16 ފެބުރުއަރީ 2023
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް މެމްބަރުން ހޮވި ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދޭން ކުރަން ޖެހުނު ކޮންމެ ކަމެއް އެ ޕާޓީން ކުރާނެ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުއްޓަސް މެމްބަރުން ހޮވި ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިންތިހާބު ކާމިޔާބުކޮށްދޭން ކުރަން ޖެހުނު ކޮންމެ ކަމެއް އެ ޕާޓީން ކުރާނެ ކަމަށް ޗެއާޕާސަން ފައްޔާޒް އިސްމާއިލް ރޭ ވިދާޅުވެއްޖެ އެވެ.
މިދިޔަ މަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވާދަކުރެއްވި، އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދުގެ ޓީމުން ނަތީޖާ ގަބޫލެއް ނުކުރެ އެވެ. ރިޔާސީ ޓިކެޓް ހަވާލުކުރުން ހުއްޓުވައި ޕްރައިމަރީ އަލުން ބާއްވައި ދޭން އެ ޓީމުން ސިވިލް ކޯޓަށް ވަނީ މައްސަލައެއް ހުށަހަޅައިފަ އެވެ.
އެ ކަން ހިނގާފައި ވަނިކޮށް އެމްޑީޕީން ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލައްވަމުން ފައްޔާޒް ވިދާޅުވީ، އިންތިހާބުގެ ނަތީޖާއާ ގުޅިގެން ޕާޓީގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް އެބަހުރި ކަމަށެވެ. އެކަމާ ހިތާމަކުރައްވާ ކަމަށާއި އެމްޑީޕީގެ ތެރޭގައި ކަންކަން ނިންމަމުން އަންނަނީ ޕާޓީން ވަކާލާތުކުރާ ޑިމޮކްރެޓިކް އުސޫލްތަކުގެ ތެރޭގައި ކަމަށް ވިދާޅުވި އެވެ.
މި ޕާޓީގެ ކެންޑިޑޭޓް ހޮވުމަށްޓަކައި މި ޕާޓީ އެކަނި ކުރިމަތިލިޔަސް އަދި ދިވެހިރާއްޖޭގައި ދެން ތިބި ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވިޔަސް އިރާދަކުރެއްވިއްޔާ 2023 ސެޕްޓެމްބަރު މަހު އަޅުގަނޑުމެންގެ ކެންޑިޑޭޓް ކާމިޔާބުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނަން. -- ފައްޔާޒް
"އަޅުގަނޑުމެން އެންމެން ވަކާލާތުކުރި ކަންތައް ތަންފީޒުވެގެން މި ދަނީ. ދާއިރުގައި ނަތީޖާ އަށް އަންނަ ބަދަލަކާ ގުޅިގެން ހިތްހަމަނުޖެހުމަކީ އިންސާނީ ތޮބީއަތުގައި ހުންނަ ކަމެއް،" ފައްޔާޒް ވިދާޅުވި އެވެ.
އެމްޑީޕީގެ ކޮންގްރެސްގައި ހިނގި މަޝްވަރާތަކަށް ފަހު ނަޝީދު، ފައްޔާޒްއާ ސަލާމްކުރައްވާ އިރު ރައީސް އަރިހުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
އޭނާ ވިދާޅުވި ގޮތުގައި، އެ ހިތްހަމަނުޖެހުން އޮތަސް ޕާޓީގެ ނިޒާމާއި ގަވާއިދުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދާނެ އެވެ. އެމްޑީޕީ ހަރުދަނާކުރަން ކުރަން ޖެހޭ ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ވެސް ފައްޔާޒް ވިދާޅުވި އެވެ.
"އަދި މި ޕާޓީގެ ކެންޑިޑޭޓް ހޮވުމަށްޓަކައި މި ޕާޓީ އެކަނި ކުރިމަތިލިޔަސް އަދި ދިވެހިރާއްޖޭގައި ދެން ތިބި ހުރިހާ ސިޔާސީ ޕާޓީއަކާ އެކުގައި ވިޔަސް އިރާދަކުރެއްވިއްޔާ 2023 ސެޕްޓެމްބަރު މަހު އަޅުގަނޑުމެންގެ ކެންޑިޑޭޓް ކާމިޔާބުކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.
"އެއްވެސް ގޮތަކަށް ފަހަތަށް ޖެހުމެއް ނެތް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ފެންނަނީ ފަސޭހަކަމާ އެކުގައި އަޅުގަނޑުމެންނަށް މިކަންވާ ތަން."
ފައްޔާޒް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ކޯލިޝަން ހަދަން ޕާޓީތަކާ އެކު މަޝްވަރާކުރުމުގެ ބާރު ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިިހަށް ގައުމީ މަޖިލީހަށް ދިނުމަކީ އިތުރަށް ޕާޓީއަށް އިންތިހާބު ކާމިޔާބުކުރަން ފަސޭހަވާނެ ކަމެކެވެ.
ރިޔާސީ ޕްރައިމަރީގައި ނަޝީދުގެ މައްޗަށް ރައީސް ކުރި ހޯއްދެވީ 61 ޕަސެންޓުންނެވެ. އެ ނަތީޖާ ނުކުތީ ޕާޓީން 39،000 މެމްބަރުން އުނިކޮށް ޕްރައިމަރީ ބޭއްވުމުން ކަމަށް ވިދާޅުވެ ނަޝީދު ވަނީ އިންތިހާބުގައި ރައީސަށް ތާއީދު ނުކުރަން ނިންމަވައިފަ އެވެ.
އެ މަނިކުފާނު ގެންދަވަނީ ފިކުރެއްގެ ދިރުންގެ ނަމުގައި ސިޔާސީ ހަރަކާތެއް ހިންގަމުންނެވެ. އެ ގޮފި އުފެއްދުމަށް ފަހު ފަހުން ރިޔާސީ ކެންޑިޑޭޓު ވެސް ނިންމާނެ ކަމަށް ނަޝީދު ވަނީ އިއުލާންކުރައްވައިފަ އެވެ.
"ބިރުދެއްކެވިޔަސް ނަޝީދު އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން"
ނަޝީދުގެ ކެމްޕޭން ޓީމުގެ ތުހުމަތު: ވަގު ވޯޓު އެޅި!
ފުރިބާރުވެފައި އޮތް މަންޒަރުން ރައީސް ދެއްކެވީ ނަތީޖާ
"ދެވަނަ ބުރުގައި ނަޝީދާއެކު ނުފެންނަ ގޮތެއް ނުފެނޭ"
ރައީސް ނަޝީދު ބާކީނުވެ ގުޅިވަޑައިގަންނަވާ: ފައްޔާޒް
އިންތިހާބާ ގުޅޭގޮތުން ރައީސާ ކުރާނެ މަޝްވަރާއެއް ނެތް
ކުރީގެ އަނިޔާތައް އެއް ބަޔަކު ހަނދާނެއް ނެތް:ފައްޔާޒް
ހިޔާލު ތަފާތު ވިޔަސް، މިއީ އެމްޑީޕީ އެކުވާންވީ ވަގުތު
ޕްރައިމަރީ ސައްހަ ނޫން ކަމަށް ކަނޑައަޅައިދޭން ކޯޓަށް
ގޮފި ހެދުމަކީ ކެންޑިޑޭޓާ ދެކޮޅު ވުމެއް ނޫން: އެމްޑީޕީ