Roadha Mihaaru
ރައީސަށް ފަސޭހަކަމާއެކު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު

އެމްޑީޕީ، އަދާލަތު އަދި އެމްޑީއޭގެ ކޯލިޝަނުން ރައީސަށް ފަސޭހަކަމާ އެކު އިންތިހާބު ކާމިޔާބު ކުރެވޭނެ: އަލީ ޒާހިރު

14 މާޗް 2023

އެމްޑީޕީ އިސްވެ އޮވެ އަދާލުތު ޕާޓީ އަދި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރެވޭނެ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އެމްޑީޕީ އިސްވެ އޮވެ އަދާލުތު ޕާޓީ އަދި އެމްޑީއޭއާ އެކު ހަދާފައިވާ ކޯލިޝަނުން މި އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފަސޭހަ ކަމާ އެކު ކާމިޔާބު ކުރެވޭނެ ކަމަށް، ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މިރޭ ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީން މިއަދު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަކުރަން ނިންމައިފަ އެވެ. ޖޭޕީން އެގޮތަށް ނިންމީ ރައީސާ އެކު ކޯލިޝަން ހަދަން އެ ޕާޓީ އަށް ވެސް ދައުވަތު ދީފައި ވަނިކޮށެވެ.

ޖޭޕީގެ ކައުންސިލްގެ އިއްތިފާގުން މިއަދު ނިންމީ އެ ޕާޓީން އިސްވެ އޮވެ އެހެން ޕާޓީތަކާ އެކު ކޯލިޝަނަކުން ވާދަކުރަން، ކައުންސިލްގެ އިއްތިފާގުންނެވެ.

ޖޭޕީން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިރޭ އިއުލާން ކުރި ފަހުން، އަލީ ޒާހިރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސްގެ ލިޑާޝިޕާ އެކު ތިން ޕާޓީ އެކުގައި މަސައްކަތް ކޮށްގެން ރިޔާސީ އިންތިހާބު އެމަނިކުފާނަށް ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެ ކަމަށެވެ.

"ރައީސް [އިބްރާހިމް މުހައްމަދު ސޯލިހް] ގެ ލީޑާޝިޕްގެ ދަށުން އެމްޑީޕީ އިސްވެ އޮވެ އަދާލަތު ޕާޓީ އަދި އެމްޑީއޭ ހިމެނޭ ކޯލިޝަން އެކުގައި މަސައްކަތްކޮށްގެން 2023 ގެ ރިޔާސީ އިންތިހާބު ފަސޭހަ ކަމާއެކު ކާމިޔާބު ކުރެވޭނެކަން ޔަގީން. އިންޝާ ﷲ،" ރައީސްއާ އެކު ކޯލީޝަން ހެދުމަށް އެންމެ ފުރަތަމަ ނިންމި ޕާޓީ، އަދާލަތުގެ މެންބަރެއްގެ ގޮތުގައި ވެސް ހުންނެވި އަލީ ޒާހިރު ވިދާޅުވި އެވެ.

ރައީސްގެ ކޯލިޝަނަށް ގާސިމް ގެނައުމުގެ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލީހާއި ނައިބު ރައިސް ފައިސަލް ނަސީމް ވެސް ވަކިވަކިން ވަނީ ގާސިމް އާ ބައްދަލު ކުރައްވައިފަ އެވެ. އަލީ ޒާހިރު ނިސްބަތްވެ ވަޑައިގަންނަވާ އަދާލުތުގެ ރައީސް އިމްރާން އަބްދުﷲ ވެސް ވަނީ ގާސިމް އާ ބައްދަލު ކުރައްވައިފަ އެވެ. އަދި އެމްއާރްއެމްގެ ރައީސް ފާރިސް މައުމޫން ވެސް ވަނީ ގާސިމް އާ ބައްދަލު ކުރައްވައިފަ އެވެ.

ރައީސަށް ތާއީދުކުރަން، އެމްޑީއޭއިން މިދިޔަ މަހު ނިންމީ، އެ ޕާޓީގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވެސް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް ކުރިން އިއުލާން ކޮށްފައި ވަނިކޮށް އެ ނިންމުން ބަދަލު ކުރުމަށް ފަހު އެވެ.