20 ސެޕްޓެމްބަރ 2023
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އަޅާފައިވާ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓްގެ ގޮތުގައި ސަރުކާރުން ކަނޑައެޅި އަދަދު ބޮޑު ކަމުގެ ޝަކުވާ ލިބޭތީ އެ އަގު ކުޑަކޮށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިރޭ ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިންގައި މިރޭ ގަލޮޅު ކަންމަތީ ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ ވިނަރެސް ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓާ ގުޅޭ ގޮތުން އެ މަނިކުފާނާ ހަމައަށް ޝަކުވާތައް ލިބެމުންދާ ކަމަށެވެ. އެ ޝަކުވާއަށް ވަރަށް އަވަހަށް ހައްލެއް ގެނެސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވި އެވެ.
"އެއަށް ލަސްތަކެއް ނުވެ ބަދަލުތަކެއް ގެނެސް ޑައުންޕޭމަންޓް ކުޑަކޮށް ކުއްޔަށް ގެނެވޭނެ ހެޔޮ ބަދަލެއް ގެނެސްދޭނަން، އެކަން ވެސް އަޅުގަނޑުމެން އިއުލާން ކުރާނަން،" ރައީސް ވިދާޅުވި އެވެ.
ހަމަ އެގޮތަށް އެމްޕީއެލްގެ ފްލެޓްތަކުގެ ކުއްޔާއި ޑައުންޕޭމަންޓަށް ވެސް ހެޔޮ ބަދަލު ގެންނަން ނިންމާފައިވާ ކަމަށާއި އެކަން ވެސް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ހައުސިންގެ އެހެން މަޝްރޫއުތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ ކަސްޓަމްސްގެ މުވައްޒަފުންނަށް ހާއްސަކޮށް ދޭ ފްލެޓްތަކުގެ ލިސްޓް މިއަދު ހަވާލުކޮށްފައިވާނެ ކަމަށެވެ. އަދި ވަރަށް އަވަހަށް ގައުމީ ޔުނިވާސިޓީ އާއި ކަރެކްޝަނަލް ސާވިސްގެ މުވައްޒަފުންނަށް ހާއްސަކުރާ ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ވެސް ނެރޭނެ ކަމަށް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލޭ ރައްޔިތުންނަށް ހާއްސަކޮށް 16،000 ފްލެޓް އެޅުމުގެ މަސައްކަތް އަންނަ ދައުރުގައި ނިންމާނެ އެވެ. މިހާރު 4،000 ފްލެޓްގެ މަސައްކަތް ކުރިއަށްދާއިރު 4،000 ފްލެޓް އަޅަން ސޮއިކޮށްފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. ބާކީ ބައި އަންނަ ދައުރުގައި ނިމި، ބޯހިޔާވަހިކަމަށް ދާއިމީ ހައްލެއް ގެނެސްދޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
މާލޭގެ ރަށްވެހިންނަށް 19،000 ގޯތި މިހާރު ވެސް ދޫކޮށްފައިވާކަން ފާހަގަ ކުރައްވަމުން ރައީސް ވަނީ މާލޭގައި ދިރިއުޅޭތާ 20 އަހަރުވީ އެންމެންނަށް ހާއްސަކޮށް އާ ހައުސިން ސްކީމެއް ތައާރަފްކުރަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވެފަ އެވެ.
"އެބަ އުޅޭ 20 އަހަރު، 35 އަހަރު މާލޭގައި ދިރިއުޅޭތާ ވެފައިވާ މީހުން. އަޅުގަނޑު ވެސް މި މާލޭގައި އުޅޭތާ 50 އަހަރުވީ. އަޅުގަނޑުމެންގެ ސިޔާސަތުތައް އޮތް ގޮތުން މިހާރު މިފަދަ މީހުންނަށް ގޯއްޗެއް ނުލިބޭ. ރަށުގައި ދިރިނޫޅޭތީ ރަށުން ވެސް ގޯއްޗެއް ހޯދަން ހުރަސްތައް އެބަހުރި. އެހެންވީމަ އަޅުގަނޑުމެން މި އިއުލާން ކުރަނީ އާ ހައުސިން ސްކީމެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި މާލޭގެ ދަފްތަރުގައި ޖެހި 20 އަހަރުވީ މީހުންނާއި މާލޭގައި ދިރިއުޅޭތާ 20 އަހަރުވެފައިވާކަން ސާބިތުކޮށްދެވޭ ކޮންމެ މީހަކަށް ވެސް މި ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓަށް އެދެވޭނެ އެވެ.
"މި ސިޔާސަތުތައް ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އެވަނީ ކަނޑައަޅާފައި. މާލޭ ރަށްވެހިންނާއި މާލެ އަށް ހިޖުރަކޮށްގެން ތިބި މީހުންނަށް ދާއިމީ ހައްލެއް މި ސިޔާސަތުން ގެނެސްދޭނަން،" ރައީސް ވިދާޅުވި އެވެ.
ނޮވެމްބަރު 5 ގެ ކުރިން ބިމުގެ ރަޖިސްޓްރީ ހަވާލުކުރާނެ
ވަކިވެ، ސިންގަލް އެޕްލިކެންޓެއް ގޮތަށް ކުރިމަތިލެވޭނެ
އުތުރު ތިލަފަޅުން ގޯތި ދޭން ރައީސް ނިންމަވައިފި
ހައުސިން ބޭންކެއް ހަދައި ލުއި ލޯނު ދޫކުރާނަން: ރައީސް
"މާލޭގައި 20 އަހަރުވުމުން ގޯއްޗާއި ފްލެޓް ދޭނަން"
ސަރުކާރުގެ ފްލެޓް ކޮންޓްރޯލް އަގެއްގައި ކުއްޔަށް ދެވޭނެ
ހާލުގައި އުޅޭ މީހުން ހިލޭ ދިރިއުޅެން ތަނެއް ދައްކާނަން
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
ވެރިކަން ނިމުމުގެ ކުރިން ފްލެޓުތަކަށް މީހުން ވަންނާނެ
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް