16 ޖެނުއަރީ 2023
މާލޭގެ މީހުންނަށް ގޯތި ދޭ ނަމުގައި ސަރުކާރުން އުޅެނީ ދެކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ފެށި ގޮތަށް މާލޭގެ މީހުން ހާލުގައި ޖައްސަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
މާލޭގެ މީހުންނަށް ގޯތި ދޭ ނަމުގައި ސަރުކާރުން އުޅެނީ ދެކޮމަންޑޫ ގުޅުވާލުމުގެ މަސައްކަތް ފެށި ގޮތަށް މާލޭގެ މީހުން ހާލުގައި ޖައްސަން ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރައީސް ނަޝީދު އެ ކަމަށް ފާޑުވިދާޅުވީ، މި މަހުގެ 28 ގައި ބާއްވާ އެ ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ހެންވޭރުގައި އެ މަނިކުފާނުގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.
ނަޝީދު ވިދާޅުވީ، ދެކޮމަންޑޫ ގުޅުވައިދޭނެ ކަމަށް ސަރުކާރުގެ އެދުމުގެ މަތިން ކޮމަންޑޫގައި ހުންނަވައިގެން އެ މަނިކުފާނު އިއުލާން ކުރެއްވި ނަމަވެސް ފަހުން ލިބުނީ "ބޮނޑިއެއް" ކަމަށެވެ.
"ރަނގަޅަށް ވޯޓުލައި ނުނިމޭ، ޖައްރާފު ގެންގޮސްފި. މިހާރު އެޅި ވެލިކޮޅު ހިނގައްޖެ،" ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ދުވަސްވަރު ހިނގި އެ ކަމާ ގުޅޭ ގޮތުން އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މާލޭގެ މީހުންނަށް "އެ ދަތުރު" ޖެއްސުމަށެވެ.
"މާލޭގެ ބައެއް ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެމްބަރުން ގޭގެ އަށް ވަޑައިގެން މި ދޮގު ހަދަމުން ގެންދޭ،" އެ މަނިކުފާނު ވިދާލުވި އެވެ.
ކޮމަންޑު އާއި އެ ރަށާ އެއް ފަޅެއްގެ ތެރޭގައި އޮންނަ ފަޅު ރަށް، މަތި ކޮމަންޑޫ ގުޅައިލުމަށް ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފެށީ އެ މަހު ފެށި އެ ދާއިރާގެ ބައި އިލެކްޝަނަށް ހަފުތާއެއް ވެފައި ވަނިކޮށެވެ.
އެމްޓީސީސީން މިދިޔަ އަހަރުގެ ޖެނުއަރީ 31 ގައި ބުނެފައި ވަނީ ދެ ކޮމަންޑޫ ގުޅައިލުމުގެ މަޝްރޫއުގެ ދަށުން 16.7 ހެކްޓަރުގެ ބިން ހިއްކުމަށް ބޭނުންވާ ވެލި ނެގުމުގެ ހުއްދަ އީޕީއޭ އިން ދިނުމާ ގުޅިގެން، މަހާ ޖައްރާފަށް ވެލި ބަރުކޮށްގެން އެ ރަށަށް އޭރު ގެންގޮސްފައިވާ ކަމަށެވެ. އަދި ޖެނުއަރީ 30 ވަނަ ދުވަހުގެ ރޭ ބިން ހިއްކުމުގެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
ދައުލަތުގެ ބަޖެޓުން 249 މިލިއަނަށް ވުރެ ގިިނަ ރުފިޔާ ހަރަދު ކުރާ އެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ މިދިޔަ އަހަރުގެ ޖެނުއަރީ 12 ގައި ހަވާލުކުރީ ދެ އަހަރުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ. އެކަމަކު، އޭގެ ފަހުން އަމަލީ މަސައްކަތްތައް ވަނީ މަޑުޖެހިފަ އެވެ.
ނަޝީދު މިރޭ ވިދާޅުވީ މާލޭގެ މީހުންނަށް ގޯތި ދޭނެ ކަމަށް ސަރުކާރުން ބުންޏަސް އެކަމަށް އެއްވެސް ޕްލޭނެއް ނެތް ކަމަށެވެ.
"ސަރުކާރުން މި ދައްކަވަނީ ހަމަ ހުސް ވާހަކަ. މާލެ އިން މާލެ މީހުންނަށް ގޯތިން ދެނީ ކޮންތާކުންތޯ؟ ޗާޓު އަޅުގަނޑުމެންނަށް ފެނިފައެއް ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވިގޮތުގައި، މާލެ އިން ގޯތި ދޭނެ ކަމަށް ބުނެ ސަރުކާރުން ވާހަކަ ދައްކަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއާ ދިމާކޮށެވެ.
މާލޭގެ މީހުންނަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކުރުމަށް ކުރަން ޖެހޭ ކަމަކީ އަހަރެއްގެ ތެރޭގައި އެއް ބުރީގެ ވަރަށް އާދައިގެ ގެތަކެއް އެޅުން ކަމަށް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު މީގެ ކުރިންވެސް ވަނީ ބޯހިޔާވަހިކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވައިފަ އެވެ.
މާލޭގެ މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު މި އަހަރު މެދުތެރޭ ހިއްކާ ނިމެނޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.
ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭގެ މީހުންނަށް ހުޅުމާލެއިންނާއި ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ އެވެ. އެއީ ހުޅުމާލެ އިން 1،000 އަދި ގުޅިފަޅާއި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ފަސްޖެހުމެއް ނެތް، ރައީސާ އެކު އެމްޑީޕީ ކާމިޔާބުކުރާނެ
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ
ގޮތްޕަކުން ރިޔާސީ ކެންޑިޑޭޓް ބަދަލު ނުކުރެވޭނެ: ޝަރީފް
ރިޔާސީ ކެންޑިޑޭޓާ ދެކޮޅަށް ނުކުތުން ގަވާއިދާ ހިލާފު!
ނަޝީދު ބަލި ގަބޫލުކޮށްފި، ބޭނުމީ ސިޔާސީ ވަކިހަރަކާތެއް
ޝިފާޒް ލަވަޔަކުން ވިދާޅުވީ "މަރުފަލިޖަހަނީ" ކަމަށް!
ޕާޓީއާ ނުބެހޭ މީހުން އިންތިހާބު ގަޑުބަޑުކުރަން އުޅުނު: އެމްޑީޕީ
ތާރީހު ބަދަލުކޮށްލި ނަތީޖާ: ނަޝީދު ހަދާނީ ކިހިނެއް؟