Roadha Mihaaru
ރައީސް މާލޭގައި ކޮންމެ ދުވަހަކު ދޮރުންދޮރަށް ހިންގަވަނީ

ރައީސް، މާލޭގައި ކޮންމެ ދުވަހަކު ދޮރުންދޮރަށް ހިންގަވަނީ

17 ސެޕްޓެމްބަރ 2023

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަން ނިންމަވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މި މަހުގެ 30 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް ތާއީދު ހޯދުމުގެ ގޮތުން އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދުން ފެށިގެން ކޮންމެ ދުވަހަކު މާލޭގެ ގެތަކަށް ވަޑައިގެން ކެމްޕެއިން ކުރައްވަން ނިންމަވައިފި އެވެ.

މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި 86،161 ވޯޓާ އެކު ދެ ވަނަ ބުރަށް ދަތުރު ކުރެއްވި ދެވަނަ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހަވީރު ވަނީ މައްޗަންގޮޅި އުތުރު ދާއިރާގެ ގޭގެ އަށް ވަޑައިގެން ކެމްޕެއިން ކުރައްވައިފަ އެވެ.

"މީގެ ފަހުން ކޮންމެ ދުވަހެއްގެ ހަވީރު މާލޭގައި އެ މަނިކުފާނު ދޮރުންދޮރަށް ހިންގަވާނެ. ހާއްސަ ކަމެއް ނެތިއްޔާ ނޫނީ މާލެ އިން ބޭރަށް ވަަޑައިގަންނަވަން ނެތިއްޔާ މާލޭގައި ރައީސް ދޮރުންދޮރަށް ހިންގަވާނެ،" ރައީސްގެ ކެމްޕެއިން ޓީމުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.

ދޮރުން ދޮރަށް ކެމްޕޭނުގައި ގެޔަކަށް ވަޑައިގެން އާއިލާއަކާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

ދޮރުން ދޮރަށް ކެމްޕޭނުގައި ގެޔަކަށް ވަޑައިގެން އާއިލާއަކާ ބައްދަލުކުރައްވަނީ. --ފޮޓޯ: އެމްޑީޕީ

އިންތިހާބުގެ ފުރަތަމަ ބުރުގައި ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މާލޭގެ މީހުންގެ ކައިރިއަށް ދޮރުންދޮރަށް ހިންގެވި އެވެ. ނަމަވެސް މިއީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެ މަނިކުފާނު މާލޭގައި ދޮރުންދޮރަށް ހިންގަވަން ފެއްޓެވި ފުރަތަމަ ފަހަރެވެ.

މިއަދުގެ "ދޮރުންދޮރަށް" ހަރަކާތުގައި ރައީސާ އެކު އެމްޑީޕީ މާލޭގެ ކޯޑިނޭޓަރު އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ބައެއް މިނިސްޓަރުންނާއި އެމްޑީއޭ އަދި އަދާލަތު ޕާޓީގެ އިސް ބޭފުޅުން ވެސް ބައިވެރިވެވަޑައިގަތެވެ.

ދޮރުން ދޮރަށް ކެމްޕޭނުގައި ގެޔަކަށް ވަޑައިގެން އެ ގޭގެ މީހުންނާއެކު ރައީސް.-- ފޮޓޯ: އެމްޑީޕީ

ދޮރުން ދޮރަށް ކެމްޕޭނުގައި ގެޔަކަށް ވަޑައިގެން އެ ގޭގެ މީހުންނާއެކު ރައީސް.-- ފޮޓޯ: އެމްޑީޕީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިތުރުން އެ މަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ވެސް ވަނީ ދެ ވަނަ ބުރުގައި "ދޮރުންދޮރަށް" ހަރަކާތްތަކެއް ފައްޓަވައިފަ އެވެ. އެ ކަމަނާ އިއްޔެ ވަޑައިގަތީ ވިލިމާލޭގެ ބައެއް ގެތަކަށެވެ. މިއަދު އުޅުއްވީ ހުޅުމާލެ 2 ގެ ހިޔާ ފްލެޓްތަކުގަ އެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރަށް އެއްވަނަ ކެންޑިޑޭޓުގެ ގޮތުގައި ދަތުރު ކުރެއްވީ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒެވެ. އޭނާ 101،635 ވޯޓު ހޯއްދެވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރުގައި މަދުން ވޯޓު ލިބިވަޑައިގަތުމުން ވަނީ އޭގެ ސަބަބުން ދަނެގަނެ ކެމްޕެއިން ވަރުގަދަ ކުރައްވައިފަ އެވެ.