11 ޖެނުއަރީ 2023
މާލޭގެ މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު މި އަހަރު މެދުތެރޭ ހިއްކާ ނިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
މާލޭގެ މީހުންނަށް ގޯތި ދޭން ކަނޑައަޅާފައިވާ މާލެ އަތޮޅު ގިރާވަރު ފަޅު މި އަހަރު މެދުތެރޭ ހިއްކާ ނިމެނޭ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ކުރިން އިއުލާން ކޮށްފައިވާ ގޮތުގައި މާލޭ ރައްޔިތުންނަށް ހުޅުމާލެއިންނާއި ގުޅިފަޅުންނާއި ގިރާވަރު ފަޅު ހިއްކައިގެން 5،000 ގޯތި ދޭނެ އެވެ. އެއީ ހުޅުމާލެއިން 1،000، ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ކޮންމެ ތަނަކުން 2،000 ގޯއްޗެވެ.
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން މާލެ ރައްޔިތުންނާ އެކު ރޭ ބޭއްވި ބައްދަލުވުމުގައި ރައީސް ވިދާޅުވީ ގުޅިފަޅުގެ އެއްބައި ހިއްކާ ނިންމާފައިވާ ކަމަށާއި ދެވަނަ ބައި ހިއްކުމަށްޓަކައި ބޮސްކާލިސް ކުންފުންޏާ އެކު އިއްޔެ ފަހުގެ ނިންމުންތައް ނިންމަވާނެ ކަމަށެވެ.
"ގިރާވަރު ފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ވެސް ނިމެމުންދާތަން ތިބޭފުޅުންނަށް މި އަހަރު މެދު ތެރޭގައި ފެނިގެން ދާނެ،" ރައީސް ވިދާޅުވި އެވެ.
ސަރުކާރުން މީގެ ކުރިން ވަނީ ގިރާވަރު ފަޅު ހިއްކައިގެން އެ ތަން ސިޓީއަކަށް ހަދަން ބޭނުންވާ ފައިސާ ހޯދަން އިންވެސްޓަރުންނަށް ހުޅުވާލައިފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ޕްރައިމަރީގެ ކެމްޕޭނުގައި ރޭ މާލޭ ރައްޔިތުންނާ ބައްދަލުކުރައްވަނީ. -- ފޮޓޯ: ނިޝާން އަލީ/މިހާރު
އެކަމާ ގުޅޭ ގޮތުން ރައީސް ވަނީ ރެޒިޑެންޝަލް ސިޓީއެއްގެ ގޮތުގައި ގިރާވަރު ފަޅު ތަރައްގީ ކުރަން ގަރާރެއް ވެސް ނެރެފަ އެވެ.
އެ ގަރާރުގައިވާ ގޮތުން ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލްކުރަން ބޭނުންވާ އިގްތިސާދީ ސިޔާސަތެއްގެ ދަށުން ހިންގަން ކަނޑައަޅާފައިވާ އެ މަޝްރޫއަށް އެންމެ ދަށްކޮށް ހަރަދު ކުރެވޭނެ އަގަކީ ފަސް މިލިއަން ޑޮލަރު (77 މިލިއަން ރުފިޔާ) އެވެ.
އޭގެ ފަހުން އެ މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް ސަރުކާރުން ނުދެ އެވެ.
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
"ސަރުކާރުން އުޅެނީ ކޮމަންޑުއަށް ޖެއްސި ހާލު ޖައްސަން"
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
"ބޯހިޔާވަހިކަމުން މާލޭ އެއްވެސް ރައްޔިތެއް ބާކީނުވާނެ"
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
ވެރިކަން ނިމުމުގެ ކުރިން ފްލެޓުތަކަށް މީހުން ވަންނާނެ
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި
ހައުސިން ބޭންކެއް ހަދައި ލުއި ލޯނު ދޫކުރާނަން: ރައީސް
ވިނަރެސްގެ ކުއްޔާއި ޑައުންޕޭމަންޓް ކުޑަކުރާނަން: ރައީސް