08 އޯގަސްޓް 2023
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅެ 2-1 އިން ބަލިވި ނަމަވެސް ކްލަބް ވެލެންސިއާ އަށް ކުޅޭ އުމުރުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ރެކޯޑެއް ހަދައިފި އެވެ.
ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާ ދެކޮޅަށް ކުޅެ 2-1 އިން ބަލިވި ނަމަވެސް ކްލަބް ވެލެންސިއާ އަށް ކުޅޭ އުމުރުން 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ރެކޯޑެއް ހަދައިފި އެވެ.
އީތަން އާއި އިލާން އަކީ ލީގުގެ ތާރީހުގައި ވެސް ކުޅޭ އެންމެ ހަގު ދެ ކުޅުންތެރިންނެވެ. ޔޫވީ ކޮޅަށް ގޯލު ޖަހައި އީތަން، ލީގުގައި ލަނޑު ޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް މުގުރާލި އިރު، ލަނޑު ޖަހަން އެހީވި އިލާން މިވަނީ ލީގު މެޗެއްގައި ލަނޑެއް ޖަހަން އެހީވި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ.
ގަލޮޅު ދަނޑުގައި ޔޫވީއާ ދެކޮޅަށް މި ރެކޯޑް ހެދިއިރު އީތަންގެ އުމުރަކީ 14 އަހަރާއި ނުވަ މަހާއި ދެ ދުވަހެވެ. އިލާންގެ އުމުރަކީ 14 އަހަރާއި ހަ މަހާއި 22 ދުވަހެވެ.
އަޔާން އުމުރުން 15 އަހަރު؛ އެއްވަނަ ޑިވިޝަނުގައި ލަނޑުޖެހި އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ހަދައިފި https://t.co/lgJkTvq3Lg
— Mihaaru (@Mihaarunews) August 4, 2023
އީތަން މުގުރާލީ، މީގެ ތިން ދުވަސް ކުރިން އެ ޓީމަށް ކުޅޭ ޔޫސުފް އަޔާން އާމިރު (އާންބެ) ކްލަބް ގްރީން ސްޓްރީޓްސް ކޮޅަށް ލަނޑު ޖަހައިގެން ހެދި ރެކޯޑެވެ. އާންބެ ގޯލު ޖެހިއިރު އުމުރަކީ 15 އަހަރާއި ހަ މަހާއި 13 ދުވަހެވެ. ސީނިއާ ލެވެލްގައި ކުޅުނު ފުރަތަމަ މެޗުގައި އާމްބެ މުގުރާލީ، ރާއްޖޭގެ ލެޖެންޑް އަލީ އަޝްފާގު (ދަގަނޑޭ) އުމުރުން 16 އަހަރާއި ނުވަ މަހާއި ދެ ދުވަހުގައި ލަނޑު ޖަހައިގެން އޭނާ އަތުގައި 20 އަހަރު ވަންދެން އޮތް ރެކޯޑެކެވެ.
ޔޫވީގެ ޑިފެންޑަރު މޫސާ އަޒީމް ހަސަން އަތުން ބޯޅަ ހޯދަން ވެލެންސިއާގެ އިލާން މަސައްކަތް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
ޔޫވީއާ ދެކޮޅަށް މިއަދުގެ މެޗުގައި އީތަންގެ ލަނޑުން ވެލެންސިއާ ލީޑު ނެގީ 12 ވަނަ މިނިޓުގަ އެވެ.
ފުރަތަމަ ހާފު ނިމެން ހަތަރު މިނިޓަށް ވެފައި ވަނިކޮށް އަހުމަދު ބައްސާމް މުހައްމަދު ނައީމް ހުސްކޮށްލި ބޯޅައަކުން ޔޫވީ އަށް އެއްވަރު ކޮށްދިނީ ޝަނާން ރަޝާދެވެ. އޭގެ ކުރިން ވެސް ޝަނާނަށް ވަނީ ގޯލު ޖަހާނެ ފުރުސަތުތައް ލިބިފަ އެވެ. އަދި ބައްސާމް ނަގައިދިން ބޯޅައެއް އަލީ މީސާގް އީސާ ބޮލުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ޔޫވީން މެޗުގައި ލީޑު ނެގީ 57 ވަނަ މިނިޓުގައި ޝަނާން ދިން ބޯޅައެއް ހިފައިގެން އޭރިއާ ތެރެއަށް ވަދެ ގޯލަށް ފޮނުވާލައިގެން ބައްސާމް ކާމިޔާބު ކޮށްދިން ގޯލުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ވަނިކޮށް ބައްސާމް އިތުރު ގޯލެއް ޖެހި ނަމަވެސް އޭނާ އޮފްސައިޑް ވުމުން ގޯލު ބަލައެއް ނުގަނެ އެވެ.
މިއާ އެކު ޔޫވީން މިވަނީ ލީގުގައި އަށް މެޗުން ހޯދި ދެ މޮޅާ އެކު ހަ ޕޮއިންޓް ހަމަކޮށްގެން ވަގުތީގޮތުން ގްރީން ސްޓްރީޓްސް އަށް ވުރެ ކުރިއަށް ޖެހިލައިފަ އެވެ. ހަތަރު ޕޮއިންޓާ އެކު މިވަގުތު ހަތްވަނައަށް ވެއްޓިފައިވާ ގްރީން މިރޭ ނުކުންނާނީ ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް
އީގަލްސް ތަފާތު ފޯމެއްގައި، ޔޫވީ އަށް ފުރަތަމަ މޮޅު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ
ވެލެންސިއާ އިން ފޯމުގައި އޮތް ޔޫވީ ބަލިކޮށްފި
ޔޫވީ ތިންވަނައަށް، އީގަލްސް މާޒިޔާއާ ފަރަގު ކުޑަކޮށްފި
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި