Roadha Mihaaru
ފެށި މަސައްކަތް ނިންމަން އައްޑޫގެ ތާއީދު ބޭނުން:ރައީސް

ފެށި މަސައްކަތް ނިންމަން އައްޑޫގެ ތާއީދު ބޭނުން: ރައީސް

14 ޖެނުއަރީ 2023

ކުރީގެ ބައެއް ސަރުކާރުތަކުން އައްޑު އަށް ކަމެއް ކޮށްދެވޭތޯ އުޅެފައިވީ ނަމަވެސް އެ ސަރުކާރުތަކުން މިހާތަނަށް ގެނެސްދިނީ ވަގުތީ ހައްލުތަކެއް ކަމަށާއި މި ސަރުކާރުން ފެށި ކަންކަން ނިންމަން އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން ސ. ހިތަދޫން އަހުމަދު ހަމްދޫން

ކުރީގެ ބައެއް ސަރުކާރުތަކުން އައްޑު އަށް ކަމެއް ކޮށްދެވޭތޯ އުޅެފައިވީ ނަމަވެސް އެ ސަރުކާރުތަކުން މިހާތަނަށް ގެނެސްދިނީ ވަގުތީ ހައްލުތަކެއް ކަމަށާއި މި ސަރުކާރުން ފެށި ކަންކަން ނިންމަން އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"ސާކް ސަމިޓާ ދިމާކޮށް ވެސް އަޅުގަނޑުމެން ކުރި ކަންތައްތައް ކުރެވިފައި އެ ހުރީކީ ދާއިމީ ހައްލެއް އޭގައި ލިބޭ ގޮތަކަށް ނޫން. މަގު ހެދުން ކަމުގައި ވިޔަސް އަދި އެ ނޫން ކަންތައްތައް ކަމުގައި ވިޔަސް،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް އިއްޔެ ފެއްޓެވި ދަރުފުޅުގައި ހިތަދޫ މެދު ދާއިރާގެ އެ ޕާޓީގެ ބައެއް މެމްބަރުންނާއެކު ބޭއްވެވި ބައްދަލުވުމުގައި ރައީސް ވިދާލުވި އެވެ.

ކުރީގެ ރައީސް އަދި މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ މުހައްމަދު ނަޝީދުގެ ސަރުކާރުން އައްޑޫގައި ހިންގާފައިވާ ތަރައްގީގެ ބައެއް މަޝްރޫއުތަކަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މި ދަތުރުފުޅުގައި ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ. އޭގެ ތެރޭގައި މަގު ހެދުމާއި ފެނާއި ނަރުދަމާގެ ނިޒާމުގެ ކަންކަން އެ ސަރުކާރުން ކުރިއަށް ގެންދިޔަ ގޮތްތައް ހިމެނެ އެވެ.

...އަދި އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،"--- ރައީސް

ނަޝީދުގެ ސަރުކާރަށް ފަހު އައި ސަރުކާރު ފައިބައިގެން ދިޔައީ ރައީސް ވިދާޅުވިގޮތުގައި ސާކް ސަމިޓަށް އައްޑު އަށް ގެނައި "ގޮނޑިކޮޅާއެކު" އެވެ.

"ހަމަ ގައިމު ވެސް އަޅުގަނޑުމެން މި ގެންނަ ތަރައްގީ އަކީ މި ތަނުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން. ފާހާނާ އާއި ފެނާއި ނަރުދަމާގެ ނިޒާމު ނިމެމުން އެ ދަނީ. މަގުތައް ހެދެމުން އެ ދަނީ. ބަނދަރުތައް ހެދެމުން އެ ދަނީ. އެއާޕޯޓް ތަރައްގީ ވަމުން އެ ދަނީ. ޓޫރިޒަމް މި ތަނަށް ގެންނަނީ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"މިއީކީ ވެރިކަމެއް ބަދަލުވެެން މި ތަނުން އުފުރާލައިގެން ގެންދެވޭނެ އެއްޗެއް ނޫން. އެހެންވީމާ އައްޑޫ ސިޓީގެ ތަރައްގީއަށްޓަކައި އަޅުގަނޑުމެން މި ފެށި މަސައްކަތް ނިންމުމަށްޓަކައި ތިޔަބޭފުޅުންގެ ތާއީދު އަޅުގަނޑު ވަރަށް ބޮޑަށް ބޭނުން."

ހިތަދޫގެ މެދު ދާއިރާގެ ބައެއް މެމްބަރުންނާއެކު ރައީސް މިއަދު ބޭއްވެވި ކެމްޕެއިން ބަދަލުވުމުގައި އެ މަނިކުފާނުގެ ކެމްޕެއިންގެ ބައެއް އިސް މެމްބަރުން އަދި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން.

ހިތަދޫގެ މެދު ދާއިރާގެ ބައެއް މެމްބަރުންނާއެކު ރައީސް މިއަދު ބޭއްވެވި ކެމްޕެއިން ބަދަލުވުމުގައި އެ މަނިކުފާނުގެ ކެމްޕެއިންގެ ބައެއް އިސް މެމްބަރުން އަދި އައްޑޫ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން.

ރައީސް ވިދާޅުވިގޮތުގައި މުޅި ރާއްޖެ ތަރައްގީ ކުރަން ވެސް އެ މަނިކުފާނަށް އައްޑޫގެ މީހުންގެ ތާއީދު ބޭނުންވެ އެވެ.

އެ މަނިކުފާނު ވިދާޅުވީ އައްޑޫން ލިބޭ ތާއީދު ބޭކާރު ނުވާނެ ކަމަށެވެ.

"އަދި އަޅުގަނޑުމެން އެކުލަވައިލާ ސަރުކާރުގައި މި ސިޓީގެ ހިއްސާ ބޮޑުކޮށް ފެނިގެންދާނެ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.