއެކު އެހެން އިތުރު ބައެއްގެ ތާއީދު ހޯދޭނެ ހަމައެކަނި ބޭފުޅަކީ އެ މަނިކުފާނު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
"ވަރަށް ފަސޭހަ އެއް ދައުރު ނިންމާފައި އަޅުގަނޑު ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލިހުގައި 25 އަހަރު އުޅެފިން. ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަންތޯ؟ އެހެން ނަމަވެސް ޕާޓީއަށްޓަކައި، އަޅުގަނޑުމެން ވީ ވައުދު ފުއްދުމަށްޓަކައި މި ކަން ކުރަން އެބަޖެހޭ،" މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑޫ މަރަދޫފޭދޫގެ އެ ޕާޓީގެ ބައެއް މެމްބަރުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ، އެ ކަން ކުރެވެން އޮތީ ގިނަ ބައެއްގެ ތާއީދާއެކު މި އަހަރުގެ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނުކުތުމުން ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަބަދުވެސް ގަބޫލުފުޅު ކުރައްވަނީ އެމްޑީޕީ އަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވެން އޮތީ އެހެން ބަޔަކާއެކު ކޯލިޝަނެއް ހަދައިގެން ކަމަށެވެ. އެ މަނިކުފާނުގެ މި ދައުރަށް 2018 ގައި ހެދި ކޯލިޝަން އަދިވެސް ދެމިއޮތުމުން ރައީސް ވިދާޅުވަނީ ކޯލިޝަން ގޮވައިގެން އުޅުއްވުމުގެ ގާބިލްކަން ހުރި ބޭފުޅަކީ އެއީ ކަމަށެވެ.
އެމްޑީޕީގެ އެންމެ އިސް ލީޑަރު ވިދާޅުވީ، އެމްޑީޕީން ވައުދުވި އެއް ކަމަކީ ރާއްޖެ އަށް ސުލްހަ ގެނައުން ކަމަށާއި އެކަމަކު 2018 ހިސާބުން ކަން ވީ ގޮތް ސާފުވާނެ ކަމަށެވެ. މަސައްކަތްތަކެއް ކުރެވޭތޯ އުޅުނަސް ދުރުވިސްނުމާއި ޕްލޭނެއް ނެތް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މަރަދޫފޭދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރުންނާ ބައްދަލުކުރައްވަން މިއަދު ހެނދުނު ބޭއްވެވި ހަރަކާތަށް ދިޔަ ބައެއް މީހުން.
"ދެވަނަ ފަހަރަށް އަޅުގަނޑުމެން އިންތިހާބުކުރާ ވެރިކަމެއް އެ މަގަށް ގޮސް، އެ ހިސާބަށް ދިއުން އެއީކީ އެމްޑީޕީގެ މެމްބަރުން އެދޭނެ ކަމެއް ނޫން. ދެވަނަ ފަހަރަށް މަގުމައްޗަށް ނުކުމެ، ހަ އަހަރު، ހަތް އަހަރު މަގުމަތީގައި އެހެން ތިބުމަކީ ސިޔާސީ ޕާޓީއަކަށް އަބަދު ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކެމްޕެއިނަށް މަރަދޫފޭދޫ ދާއިރާގެ އެމްޑީޕީގެ ބައެއް މެމްބަރުން ކައިރި އަށް މިއަދު ހެނދުނު ވަޑައިގެން ސަލާމް ކުރައްވަނީ.
އެ މަނިކުފާނު ވިދާޅުވީ، ސުލްހަ އާއި ހަމަޖެހުން ބޭނުންވަނީ ތަރައްގީ އަދި އާންމުންގެ ވިޔަފާރި އާއިގެން އުޅެވޭނެ ގޮތެއް ހޯދަން ކަމަށެވެ.
"މި ތިއްބެވި ޑރ. ޑީޑީމެންނަކީ [އެމްޑީޕީގެ ކުރީގެ ރައީސް ޑރ. އިބްރާހިމް ދީދީ] ރައްޔިތުންނަށް ހިދުމަތްކުރާ ބޭފުޅުން އެހެން ދާއިރާތަކުގައި. އެހެން ނަމަވެސް އެ ދިޔަ ހަ އަހަރު، ހަތް އަހަރު މަގުމަތީގައި ކިހިނެއްތޯ އުޅުނީ؟ ކިތައް ފަހަރު ތޯ ބަންދުވެގެން ޖަލުގައި ހުރީ. މި ތަނުގައި މި ތިބީ އެކަން އިހުސާސް ކޮށްފައި ތިބި މީހުން. އެއީކީ ދެން ކުރެވޭނެ ކަންތައްތަކެއް ނޫން،" ޑރ. ޑީޑީ އާއި އެހެން ބޭފުޅުންނަށް އިޝާރާތް ކުރައްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވިގޮތުގައި އެ މަގު ދޫކޮށްލާފައި އެމްޑީޕީ އަށް ވެރިކަން ހޯދޭނެ ގޮތްތައް އެބަހުއްޓެވެ. ވެރިކަމުގައި ތިބެގެން ކަންކަން ކުރެވޭ ތަން ފެނެ އެވެ.
"ދެން ކީއްކުރަންތޯ އެހެން ގޮތެއް އިހުތިޔާރު ކުރަންވީ؟ ވެރިކަން އެހެން ބަޔަކަށް ލިބިއްޖިއްޔާ ވެގެންދާނެ ގޮތް ވަރަށް ސާފު،" ރައީސް ވިދާޅުވި އެވެ.
ވަރަށް ފަސޭހަ އެއް ދައުރު ނިންމާފައި އަޅުގަނޑު ގޭގައި ހުންނަން. އެއްވެސް ކަމެއް ނޫން. އަޅުގަނޑު މަޖިލިހުގައި 25 އަހަރު އުޅެފިން. ރިޔާސީ ދައުރެއް ނިމުނީ. ދެން ކީއްކުރަންތޯ؟ އެހެން ނަމަވެސް ޕާޓީއަށްޓަކައި، އަޅުގަނޑުމެން ވީ ވައުދު ފުއްދުމަށްޓަކައި މި ކަން ކުރަން އެބަޖެހޭ،"--- ރައީސް
އެމަނިކުފާނު ވިދާޅުވީ، އައްޑޫގެ ތަރައްގީއަށްޓަކައި ކުރަންޖެހޭ ބައިވަރު މަސައްކަތަތައް އެބަހުރި ކަމަށާއި އެހެން ރަށްތަކާ ހިލާފަށް އެއީ ބުރަ، ބޮޑު މަސައްކަތެއް ކަމަށެވެ.
"އާބާދީ ބޮޑު. ރަށްތައް ގުޅިފައި އޮތް ތަނަކަށް ވިޔަސް ކުރަން ހުރި މަސައްކަތްތަކަށް ހުރީ އިހުމާލު ވެފައި. ވަގުތީ މަންފާއަށްޓަކައި ކުރެވިފައި ހުރި ކަންތައްތަކެއް ނޫން އެހެން ކަންތައްތަކެއް މި ތަނަކުން ނުފެނޭ،" ރައީސް ވިދާޅުވި އެވެ.
"އެހެން ނަމަވެސް ތިޔަބޭފުޅުން އަޅުގަނޑާ ހަވާލުކުރި މެނިފެސްޓޯގައި އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި ރާވާފައި ހުރި ކަންތައްތަކަކީ ދިގު ރާސްތާގައި ކުރެވޭނެ ކަންތައްތައް. ކުއްލިއަކަށް ނިންމޭނެ ކަންތައްތަކެއް ނޫން."
ރައީސް ވިދާޅުވިގޮތުގައި މަރަދޫފޭދޫ އޮތީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފައްކާވެފަ އެވެ. އެހެންވެ، ޕްރައިމަރީގައި އެ ދާއިރާގެ އަޣުލަބިއްޔަތު ނަގަންވީ ބޮޑުކޮށް ކަމަށް ވިދާޅުވި އެވެ.
"އެންމެން ނުކުމެ ގަނޑުކޮށް ވޯޓުލާންވީ. އަޅުގަނޑަށް ޔަގީން އަޅުގަނޑުމެން ރާއްޖެ އިން މި ހޯދާ މެޖޯރިޓީގައި، ބޮޑު ތާއީދުގައި މަރަދޫފޭދޫގެ ބޮޑު ހިއްސާއެއް އޮންނާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް މިދިޔަ ހުކުރު ދުވަހު ރައީސް އައްޑު އަށް ފެއްޓެވި ދަތުރުފުޅުގެ ފަހު މަންޒިލަކަށް މިއަދު ދެން ވަޑައިގަންނަވާނީ ހުޅުމީދު އަށެވެ. ދަތުރުފުޅު ނިންމަވާލައްވަނީ މިރޭގަ އެވެ.
ރައީސަށް، އައްޑޫން މި ފަހަރު ތަފާތު ދައްކާލައިފި
ވާދަވެރިން ފައިސާ ބަހާނެ، ހިފާތި: ނަޝީދު
ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫގައި
ޝައުނާގެ ހިތްހަމަނުޖެހުން ނަޝީދުގެ ފެކްޝަނަށް!
ރައީސްގެ ރައްދު ނަޝީދަށް: ނިމިއްޖެ، ނިމިއްޖެ!
ފެށި މަސައްކަތް ނިންމަން އައްޑޫގެ ތާއީދު ބޭނުން:ރައީސް
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
އައްޑުއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް: ރައީސް
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް