Roadha Mihaaru
އައްޑުއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް: ރައީސް

އައްޑުއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބު ކަމަށް ވިދާޅުވެ، ރައީސްގެ ތައުރީފު އޮއްސާލައިފި

13 ޖެނުއަރީ 2023

ރާއްޖޭގެ ތަރައްގީގެ އެންމެ އިސް ސަފުގައި އަބަދުވެސް ތިބީ އައްޑޫގެ މީހުން ކަމަށާއި އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވެސް އައްޑޫގެ މީހުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައުރީފު މިއަދު އޮއްސާލައްވައިފި އެވެ،

އަހުމަދު ހަމްދޫން ސ. ފޭދޫން އަހުމަދު ހަމްދޫން

ރާއްޖޭގެ ތަރައްގީގެ އެންމެ އިސް ސަފުގައި އަބަދުވެސް ތިބީ އައްޑޫގެ މީހުން ކަމަށާއި އެމްޑީޕީ ދެމިއޮތުމުގެ މައިގަނޑު ސަބަބަކީ ވެސް އައްޑޫގެ މީހުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތައުރީފު މިއަދު އޮއްސާލައްވައިފި އެވެ،

"މި ޕާޓީ ވުޖޫދުވެގެން އައި އިރުގައި އައްޑޫ ސިޓީގެ ރައްޔިތުން ވީ ގުރުބާނީ އަޅުގަނޑު ހަނދާން އެބަހުރި. މިއަދު ވެސް އައްޑޫ ސިޓީގެ މެމްބަރުން ތިބީ މި ޕާޓީއާ އެކީގައި އެ ގޮތުގައި،" މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް މިއަދު ހަވީރު ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ފޭދޫގައި ބޭއްވި ޖަލްސާގައި އެ ރައީސް ވިދާޅުވި އެވެ.

ރައީސް ވަރަށް ސާފުކޮށް ވިދާޅުވީ، އައްޑޫގެ މީހުން ނެތި އެމްޑީޕީ ދެމިނޯންނާނެ ކަމަށެވެ.

"މިއަދުގެ، މި ވަގުތުގެ ހާލަތަށް ބަލާއިރު ކުރިއަށް މި އޮތް ޕްރައިމަރީގައި އެއް ދާއިރާއަކުން އެއް ރަށަކުން އެންމެ ގިނަ ބަޔަކު ވޯޓުލަނީ އައްޑޫ ސިޓީން. މިކަމުން އެކަނި ވެސް އައްޑޫ ސިޓީ އާއި އެމްޑީޕީ އާއި އިސްލާހީ މަސައްކަތާ އޮތް ގުޅުން ވަރަށް ބޮޑަށް ސާފުވެގެންދޭ،" އެމްޑީޕީގެ އެންމެ އިސް ލީޑަރު ވިދާލުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން އެމްޑީޕީގެ ސަޕޯޓަރަކާއެކު ސެލްފީއެއް ނަންގަވަނީ.

ރައީސް ވިދާޅުވިގޮތުގައި، ރާއްޖެ އަށް އަންނަ ކޮންމެ ހެޔޮ ބަދަލެއްގެ ފާހަގަ ފުރަތަމަ ޖެހެން ޖެހޭ ތަނަކީ ވެސް އައްޑު އެވެ.

"އައްޑޫ ސިޓީ ތަރައްގީ ނުވެ މި ރާއްޖެ ތަރައްގީއެއް ނުވާނެ. އައްޑޫ ރައްޔިތުންނަކީ ސިޔާސީ ވިސްނުމާއި ތަރައްގީގެ ވިސްނުން ވަރަށް ފުޅާ ދާއިރާއެއްގައި އޮތް ބައެއް. މިއީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އައްޑޫގެ ތަރައްގީގެ ޕްލޭން އެކުލަވައިލީ އައްޑޫ މީހުން ކަމަށެވެ. ރައީސް ވިދާޅުވީ، 2018 ގެ ކެމްޕެއިންގެ ފަހު ޖަލްސާގައި އައްޑޫގައި ވިދާޅުވި ފަދައިން އައްޑޫގެ ޕްލޭން ތަންފީޒު ކުރަމުން އަންނަ ކަމަށެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން ފޭދޫގައި ބައެއް ސަޕޯޓަރުންނާއެކު.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް މިއަދު އައްޑު އަށް ވަޑައިގެން ފޭދޫގައި ބައެއް ސަޕޯޓަރުންނާއެކު.

"ދެންމެ [މޭޔަރު] ނިޒާރު ވިދާޅުވި ފަދައިން މި ސިޓީގެ 100 ކިލޯގެ މަގު އެ ދަނީ ހެދެމުން. ފެން ހިންދާ ނިޒާމާއި ޕޭމަންޓާއެކުގައި ކުރިއާ ހިލާފަށް. މިއީ ލިންކް ރޯޑަށް ފަހު މި ސިޓީގައި ކުރެވޭ ތަރައްގީގެ އެންމެ ބޮޑު ޕްލޭން. މަސައްކަތް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި އައްޑު އަށް ބިން އިތުރުކޮށް، ޓޫރިޒަމްގެ ކަންކަން ފެތުރުމުގެ ކަންކަން ވެސް ކުރިއަށް ގެންދެ އެވެ. އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިގައިވާ ގަން އިންޓަނޭޝަނަލް އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ޓެކްނިކަލް އިވެލުއޭޝަން ނިމި މިހާރު އޮތީ ފައިނަލް އިވެލުއޭޝަންގައި ކަމަށެވެ. އެ މަސައްކަތް ލަސްތަކެއް ނުވެ ކުންފުންޏަކާ ހަވާލު ކުރާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އައްޑޫގައި ވަކިން އޮތް ތިން ރަށުގެ ބަނދަރު ނިމި، ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ވެސް އަންނަނީ ނިމެމުން ކަމަށެވެ. އެއާއެކު އައްޑޫގެ ކަރަންޓު ވިއުގަ މުޅިން ބަދަލުކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އައްޑޫގެ މީހުންނަށް ތަރައްގީގެ ވާހަކަ ދެެއްކެވެން ފެށޭވަރުވީ "އަދި ކިރިޔާ" އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އައްޑޫ ފޭދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ.

"އަޅުގަޑު އަބަދުވެސް ދަންނަވަން ތަރައްގީގެ ވާހަކަ ދައްކަން ފައްޓަން ވާނީ ގައިން ތާހިރު ވެގެން ތިބެގެންނޭ. އަދި ކިރިޔާ އައްޑޫ ސިޓީގެ ރައްޔިތުންނަށް ތަރައްގީގެ ވާހަކަ ކިރިޔާ ދައްކާލެވޭ ވަރުވީ. ކުރީގެ ސަރުކާރުތަކުން އެބަހުރި ޕްރޮޖެކްތައް ހިންގަން އުޅެފައި. މި ސިޓީގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ ނަމުގައި ކަންތައްތަކެއް ހިންގި. އެހެން ނަމަވެސް ކިހިނެއްތޯ ވީ؟ ކިތައް އަހަރު އަޅުގަނޑުމެން އެ ކަމުގައި އުޅެން ޖެހުނުތޯ؟،" އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވާދަވެރިޔާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އައްޑޫގައި ހިންގި ކަންކަމަށް ފާޑުވިދާޅުވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވިގޮތުގައި އެހެން ކަންކަން ދިމާވަނީ ޕްލޭނެއް ނެތި ކުއްލިކުއްލި އަށް ކަންކަން ކުރަން އުޅުމުންނެވެ.