22 ފެބުރުއަރީ 2023
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން މިއަދު ނިންމައިފި އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބަށް ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ތިބުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން މިއަދު ނިންމައިފި އެވެ.
މި ސަރުކާރުގެ ކޯލިޝަންގައި މިހާރު ވެސް ތިބި އަދާލަތު ޕާޓީން އެ ގޮތަށް ނިންމީ، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާނަށް ތާއީދުކޮށް، ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަޝްވަރާ އަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު އެދިވަޑައިގަތުމުންނެވެ.
މި އިންތިހާބުގައި ކޯލިޝަން ހެދުމަށް، އަދާލަތު ޕާޓީގެ އިތުރުން މިހާރު ވެސް ސަރުކާރާއެކު ތިބި ސިޔާސީ އެހެން ޕާޓީތަކަށް ވެސް ރައީސް ދައުވަތު ފޮނުއްވި ނަމަވެސް އެންމެ ފުރަތަމަ ގޮތެއް ނިންމައި އެ މަނިކުފާނާއެކު ތިބޭނެ ކަމުގެ ޔަގީންކަން ދިނީ އަދާލަތު ޕާޓީންނެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން އަދާލަތު ޕާޓީން ނިންމި ގަރާރުގައިވާ ގޮތުން، އެ ގޮތަށް ނިންމީ އިސްލާމް ދީނުގެ ސައްހަ އަގީދާ ކުރިއަރުވައި ދެމެހެއްޓުމަށާއި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ހަރުދަނާކޮށް، ދިވެހިންގެ ދީނީ އެއްބައިވަންތަކަން ނެގެހެއްޓުމަށެވެ.
އޭގެ އިތުރުން ވެސް އެ ޕާޓީން ބެލި ގިނަ ކަންތައްތަކެއް ގަރާރުގައި ބަޔާން ކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ރައްކާތެރި ކުރުމާއި ދިވެހި ދައުލަތުގެ ސިޔާދަތީ ބާރާއި ސުލްހަ މަސަލަސްކަން ދަމަހައްޓައި، ދިވެހިންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ގާއިމްކުރުން ހިމެނެ އެވެ.
ގަރާރުގައި ބުނާގޮތުން، މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރަން އަދާލަތު ޕާޓީން ނިންމި އެއް ސަބަބަކީ މެނިފެސްޓޯ އެކުލަވައިލާއިރުގައި، އިސްލާމީ އުސޫލުތަކާއި ހަމަތަކާއި ދެފުށް ފެންނަ ލާމަރުކަޒީ އުސޫލުތަކަށާއި އާއިލާތަކުގެ ދުޅަހެޔޮކަމާއި އިޖުތިމާއީ އަދާލަތު ގާއިމްކުރުމަށް އިސްކަން ދިނުމަށާއި މެނިފެސްޓޯ އެކުލަވައިލުމުގައި އެ ޕާޓީގެ ބައިވެރިވުން ފުރިހަމަ އަށް ހޯދުމަށް އެއްބަސްވެފައިވާތީ އެވެ.
".... ވޭތުވެދިޔަ ތަނުގައި ތަފާތު އެކި ސިޔާސީ ޕާޓީތަކާއެކު އަދާލަތު ޕާޓީ އަށް ކުރެވިފައިވާ ތަޖުރިބާ އާއި އެކި ސަރުކާރުތަކުގައި އަދާލަތު ޕާޓީގެ ސިޔާސަތުތައް ތަންފީޒު ކުރަން ލިބުނު ފުރުސަތުތަކަށާއި ދިވެހިރާއްޖޭގެ ސިޔާސީ މާހައުލު މި ވަގުތު އޮތް ގޮތަށް ރިއާޔަތްކުރާ ހިނދު މި ވަގުތުގެ ހާލަތުގައި، މާތްވެގެންވާ އިސްލާމްދީނާއި ދިވެހި ގައުމާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ވެސް އަދި އެ މަސްލަހަތު ހިމާޔަތްކުރުމަށްޓަކައި އެންމެ ފަހިކޮށް އަދާލަތު ޕާޓީ އަށް މަސައްކަތް ކުރެވެން އޮތީ ވެސް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހު އިންތިހާބު ކޮށްގެން ކަމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހަށް ފެންނާތީ، އަދާލަތު ޕާޓީގެ ދުސްތޫރުގެ 49.3 ވަނަ މާއްދާގައި ބަޔާންކުރާ އެއްބަސްވުން އެކުލަވާލުމަށް ފަހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލިހުން އިގުރާރު ވަމެވެ،" ގަރާރުގައި ވެ އެވެ.
މިިދިޔަ މަހުގެ 28 ގައި ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި އެ ޕާޓީގެ ރިޔާސީ ޓިކެޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދިނުމާއެކު، އެ މަނިކުފާނު ގެންދަވަނީ މި ރިޔާސީ އިންތިހާބަަށް ފުރަތަމަ ބުރުގައި އެހެން ޕާޓީތަކާއެކު އެމްޑީޕީން ކޯލިޝަން ހަދައިގެން އިންތިހާބު ކާމިޔާބު ކުރައްވަން މަސައްކަތްޕުޅު ކުރައްވަމުންނެވެ. އެހެންވެ، ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކާ މެދު އެ މަނިކުފާނު ނުވެސް ވިސްނަވަ އެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ނާކާމިޔާބުވުމަކީ ގޮތް ބަދަލުކުރަންޖެހޭ ކަމެއް ނޫން
އަދާލަތުން ކަމަކަށް އެއްބަސްވަނީ ވަރަށް ވިސްނުމަށްފަހު: އިމްރާން
އަދާލަތު ޕާޓީން ނިންމީ އެމްޑީޕީއާއެކު މަޝްވަރާ ކުރަން!
ރައީސްގެ ސިޓީއަށް އަދާލަތު ޕާޓީން މިރޭ ގޮތް ނިންމަނީ
އެކުގައި ވާދަކުރަން އެމްޑީޕީ-އަދާލަތު މަޝްވަރާއަށް
"އިދިކޮޅުން ވަނީ ދެކޮޅުނުޖެހޭ، ބަނގުރޫޓުވާނެ ވައުދު"
"ޖަލަށްލާނެ މީހުންގެ ލިސްޓެއް އިދިކޮޅުން ހަދައިފި"