16 ޖެނުއަރީ 2023
ރައީސް އަދި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ޕާޓީ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި ޕާޓީގެ މުހިންމު ލީޑަރެއް ކަމަށް ވިދާޅުވެ، ތިމާވެއްޓާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އިއްޔެ ހޫނު ހަމަލާތަކެއް ފޮނުވާލައްވައިފި އެވެ.
ރައީސް އަދި އެމްޑީޕީގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހަކީ އެ ޕާޓީ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި ޕާޓީގެ މުހިންމު ލީޑަރެއް ކަމަށް ވިދާޅުވެ، ތިމާވެއްޓާއި ޓެކްނޮލޮޖީއާ ބެހޭ ވަޒީރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް އިއްޔެ ހޫނު ހަމަލާތަކެއް ފޮނުވާލައްވައިފި އެވެ.
މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އައްޑު އަށް ކުރެއްވި ދަތުރުގައި މީދޫގައި ވާހަކަ ދައްކަވަމުން ޝައުނާގެ ހޫނު ރައްދުތަކެއް ނަޝީދުގެ ފެކްޝަނަށް އަމާޒު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އުޅުއްވާ ބައެއް ބޭފުޅުންނަކީ އެމްޑީޕީގެ ސިފަތަކެއް ހުރި ބައެއް ނޫން ކަމަށް ބުނަމުންދާތީ އެވެ.
ޝައުނާ ވިދާޅުވީ، މިއީ އެމްޑީޕީގެ ވެރިކަމެއް ނޫން ކަމަށާއި "އަޅުގަނޑުމެންނަކީ އެމްޑީޕީ ބައެއް" ނޫން ކަމަށް ބުނާތީ ކަންބޮޑުވާ ކަމަށެވެ.
"ދަންނަވަންތޯ ވާހަހަކައެއް، އަޅުގަނޑަކީ މިއީ އެމްޑީޕީ މެމްބަރެއް. ރައީސް އިބޫ ސޯލިހަކީ އަޅުގަނޑުމެންގެ މި ޕާޓީ ކުރިއަރުވަން އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަޅުގަނޑުމެންގެ މުހިންމު، މި ޕާޓީގެ ލީޑަރެއް ވެސް މެ. އަޅުގަނޑަކީ ކަނޑާލިޔަސް އެމްޑީޕީ މެމްބަރެއް،" އައްޑޫ ހުޅުދު އަށް އުފަން ޝައުނާ ވިދާޅުވި އެވެ.
އެމްޑީޕީގައި ނަޝީދާއެކު ވަރަށް ގާތުން މަސައްކަތް ކުރެއްވި ނަމަވެސް، އެ ޕާޓީގެ ތެރޭގައި އުފެދުނު ފެކްޝަން ކޯޅުމުގައި ޝައުނާ ހުންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު އެވެ. ޝައުނާގެ އެ ނިންމެވުމާ ގުޅިގެން އެ ދުވަސްވަރު ވެސް ނަޝީދުގެ ހިތްޕުޅުހަމަޖެހިވަައިގަތުން އުފެދުނެވެ.
އިއްޔެގެ ބައްދަލުވުމުގައި ރައީސްގެ ސިޔާސަތުތަކަށް ތާއީދު ކުރައްވައި ޝައުނާ ވާހަކަ ދެއްކެވި އެވެ. އަދި މި ސަރުކާރުން ތަންފީޒު ކުރަނީ އެމްޑީޕީގެ ސިޔާސަތުތައް ކަން އަންގައި ދިނުމަށް ބައެއް ހެކިތައް ދެއްކެވި އެވެ.
އޭނާ ވިދާޅުވީ، މިއަދު 16،000 އަށް ވުރެ ގިނަ ޒުވާނުންނަށް ހިލޭ ޑިގްރީ އަށް ކިޔަވައި ދެވެނީ އެމްޑީޕީގެ ސިޔާސަތުތައް ކުރިއެރުވޭތީ ކަމަށެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އިއްޔެ އައްޑޫ ހުޅުމީދު އަށް ވަޑައިގަތުމުން މަރުހަބާ ކިޔަނީ.
"އެހެން ވެގެން އަޅުގަނޑު މި ދަންނަވަނީ މިއީ އެމްޑީޕީ ވެރިކަމެކޭ. މި ވެރިކަމުގައި ހިންގަނީ އެމްޑީޕީގެ ސިޔާސަތުތަކޭ. އެހެން އެއްވެސް ޕާޓީއެއްގެ ސިޔާސަތުތަކެއް އަޅުގަނޑުމެންނެއް ކުރިއެއް ނާރުވަން. އެމްޑީޕީގެ މެނިފެސްޓޯއަކީ ވެސް އެމްޑީޕީގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ތައްޔާރު ކުރެވިފައިވާ މެނިފެސްޓޯއެއް،" ޝައުނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި ލާމަރުކަޒު ކުރުމުގެ ސިޔާސަޔު ވެސް ކަނޑައެޅީ އެމްޑީޕީންނެވެ. އެއީ އެ ޕާޓީން އަބަދުވެސް ކުރިއަރުވާ ސިޔާސަތުތަކެއް ކަމަށާއި އެ ސިޔާސަތުތައް "ތަޅު އަޅުވައި" ކައުންސިލަރުން ސަސްޕެންޑް ކުރުން ހުއްޓުވާލީ ވެސް މި ސަރުކާރުން ކަމަށް ވިދާޅުވި އެވެ.
"އެތައް ބާރުތަކެއް ދީ، ރަށްރަށުގެ އިހުތިސާސް ކަނޑައަޅައި އަދި ރަށްރަށުގެ އިހުތިސާސް އިން ލިބޭ އާމްދަނީއަކީ ރަށްރަށުގެ އެކައުންޓްތަކަށް، ރަށު ކައުންސިލްތަކަށް ލިބޭ އާމްދަނީއަކަށް ހެދީ މި ޕާޓީގެ ސިޔާސަތުތައް ކަމުގައި ވާތީވެ، މި ސަރުކާރުންނޭ. އެހެންވީމާ ވިދާޅެއް ނުވެވޭނެ މިއީކީ އެމްޑީޕީގެ ސަރުކާރެއް ނޫނޭ،" ޝައުނާ ވިދާޅުވި އެވެ.
ތިރީސް ފަސް އަހަރު ވެސް ވީ މަގުމަތީގައި ހުއްޓާ. ސާޅިސް ފަސް އަހަރު ވާކަށް އަޅުގަނޑު ބޭނުމެއް ނޫން މަގުމަތީގައި ހުއްޓައެއް،"--- ޝައުނާ
މިހާރު ހިންގަނީ އެމްޑީޕީގެ ސަރުކާރެއް ކަން ކަށަވަރު ކޮށްދިނުމަށްޓަކައި އޭނާ ދެން ދެއްކެވި ކަމަކީ އެންމެ ކުޑަ އުޖޫރަ ވެސް ކަނޑައެޅީ އެ ޕާޓީން ކަމެވެ. އަދި ރިސޯޓް މުވައްޒަފުންނަށް ސާވިސް ޗާޖު ދިނުމުގެ ސިޔާސަތާއި މުޅި ރާއްޖެ ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމުގެ ސިޔާސަތު ވެސް ކަނޑައެޅީ އެމްޑީޕީން ކަމަށް ޝައުނާ ވިދާޅުވި އެވެ.
"އެކަން ވެސް ހއ. ހދ. ށ. އަތޮޅުގައި ނިމި ޅ. އަތޮޅުގައި އަޅުގަނޑުމެން މި އަންނަނީ އެކަން ކުރަމުން. މުޅި ރާއްޖެ އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ގުޅާލާނީ އެމްޑީޕީގެ ސިޔާސަތުތަކުން. އަޅުގަނޑުމެންގެ ޖީބުތަކަށް ވަންނަ ފައިސާގެ އަދަދުތައް ވެސް އިތުރު ކުރާނީ މި ސަރުކާރުގެ މި ޕާޓީގެ ސިޔާސަތުތަކާ އެކީގައި،" އޭނާ ވިދާޅުވި އެވެ.
ޝައުނާ ވިދާޅުވީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ބޭންކެއް ހަދައި އެ މީހުން ކުރިއަރުވަނީ ވެސް މި ސަރުކާރުން ކަމަށެވެ.
މުޒާހަރާތަކާއި މަގުމަތީގެ ހަރަކާތްތަކަށް ފަރިތަ އެމްޑީޕީގެ އެ ހަރަކާތްތަކުގައި އާންމުކޮށް ފެނުނު ޝައުނާ އިއްޔެ ފާހަގަކުރެއްވި އެއް ކަމަކީ ދެން މަގުމަތީގައި އެ ގޮތަށް އުޅުއްވަން ބޭނުން ނުވާ ކަމެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ބަދަލުކުރަން 2008 ގައި ފުރަތަމަ ފަހަރަށް އިންތިހާބެއްގައި ވޯޓުލެއްވި ޝައުނާ ވިދާޅުވީ އޭނާގެ އުމުރުން 25 އަހަރު ވީ އެމްޑީޕީގެ މަގުމަތީގެ ހަރަކާތްތަކުގައި ނުވަތަ "މަގުމަތީގައި ހުއްޓާ" ކަމަށެވެ.
"ތިރީސް ފަސް އަހަރު ވެސް ވީ މަގުމަތީގައި ހުއްޓާ. ސާޅިސް ފަސް އަހަރު ވާކަށް އަޅުގަނޑު ބޭނުމެއް ނޫން މަގުމަތީގައި ހުއްޓައެއް،" ފެށުނީއްސުރެ އެމްޑީޕީގައި އުޅުއްވާ އަދި އެ ޕާޓީގެ މުހިންމު ސިޔާސަތުތައް ވެސް ލިޔުއްވި ޝައުނާ ވިދާޅުވި އެވެ.
"އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ދެންމެ މި ދެންނެވި ސިޔާސަތުތައް ދެމެހެެއްޓެނިވި ގޮތެއްގައި އަޅުގަނޑުމެންގެ ރާއްޖޭގައި ތަންފީޒުކޮށް، ހިންގޭނީ އަޅުގަނޑުމެންގެ ރައީސް އިބޫއާ އެކީގައި މި ޕާޓީގެ ސިޔާސަތުތައް ކުރިއެރުވުމަށް އަޅުގަނޑުމެންނަށް އެމްޑީޕީ ކުރިއަށް ގެންދެވޭނީ މި ޕްރައިމަރީ ރައީސް އިބޫ އަށް ކާމިޔާބު ކޮށްދެވިގެން."
ރައީސްގެ ރައްދު ނަޝީދަށް: ނިމިއްޖެ، ނިމިއްޖެ!
ރައީސަށް، އައްޑޫން މި ފަހަރު ތަފާތު ދައްކާލައިފި
ރައީސްގެ ޕްރައިމަރީ ކެމްޕެއިން ނިންމާ ޖަލްސާ އައްޑޫގައި
އިތުރު ބައެއްގެ ތާއީދު ހޯދޭނެ އެހެންމީހެއް ނެތް:ރައީސް
ފެށި މަސައްކަތް ނިންމަން އައްޑޫގެ ތާއީދު ބޭނުން:ރައީސް
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
އައްޑުއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް: ރައީސް
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
ރައީސް އަނިޔާވެރިނުވާނެކަން ޔަގީން: ޝައުނާ