19 ސެޕްޓެމްބަރ 2023
ރައްޔިތުންގެ ވޯޓު ލިބޭނެހެން ހީވާ ކޮންމެ ވާހަކައެއް ވައުދަކަށް ހަދައި ދައުލަތުގެ ހަރަދު އެތައް ގުނައެއް ބޮޑުވާނެ، ދެކޮޅު ނުޖެހޭ ގޮތަށް އިދިކޮޅުން އާއްމުކުރާ ސިޔާސަތުތަކުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އިޔާދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ ވޯޓު ލިބޭނެހެން ހީވާ ކޮންމެ ވާހަކައެއް ވައުދަކަށް ހަދައި ދައުލަތުގެ ހަރަދު އެތައް ގުނައެއް ބޮޑުވާނެ، ދެކޮޅު ނުޖެހޭ ގޮތަށް އިދިކޮޅުން އާއްމުކުރާ ސިޔާސަތުތަކުން ރާއްޖެ ބަނގުރޫޓުވެދާނެ ކަމަށް ވިދާޅުވެ ސަރުކާރު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ ނައިބު ރައީސް އިޔާދު ރޭ ފާޑުވިދާޅުވެއްޖެ އެވެ.
ކޯލިޝަންގެ ކެމްޕޭން ބައްދަލުވުމުގައި އިޔާދު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައިވާ ކޮންމެ ސިޔާސަތަކީ އަދި ކޮންމެ ވައުދަކީ ވެސް ހިސާބު ޖެހިގެން އެތައް ދިރާސާއަކުން އެކުލަވާލާފައިވާ ވައުދުތަކެއް ކަމަށެވެ.
"ނަމަވެސް އަޅުގަނޑުމެންގެ ވާދަވެރި ކެންޑިޑޭޓް ޑރ. މުއިއްޒުގެ ފަރާތުން މި ފެންނަނީ ވޯޓު ލިބޭނެހެން ހީވާ ހަމަ ކޮންމެ ވާހަކައެއް ވިދާޅުވަނީ އެއްވެސް ބަލާލުމެއް ނެތި. ދައުލަތުގެ އެތައް ހަރަދެއް ދެގުނަ ތިން ގުނަވެގެންދާނެ އެތައް ކަމެއް އެބަ ވިދާޅުވޭ," އިޔާދު ވިދާޅުވި އެވެ.
"ދައުލަތަށް އާމްދަނީ ލިބޭ އެތައް ކަމަކުން އާމްދަނީ އުނިވެގެންދާނެ އެތައް ކަމެއް އެބަ ވިދާޅުވޭ އެއްވެސް ހިސާބު ޖެހުމެއް ނެތި, ދިރާސާކުރުމެއް ވެސް ނެތް. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމެއް."
ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.
އިޔާދު ތަކުރާރުކޮށް ވިދާޅުވި ގޮތުގައި ވާދަވެރިން ވަމުންދާ ވައުދުތަކަކީ ތަންފީޒު ނުކުރެވި ގައުމު ބަނގުރޫޓްވެގެންދާނެ ވައުދުތަކެކެވެ.
ޕެންޝަން ފަންޑުގައި ހުރި ފައިސާއާ ގުޅޭ ވައުދެއް އިދިކޮޅުން ވެވަޑައިގެންފައިވާ އިރު އިގްތިސާދީ ގޮތުން ހޭލުންތެރިކަން ހުރި ބޭފުޅަކު ނަމަ ޕެންޝަން ފަންޑުން ފައިސާ ބޭނުން ވަގުތަކު ނަގައި މެނޭޖްކުރާ ގޮތަށް ހިންގާ އެއްޗެއް ނޫން ކަން އެނގިވަޑައިގަންނަވާނެ ކަމަށް އިޔާދު ވިދާޅުވި އެވެ.
"އަމިއްލަ ބޭންކް އެކައުންޓެއްގެ ގޮތަށް އިރުއިރުކޮޅާ ފައިސާ ނަގާ އެއްޗެއް ނޫން ޕެންޝަން ފަންޑަކީ. ޑރ. މުއިއްޒު އެ ވިދާޅުވާ ގޮތަށް ޕެންޝަން ފަންޑް މެނޭޖްކުރަން އުޅެފި ނަމަ ރާއްޖެ ބަނގުރޫޓުވާނީ, އެތައް ބަޔަކު އެތައް އަހަރުތަކެއް ވަންދެން ބުރަ މަސައްކަތްކޮށްގެން އެއްކުރި ފައިސާ ގެއްލިގެން ދާނީ."
އޭނާ ވިދާޅުވި ގޮތުގައި މި ވައުދުން އެކަނި ވެސް ރާއްޖޭގެ އިގްތިސާދު މެނޭޖްކުރުމުގެ ގާބިލްކަމެއް ނެތް ކަން ސާފެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަސް އަހަރުގައި ރާއްޖޭގެ އިގްތިސާދަކީ އެންމެ ކުރިއަރަމުން އަންނަ އިގްތިސާދު ކަމަށް އިޔާދު ވިދާޅުވި އެވެ. މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ހަރުދަނާ އިގްތިސާދީ ލީޑަޝިޕް ފެންނަ ކަމެއް ކަމަށް ވިދާޅުވި އެވެ.
ކެމްޕޭން ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވަނީ.
"މިއަދު ދިވެހި ރައްޔިތުން ވިސްނަން އެބަޖެހޭ ދިވެހި އިގްތިސާދުގެ ހުންގާނު އަޅުގަނޑުމެން ދޫކޮށްލާނީ ޓެސްޓްކޮށް ވަރުގަދަ ޓްރެކް ރެކޯޑެއް އޮތް އިތުބާރު މާލިމީ ރައީސް އިބޫއަށްތޯ ނުވަތަ ޕެންޝަން ފަންޑު ބަނގުރޫޓުވުމާއި މުޅި ރާއްޖެ ބަނގުރޫޓުވުމާ ދިމާލަށް ސިޔާސަތު އެކުލަވާލައިގެން އުޅޭ ޑރ, މުއިއްޒަށްތޯ. ޖަވާބު ވަރަށް ސާފު," އިޔާދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކައުންސިލްތަކަށް ހާއްސަ މިނިސްޓްރީއެއް އެކުލަވާލަން ވައުދުވެ އަނެއްކާވެސް އިދިކޮޅުން ބޭނުންވަނީ އެޓޯލްސް މިނިސްޓްރީ ގެންނާށެވެ. ފުވައްމުލަކާއި އައްޑު އާއި ތިނަދޫ ރައްޔިތުން ވެސް، 90 އަހަރުގެ ތެރެއަށް ދާންވީތޯ ނުވަތަ މި ސަރުކާރުގައި ގެނެސްދިން މިނިވަންކަމުގައި ކުރިއަށް ދާނީތޯ ވިސްނަން ޖެހޭ ކަމަށް އިޔާދު ވިދާޅުވި އެވެ.
އިމްރާން ވިދާޅުވީ އަދާލަތުން ތިބީ ރައީސާ އެކު ކަމަށް
ރައީސަށް މަރުހަބާ ކިޔުމަށް މަކުނުދޫގަައި ދިގު ސަފެއް
ފައްޔާޒު މިހާރު ބޭނުންވަނީ އިތުރަށް ތިން ޕަސެންޓް
ތިނަދޫގެ "ރީނދޫ ސަފު" ދިނީ މެޖޯރިޓީގެ ޔަގީންކަން
އިންތިހާބުގެ ދެވަނަ ބުރެއް ނޯންނާނެކަން ރައީސަށް ޔަގީން
އެއްބުރުން ނިންމައި ތާރީހު ބަދަލުކޮށްލެވިދާނެ؟
ރައީސްގެ ޓީމު އިދިކޮޅަށް ހިފަހައްޓާ ނުލެވޭނެ: އިމްރާން
ރައީސް ކެމްޕޭން ފައްޓަވަން ކޯލިޝަނާއެކު ބައްދަލުވުމެއް
ސަރުކާރުގެ ތެރެއިން ސަރުކާރާ ދެކޮޅަށް!
"އަދާލަތާއި އެމްޑީއޭއާއެކު އެއްބުރުން ކާމިޔާބުކުރެވޭނެ"