16 ޖުލައި 2023
މިދިޔަ މަހު ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) އާއެކު އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 7-3 އިން މޮޅުވި އިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބް ވެލެންސިއާ އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
މިދިޔަ މަހު ކްލަބް އީގަލްސްގެ ކޯޗުކަމާ ހަވާލުވި މުހައްމަދު ޝިޔާޒް (މޯހަން) އާއެކު އެޓީމު ކުޅުނު ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ވާދަކޮށް 7-3 އިން މޮޅުވި އިރު، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ކްލަބް ވެލެންސިއާ އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ.
ވެލެންސިއާ އަތުން 1-0 ގެ ނަތީޖާއަކުން ޔޫވީ މިރޭ ހޯދި މޮޅަކީ ލީގުގައި އެޓީމުގެ ފުރަތަމަ މޮޅެވެ. ނިމިދިޔަ ބްރޭކުގެ ކުރިން އެޓީމު ކުޅުނު ތިން މެޗުން ވެސް ވަނީ ބަލިވެފަ އެވެ.
ޔޫވީގެ މޮ މޮޅާ އެކު ލީގުގައި މިހާތަނަށް ކޮންމެ ޓީމަކުން ވެސް ކުޅުނު ހަތަރު މެޗުގެ ތެރެއިން މޮޅެއް ނުހޯދި އޮތީ ވެލެންސިއާ އަށެވެ. ޒުވާން ކުޅުންތެރިންތަކަކާ އެކު ކުޅެމުން އަންނަ ވެލެންސިއާ އަށް މި ހަތަރު މެޗުން ގޯލެއް ވެސް ޖެހިފައެއް ނުވެ އެވެ.
މިވަގުތު ލީގުގެ އެއްވަނައިގައި އޮތީ މިހާތަނަށް ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބު ކޮށްފައިވާ ޗެމްޕިއަން މާޒިޔާ އެވެ. މާޒިޔާ އަށް ވުރެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ އީގަލްސް އެވެ. އަލަށް ޕްރޮމޯޓްވި ބުރު ސްޕޯޓްސް ތިންވަނައިގައި އޮތީ އީގަލްސް އަށްވުރެ ޕޮއިންޓެއް މަދުންނެވެ. ދެ މެޗު ކާމިޔާބު ކޮށްގެން ހަ ޕޮއިންޓް ހޯދާފައިވާ ސަސް އޮތީ ހަތަރުވަނައިގަ އެވެ. ޓީސީ އަށް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު ޔޫވީ އާއި ކްލަބް ގްރީން ސްޓްރީޓްސް އަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
ވެލެންސިއާ އިން ޔޫވީ އާ ދެކޮޅަށް ނެރުނު ފުރަތަމަ 11.-- ފޮޓޯ: އެފްއޭއެމް
ވެލެންސިއާގެ ގޯލުގައި މިރޭގެ މެޗުގައި ހުރީ ޒުވާން ކީޕަރު އަބްދުﷲ ރަޒީފް އެވެ. "މިހާރު" އަށް އެނގިފައިވާ ގޮތުން ސާފް ޗެމްޕިއަންޝިޕަށް ލީގު މެދުކަނޑާލުމުގެ ކުރިން އެޓީމުގެ ގޯލު ބެލެހެއްޓި އާދަމް އިމްއާން ވަނީ ޓީމު ދޫކޮށްލައިފަ އެވެ.
ވެލެންސިއާގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މެޗަކަށް ފަހު މެޗެއްގައި ކުރިއެރުން ފެންނަމުން އަންނައިރު، އެޓީމަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފޯވާޑް ލައިން ލީޑު ކުރާނެ ސީނިއާ ކުޅުންތެރިއަކު ނެތުމެވެ. އެޓީމުގެ ޑިފެންސުގައި އަމްދާން އަލީ (އެންޑީ) އާއި އަހުމަދު ސިޒާން (ސިއްޕެ) ހަރަކާތްތެރި ވާއިރު ކެޕްޓަން ހަސަން ސުފިޔާން (ސޫފި) ވެސް ޑިފެންސުގައި ބައިވެރި ވެއެވެ. އަދި ޒުވާން ފޯވާޑް އަބްދުﷲ ޔާމީން ވެސް ބޮޑަށް ހަރަކާތްތެރިވަނީ ޓީމުގެ މިޑްފީލްޑުގަ އެވެ. މި ހަތަރު ކުޅުންތެރިން ފިޔަވައި މުޅި ވެލެންސިއާ ޓީމުގައި ވެސް ހިމެނެނީ އެ ޓީމުގެ އެކަޑަމީ ކުޅުންތެރިންނެވެ.
ޔޫވީ އިން ވެލެންސިއާ ކޮޅަށް ޖެހި ހަމައެކަނި ގޯލު މެޗުގެ 33 ވަނަ މިނިޓުގައި އަރީން އަބްދުﷲ އިބްރާހިމްދިން ބޯޅައެއް ކޮންޓްރޯލް ކޯށްލާފައި ގޯލު ކަނަށް ފޮނުވާލައިގެން ކާމިޔާބު ކޮށްދިނީ ޒުވާން ފޯވާޑް ޝަނާން ރަޝާދު އެވެ. ޝަނާން އަކީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވާން ނެގި ގައުމީ ޓީމުގެ ޕްރިލިމިނަރީ ސްކޮޑުން ޖާގަ ހޯދި ކުޅުންތެރިއެކެވެ. ނަމަވެސް ފައިނަލް ސްކޮޑުގައި އޭނާ ނުހިމެނުނެވެ.
އީގަލްސް އަތުން ބަލިވި މެޗުގައި ސަސް ނުކުތީ އެޓީމުގެ މުހިއްމު ކުޅުންތެރިންތަކެއް ނުހިމަނައެވެ. ލީގު ފެށުމުގެ ކުރިން އެޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އަށް އަނިޔާ ވެފައި ވިއަސް، ލީގު ފެށުނުއިރު އެޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ.
ލީގަށް ކުރިމަތިލީއިރު، ޕްރެޒިޑެންޓްސް ކަޕްގައި ސަސްގެ ގޯލު ބެލެހެއްޓި ޒުވާން ކީޕަރު ޔޫސުފް މީސަމް އަބްދުﷲ، އެ މުބާރާތަށް ފަހު ޓީމު ދޫކޮށްލީ މެލޭޝިއާ އަށް ކިޔަވަން ފުރަން ޖެހިގެންނެވެ. އޭގެ ފަހުން ލީގުގައި އެޓީމުގެ ގޯލު ބެލެހެއްޓީ އަބްދުﷲ ޒިމާމް އެވެ. ނަމަވެސް ލީގު ބްރޭކަށް ފަހު ފުރަތަމަ މެޗުގައި އޭނާގެ ބަދަލުގައި މިރޭ ގޯލުގައި ހުރީ ކީޕަރު ހުސެއިން މަޚްދޫމް އިބްރާހިމް އެވެ.
ލީގު މެދުކަނޑާލުމުގެ ކުރިން ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅެމުން މިޑްފީލްޑަރު އަހުމަދު އައިހަމް (ފަތޯ) އަށް ރަތް ކާޑު ދެއްކުމުގެ ސަބަބުން އޭނާ ހުރީ ސަސްޕެންޝަނުގަ އެވެ. މީގެ އިތުރުން އެޓީމުގެ އެންމެ މުހިއްމު އެއް ކުޅުންތެރިޔާ އައިހަމް އަހުމަދު (އައިހު) ވެސް މިއަދުގެ މެޗުގައި ކުޅެފައެއް ނުވެ އެވެ.
އީގަލްސް އާއި ސަސް ބައްދަލުކުރި މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް
އީގަލްސްގެ ކޯޗުކަން މޯހަންއާ ހަވާލު ކުރީ، އެޓީމުގެ ހެޑް ކޯޗުކަމާ މިއަހަރު ހަވާލުވި އިހުސާން އަބްދުލް ގަނީ (ސާންތީ) ބަލިވެ އުޅޭތީ އެވެ.
ހަވީރު ކުޅުނު މެޗުގައި އީގަލްސް ވަނީ ފުރަތަމަ 40 މިނިޓު ތެރޭ ފަސް ގޯލު ކާމިޔާބު ކޮށްފަ އެވެ. މެޗުގެ ހަވަނަ މިނިޓުގައި އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން އީގަލްސް އަށް ލީޑު ނަގައިދިނީ ނިޝާމް މުހައްމަދު ރަޝީދު (ޕޮގްބާ) އެވެ.
ލީޑު ފުޅާ ކުރި ގޯލު 20 ވަނަ މިނިޓުގައި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ހުރަސްކޮށްލި ބޯޅައަކުން ޖަހައިދިނީ ފޯވާޑް އިވާން ކާލޯސް އެވެ. އޭގެ ތިން މިނިޓު ފަހުން ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) އެޓީމުގެ ތިންވަނަ ގޯލު ޖަހައިދީފައި ވަނިކޮށް 32 ވަނަ މިނިޓުގައި ނިޝާމް ތަނަވަސް ކޮށްދިން ފުރުސަތަކުން ހަތަރުވަނަ ގޯލު ޖަހައިދިނީ ފޭދޫ އިއްބެ އެވެ. އަދި ފޭދޫ އިއްބެ ތިން ބޯޅައަކުން 38 ވަނަ މިނިޓުގައި އެޓީމުގެ ފަސްވަނަ ގޯލު ޖަހައިދިނީ ޒައިން ޒަފަރެވެ.
ނިޝާމް (ވ-2) އީގަލްސްގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ޓީމު ކުޅުންތެރިންނާ އެކު އުފާފާޅު ކުރަނީ.-- ފޮޓޯ: އެފްއޭއެމް
ފުރަތަމަ ހާފުގެ ފަހު ފަސް މިނިޓުގައި ސަސް އިން ކުޅުން ރަނގަޅުކޮށް ދެ ގޯލު ޖެހި އެވެ. އެޓީމުގެ ފުރަތަމަ ގޯލު 41 ވަނަ މިނިޓުގައި އޭރިއާ ބޭރުގައި ހުރެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން ކާޟިޔާޞު ކޮށްދިނީ އަހުމަދު ހުސާމް (ހުސާންކޮ) އެވެ. އަދި ދެ މިނިޓު ފަހުން މުހައްމަދު އަލާއު ޖައްސާލި ބޯޅައެއް ހޯދައިގެން އޭރިއާ ތެރެއަށް ވަދެ ކާމިޔާބު ކުރީ އަލީ ނަސޫހު ރަޝީދު (ޕިލާ) އެވެ.
ދެވަނަ ހާފުގައި އީގަލްސް ނުކުތީ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) ގެ ބަދަލުގައި ހަސަން އަލީފް އިބްރާހިމް އަރުވައިގެންނެވެ. އީގަލްސް އިން އެޓީމުގެ ހަވަނަ ގޯލު 60 ވަނަ މިނިޓުގައި ޖެހީ ކާލޯސް އެވެ. މިއީ އިސްމާއިލް އީސާ ހުރަސް ކޮށްލި ބޯޅައެއް ބޮލުން ޖަހައި ގޯލަށް ފޮނުވާލައިގެން އޭނާ ކާމިޔާބު ކުރި ގޯލެކެވެ. ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ރިޒޭ އީގަލްސްގެ ހަތްވަނަ ގޯލު ޖަހައިދިނީ އަބްދުﷲ އާމިން އަލީ ދިން ޕާހަކުންނެވެ.
ސަސްގެ ތިންވަނަ ގޯލު 90 ވަނަ މިނިޓުގައި ޖަހައިދިނީ އިބްރާހިމް އަތީގު ހަސަން އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟