Roadha Mihaaru
ރައީސަށް މަރުހަބާ ކިޔުމަށް މަކުނުދޫގަައި ދިގު ސަފެއް

ރައީސަށް މަރުހަބާ ކިޔުމަށް މަކުނުދޫގަައި ފެއްސާއި ރީނދުލުގެ ދިގު ސަފެއް

03 ސެޕްޓެމްބަރ 2023

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މިރޭ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އިފްރާޒް އަލީ ހދ. މަކުނުދޫން އިފްރާޒް އަލީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މިރޭ ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ރައީސް ކެމްޕެއިނަށް މިއަދު ހަވީރު މަކުނުދޫ އަށް ވަޑައިގަންނަވާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތް ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ދަތުރު ފަސްވީ އެވެ. އެމަނިކުފާނު މަކުނުދޫ އަަށް ވަޑައިގެންނެވީ މިރޭ 9 ޖަހަަނިކޮށެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމަނިކުފާނަށް މަރުހަބާ ކިޔުމަށް މި ރަށުގެ ބަނދަރު ސަރަހައްދަށް ގިނަ ބަޔަކު ނުކުމެ ތިއްބެވެ. ކުދިބޮޑު ގިނަ ބަޔަކާއި އެމަނިކުފާނުގެ ސަޕޯޓަރުން ވެސް ތިއްބެވެ. މުޅި ބަނދަރު ސަރަހައްދު އޮތީ އެމްޑީޕީގެ ރީނދޫ ކުލަ އާއި، މި ރަށުގެ ބޮޑު ތައީދެއް އޮންނަ އާދަލަތު ޕާޓީގެ ފެހި ކުލައިގެ ދިދަތަކާއި ބެނާތަކުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް މަރުހަބާ ކިޔަން ނުކުތް މީހުންގެ ސަފުގެ އެންމެ ކުރީގައި މި ރަށު ކައުންސިލުގެ ޕީޕީއެމް މެމްބަރުން ވެސް ތިބި އެވެ. އެތަނުން މެމްބަރަކު ވިދާޅުވި ގޮތުގައި، ރައީސަށް މަރުހަބާ ކިޔުމަށް އެ ބޭފުޅުން ނުކުމެވަޑައިގަތީ، ރާއްޖޭގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް އިހުތިރާމް ކުރައްވާތީ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

މަކުނުދޫން ވާހަކަދެއްކި ބައެއް މީހުން ބުނި ގޮތުގައި، މި ރަށު މީހުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަމަކީ އެެއާޕޯޓެކެވެ. އަތޮޅުގެ އެހެން ރަށްތަކާ މާ ދުރުގައި ވަކިން އޮންނަ މަކުނުދޫ އަށް، މޫސުން ގޯސް ދުވަސްވަރެއްގައި ދަތުރުފަތުރު ކުރުމަކީ ރައްޔިތުން ބުނާ ގޮތުގައި "ބޮޑު ވޭނެކެވެ." އެހެންވެ، ބޭނުންވަނީ އެކަމަށް ހައްލެއް ގެނެސްދޭނެ ވެރިއެކެވެ.

"ކުރިން ސަރުކާރުތަކުން ވެސް ކީ ކޮށްދޭނަމޭ، ނުވި. އެކަމަކު ރައީސް ސޯލިހު މިހާރު އެ އޮތީ އެކަން ކޮށްދެއްވަން ފައްޓަވާފައި. މި ދިގު ސަފު މިއަދު މިތަނުގައި މި އޮތީ އެހެންވެ،" މީހަކު ބުންޏެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. މަކުނުދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހދ. މަކުނުދޫ ކައުންސިލްގެ ޕީޕީއެމް މެމްބަރުންނާ ސަލާންކުރައްވަނީ.-- ފޮޓޯ: އެމްޑީޕީ

މަކުނުދޫގައި އެއާޕޯޓް އަޅަން ބޭނުންވާ ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށައިފަ އެވެ.

ދައުލަތުގެ ބަޖެޓުން 16 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރާ އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެއާޕޯޓް ހަދަން 43 ހެކްޓަރުގެ ބިން ހިއްކަ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހދ. މަކުނުދޫން މަރުހަބާ ކިޔުން.-- ފޮޓޯ: އެމްޑީޕީ

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކުރިން ރައީސް ކުރައްވާ އެންމެފަހުގެ ކެމްޕެއިންތަކުގައި މިއަދު ވަޑައިގަތީ ހދ. ގެ ބައެއް ރަށްތަކަށެވެ. މާދަމާ ވެސް މި އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ރޭ ކުޅުދުއްފުށީގައި ބޮޑު ޖަލްސާއެއް ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފަ އެވެ.