27 ސެޕްޓެމްބަރ 2023
އަދާލަތު ޕާޓީން ނުކުމެ ތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އަދާލަތު ޕާޓީން ނުކުމެ ތިބީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު ކަމަށް، އެ ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރިޔާސީ އިންތިހާބަށް ރައީސާ އެކު ކޯލިޝަން ހެދި ދެ ޕާޓީގެ ތެރެއިން އެމްޑީއޭ އިން އެ ކޯލިޝަނުން ވަކިވާން ނިންމައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒަށް ތާއިދުކުރަން ރޭ ނިންމުމާ ގުޅިގެންނެވެ.
މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަހުމަދު ތޯރިގް (ޓޮމް) ކުރެއްވި ޓްވީޓަކަށް ރައްދު ދެއްވަމުން އިމްރާން ވިދާޅުވީ، އެ ބޭފުޅުން ނުކުމެ ތިއްބެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ އެކު މި ގައުމާއި ރައްޔިތުންގެ ހައްގުގައި ކަމަށެވެ.
މި އިންތިހާބުގައި އިދިކޮޅު ކޯލިޝަން ފެންނަނީ ގައުމާއި ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގައި ކަމަށް ވިދާޅުވެ، އިމްރާން ވަނީ އެ އިންތިހާބު އެމްޑީޕީ އަދި އަދާލަތު ކޯލިޝަނުން ކާމިޔާބުކުރާނެ ކަމަށެވެ.
މަނިކުފާނަށް ހުވަފެނެއް ފެނިގެންތޯ ތިއުޅުއްވަނީ!؟
— Imran Abdulla (@ShimranAb) September 27, 2023
ރައީސް އިބޫއާއެކު ނިކުމެމިތިބީ މިގައުމާ ރައްޔިތުންގެ ހައްގުގައި.
މި އިންތިޚާބުގަ ތިބޭފުޅުން ފެންނަނީ ގައުމާ ރައްޔިތުންނަށް ހުރި ބިރުވެރި ނުރައްކަލެއްގެ ގޮތުގަ. މާތްاللهގެ ވާގިފުޅާއެކު މި އިންތިޚާބު އަޅުގަނޑުމެން ކާމިޔާބުކުރާނަން https://t.co/43udHecLYK
ތޯރިގު ކުރެއްވި ޓްވީޓުގައި ވިދާޅުވީ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދަށް ވިސްނިވަޑައިގަންނަވާ ކަމަށެވެ. އިމްރާން ވެސް، މުއިއްޒަށް ގުޅުއްވަން އުޅުއްވާ ޚަބަރުތައް ލިބޭ ކަމަށާއި އެކަމަކު ސަރުކާރުން އަދާލަތު ޕާޓީއަށް އެއްވެސް ޕަސެންޓެއް ދެވޭކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަންނަންޏާ އާދޭ، ކުރާ މަސައްކަތަށް ކޮންމެސް އުޖޫރައެއް ލިބިދާނެ ތޯއްޗެވެ." ތޯރިގް ވިދާޅުވި އެވެ.
އެމްޑީއޭ ކައުންސިލުން ރޭ ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޑެޕިއުޓީ ލީޑަރު އަލީ މައުރޫފް ވިދާޅުވީ، އިންތިހާބުގެ ދެ ވަނަ ބުރުގައި އެމްޑީއޭ އިން އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ޕާޓީގެ ލީޑަރު ސިޔާމް ހުށަހެޅުއްވި ކަމަށެވެ.
އެކަމަކު، އެ ހުށަހެޅުމަށް ލިބުނީ އަލީ މައުރޫފް ވިދާޅުވި ގޮތުގައި އެންމެ ދެ ވޯޓެވެ. ދެން ކައުންސިލް މެމްބަރު ޝުއައިބު އަލީ ހުށަހެޅުއްވީ އެމްޑީޕީއާ އެކު ހަދާފައިވާ ކޯލިޝަން ދެ ވަނަ ބުރުގައި ވެސް ދެމެހެއްޓުމަށެވެ. އެ ހުށަހެޅުމަށް ވެސް ލިބުނީ ދެ ވޯޓު ކަމަށް މައުރޫފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކައުންސިލްގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވި 97 ޕަސެންޓް މެމްބަރުން ވެސް ދެކެވަޑައިގަތީ ދެ ވަނަ ބުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ނާކާމިޔާބުވާނެ ކަން ކަަމަށެވެ.
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
ރައީސްގެ ސިޓީއަށް އަދާލަތު ޕާޓީން މިރޭ ގޮތް ނިންމަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ގާސިމް ގޮތް ނިންމާނީ މަސްލަހަތަށް ވިސްނާފައި: އިމްރާން
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން
ރިޔާސީ އިންތިހާބު: އަދާލަތު ޕާޓީގެ ތާއީދު ރައީސަށް
އަދާލަތު ޕާޓީން ނިންމީ އެމްޑީޕީއާއެކު މަޝްވަރާ ކުރަން!
ނަޝީދުގެ ބޭނުމަކީ އަމިއްލަ ފައިދާ ހޯދުން: އަދާލަތު