މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ފެނިވަޑައިގަންނަވަނީ އެންމެ އާބާދީ ބޮޑު މާލެ އާއި އައްޑޫގެ އަޣުލަބިއްޔަތު އެ މަނިކުފާނަށް އޮތް ތަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
29 އޯގަސްޓް 2023
މި ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް މިހާތަނަށް ކުރެއްވި މަސައްކަތްތަކުން ފެނިވަޑައިގަންނަވަނީ އެންމެ އާބާދީ ބޮޑު މާލެ އާއި އައްޑޫގެ އަޣުލަބިއްޔަތު އެ މަނިކުފާނަށް އޮތް ތަން ކަމަށް އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ ތ. އާއި ލ. އަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅު ނިންމަވައިލެއްވުމުގެ ކުރިން ފޮނަދޫގައި މީޑިއާއާ ވާހަކަފުޅު ދައްކަވަމުންނެވެ.
ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އެ މަނިކުފާނަށް ހޯއްދެވޭނެ ޕަސެންޓް އެނގިވަޑައިގަންނަވާނީ އަދި ބައެއް ރަށްރަށާއި މާލޭގެ ގޭގެ އަށް ވަޑައިގެން ކުރައްވާ ކެމްޕެއިންތަކަށް ފަހު ކަމަށެވެ.
"އަދި އަޅުގަނޑު އައްޑޫ ސިޓީއަކަށް ނުދަން. ކުޅުދުއްފުއްޓަކަށް އަދި ނުދެވޭ. ޅ. އަތޮޅަކަށް ނުދެވޭ. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް 3-4 ދުވަހުގެ ތެރޭގައި އެ އަތޮޅުތަކަށް އަޅުގަނޑުމެން ދާނަން. ދެން މާލޭގައި އަދި އެބަޖެހޭ އަޅުގަނޑުގެ ޑޯ ޓު ޑޯ އާއި ބައެއް ހަރަކާތްތައް އެބަހުރި،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާުވި އެވެ.
އެ ކަމަކު އެ މަނިކުފާނު ވިދާޅުވީ، ބޮޑު އަޣުލަބިއްޔަތެއް އެމްޑީޕީ އަށް ލިބޭ ތަން މިހާރު ވެސް ފެނިވަޑައިގަންނަވާ ކަމަށެވެ.
އެމްޑީޕީ ދޫކުރައްވައި ޑިމޮކްރެސްޓް ޕާޓީއާ ގުޅިވަޑައިގެންނެވި، ރައްޔިތުންގެ މަޖިލިހުގެ ދެ މެމްބަރަކު ވަރަށް ފަހުން އެނބުރި އެމްޑީޕީ އަށް ސޮއިކުރެއްވިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ، އެ ބޭފުޅުންނަށް އަބަދުވެސް އެމްޑީޕީން ޖާގަ އޮންނާނެ ކަމަށެވެ.
"ކުރީގައި އެ ބޭފުޅުން ތިއްބެވި ހިސާބުގައި އެ ބޭފުޅުންނަށް ތިއްބެވޭނެ އަޅުގަނޑުމެންނާ ގުޅިވަޑައިގަތީމާ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި އެމްޑީޕީ ދޫކޮށް ދިޔައި މަދު ބައެކެވެ. އެކަމަކު އަދިވެސް އެނބުރި އައިސް "އެ ބޭފުޅުންގެ އެމްޑީޕީގައި އެ ބޭފުޅުންނަށް ތިއްބެވޭނެ" ކަމަށް ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
"އައްޑުއަށް ވަށައިޖެހޭ ތަރައްގީއެއް ގެންނަވަނީ ރައީސް"
އެމްޑީއޭގެ ނިންމުން ރަނގަޅު ނޫންކަން ފެންނާނެ: ރައީސް
ރައީސް މާލޭގައި ކޮންމެ ދުވަހަކު ދޮރުންދޮރަށް ހިންގަވަނީ
އައްޑޫ ހިމެނޭ ޒައާމަތެއް ހޮވާނެކަން ކަށަވަރު: ރައީސް
އެއްބުރުން އިންތިހާބު ނަގަން ގިޔަރު މަތިކޮށްލާ: ރައީސް
ތާރީހީ، އެންމެ ހޫނު މަރުހަބާ: "އައްޑޫ ރައީސާ އެކު"
މާލޭ މަގުތަކުގައި ހުރި ހޮޅިތައް އަޑިއަށްލާނަން: ރައީސް
އަސްލަމްގެ ފުރަތަމަ ދަތުރުން އައްޑޫ ގުގުމާލައިފި
ރައީސަށް، އައްޑޫން މި ފަހަރު ތަފާތު ދައްކާލައިފި