28 ޖޫން 2022
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ކްލަބް ވެލެންސިއާ އިން ފޯމުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-1 އިން ބަލިކޮށް، ލީގުގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ފަހު މެޗުގައި މިރޭ ކްލަބް ވެލެންސިއާ އިން ފޯމުގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) 3-1 އިން ބަލިކޮށް، ލީގުގެ ހަތަރުވަނައަށް ޖެހިލައިފި އެވެ.
މިއީ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަށް ފަހު, ލީގުގައި އަޑކއަޅާލި ވެލެންސިއާ އިން، ލީގުގެ ކުރީގައި ތިބި ޓީމުތަކާ އޮތް ފަރަގު ކުޑަކުރަން ހޯދި މުހިއްމު މޮޅެކެވެ. ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ޓީސީއާ އެއްވަރު ވިއިރު ދެވަނަ މެޗުގައި ވަނީ ލީގުގައި ރެކޯޑް ސްކޯ އަކުން މާޒިޔާ އަތުން ބަލިވެފަ އެވެ.
ޖެހިގެން އައި ދެ މެޗުގައި ގްރީން ސްޓްރީޓްސް އާއި ސުޕަ ޔުނައިޓެޑް (ސަސް) އަތުން ބަލިވި އިރު ފުރަތަމަ މޮޅެއް ހޯދުނީ އެންމެ ފުލުގައި އޮތް ދަ ގްރާންޑޭ އަތުންނެވެ. އިންޓަނޭޝަނަލް ބްރޭކަށް ފަހު ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ އީގަލްސް އަތުން ވެސް ބަލި ވެފަ އެވެ.
މި މެޗަށް ފަހު ލީގުގެ އަށް ޓީމަށް ވެސް ވަނީ 14 މެޗު ކުޅެވިފަ އެވެ. އެއްވަނައިގައި އޮތީ 39 ޕޮއިންޓް ހޯދާފައިވާ މާޒިޔާ ސްޕޯޓްސް އެވެ. ދެވަނައިގައި އޮތް ކްލަބް އީގަލްސް އަށް 34 ޕޮއިންޓް ލިބުފަައި ވާއިރު، ތިންވަނައިގައި އޮތީ ޔޫވީ އެވެ. ޔޫވީ އަށް ވަނީ 20 ޕޮއިންޓް ލިބިފަ އެވެ. މިރޭގެ މޮޅާ އެކު ވެލެންސިއާ ހަތަރު ވަނައިގައި އޮތީ 19 ޕޮއިންޓް ހޯދައިގެންނެވެ.
ފަސްވަނައިގައި އޮތް ޓީސީ ސްޕޯޓްސް އާއި ހަވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށް ވެސް ވަނީ 17 ޕޮއިންޓް ލިބިފަ އެވެ. އަދި ހަތްވަނައިގައި އޮތް ސަސް އަށް 14 ޕޮއިންޓް ލިބިފައި ވާއިރު، ދަ ގްރާޏްޑޭ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާ އެކު އެވެ.
ވެލެންސިއާ އަށް މިރޭގެ މެޗުގައި ލީޑު ނަގައިދިނީ، މާޒިޔާ އިން ލޯނު އުސޫލުން އެޓީމަށް ކުޅޭ މިޑްފީލްޑަރު މުހައްމަދު އުމެއިރު އެވެ. މެޗުގެ އަށްވަނަ މިނިޓުގައި އޭނާ މި ލަނޑު ޖެހީ އަބްދުﷲ ޔާމީން (ޔާނު) ހިލޭޖެހުމަކުން ނަގައިދިން ބޯޅައެއް ބޮލުން ގޯލަށް ފޮނުވާލައިގެންނެވެ.
އުމެއިރު ވަނީ ވެލެންސިއާ ޖޯޒީގައި އޭނާ ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. މިރޭގެ މެޗުގެ މޮޅު ކުޅުންތެރިޔަކީ ވެސް އޭނާ އެވެ.
ވެލެންސިއާ އިން ލީޑުފުޅާކުރީ މެޗުގެ 32 ވަނަ މިނިޓްގައި އަސްހަދު އަލީ (އަޑޭ) ދިން ބޯޅައަކުން ޔާނު ޖެހި ގޯލެކެވެ. އަޑޭ އަށް އެ ޕާސް ދޭން އެހީވުމުގައި ވެލެންސިއާގެ ފުލްބެކް އަލީ ޝާމިސް (ތޮއްޕޭ) މުހިއްމު ދައުރެއް އަދާކުރި އެވެ.
ޔާނު ލަނޑު ޖެހުމުގެ ކުރިން ޔޫވީގެ ކެޕްޓަން އަލީ ހަމްދާން (އައްޔަ) އަށް ވަނީ ނަތީޖާ އެއްވަރު ކުރަން ފުރުސަތު ލިބިފަ އެވެ. ނަމަވެސް އެޓީމުގެ ބެލަރޫސް ފޯވާޑް އިވާން ވެރާސް ދިން ބޯޅައަކުން އޭނާ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
ފުރަތަމަ ހާފުގައި އަޑޭ އާއި ހަސަން ސުފިއާން (ސޫފީ) ފޮނުވާލި ހަމަލާތައް ދިފާއުކުރީ، އެންމެ ފަހު ޓްރާންސްފާ ގައި ވެލެންސިއާ ދޫކޮށް ޔޫވީ އަށް ބަދަލުވި ކީޕަރު ހަސަން ތޮލާލް (ޓޮޕްލަކް) އެވެ. މިއީ ފަހުން ޔޫވީ އަށް ބަދަލުވެ އޭނާ ކުޅޭ ފުރަތަމަ މެޗެެވެ.
ދެވަނަ ހާފުގެ ވަރަށް ކުރީކޮޅު ޔޫވީގެ އަހުމަދު ބައްސާމް މުހައްމަދު ނައީމް (ބައްކު) އަށް ވެލެންސިއާގެ އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ކުރި ފައުލަކާ ގުޅިގެން ވަނީ ޕެނަލްޓީއެއް ވެސް ލިބިފަ އެވެ. ނަމަވެސް އިވާން ފޮނުވާލި ޕެނަލްޓީ، ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ވަނީ ދިފާއު ކޮށްފަ އެވެ.
ވެލެންސިއާގެ ތިންވަނަ ލަނޑު މެޗުގެ 79 ވަނަ މިނިޓުގައި ޔާނުގެ އެހީތެރިކަމާ އެކު ޖެހީ އަޑޭ އެވެ. އޭގެ ކުރިން އަޑޭ އާއި އުމެއިރު ފޮނުވާލި ދެ ހަމަލައެއް ޔޫވީގެ ކީޕަތު ޓޮޕްލަކް ދިފާއު ކުރި އެވެ.
ޔޫވީގެ ލަނޑު 82 ވަނަ މިނިޓުގަައި ޖަހައިދިނީ އިވާން އެވެ އޭނާ އަށް މި ލަނޑު ޖަހަން ފުރުސަތު ތަނަވަސް ކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން އެރި ލަމާން ޒުހެއިރެވެ.
ވެލެންސިއާ ވަނީ ލީގު ފުރަތަމަ ބުރުގައި ވެސް ޔޫވީ ބަލި ކޮށްފަ އެވެ. ލީގުގެ ފުރަތަމަ މެޗުގައި ވެލެންސިއާ ޔޫވީ އަތުން މޮޅުވީ 2-1 އިންނެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
14 އަހަރުގެ އީތަން އާއި އިލާނަށް ލީގުގައި ރެކޯޑެއް
ސަސް ކުރިއަށް، އީގަލްސް އަށް އުނދަގޫ މޮޅެއް
އީގަލްސް ތަފާތު ފޯމެއްގައި، ޔޫވީ އަށް ފުރަތަމަ މޮޅު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ
ޔޫވީ ތިންވަނައަށް، އީގަލްސް މާޒިޔާއާ ފަރަގު ކުޑަކޮށްފި
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި