Roadha Mihaaru
ޔޫވީ ތިންވަނައަށް، އީގަލްސް މާޒިޔާއާ ފަރަގު ކުޑަކޮށްފި

ޔޫވީ ތިންވަނަ އަށް، އީގަލްސްއިން މާޒިޔާއާ ފަރަގު ކުޑަކޮށްފި

21 ޖޫން 2022

އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ފަހު ދިވެހި ޕްރިމިއަ ލީގުގެ ކުޅުން އަލުން ފެށި މެޗުގައި، ދަ ގްރާންޑޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ ތިންވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ޖެހިލައިފި އެވެ.

އޭޝިއަން ކަޕް ކޮލިފިކޭޝަނަށް ފަހު ދިވެހި ޕްރިމިއަ ލީގުގެ ކުޅުން އަލުން ފެށި މެޗުގައި، ދަ ގްރާންޑޭގެ މައްޗަށް 2-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ތާވަލުގެ ތިންވަނަ އަށް ޔުނައިޓެޑް ވިކްޓަރީ ޖެހިލައިފި އެވެ.

މިރޭ ކްލަބް ވެލެންސިއާގެ މައްޗަށް 3-1 ގެ ނަތޖާ އަކުން ކާމިޔާބު ހޯދައި ކްލަބް އީގަލްސް އިން ވަނީ އެއްވަނައިގައި އޮތް މާޒިޔާއާ ފަރަގު ކުޑަ ކޮށްފަ އެވެ.

މިދިޔަ މަހު 11 ވަނަ ދުވަހު ލީގު މެދުކަނޑާލިއިރު، އީގަލްސް އާއި މާޒިޔާގެ ދެމެދު އޮތީ ފަސް ޕޮއިންޓްގެ ފަރަގެވެ. މިރޭ ގެ މެޗުން މޮޅުވެ އީގަލްސް އިން ވަނީ ތިން ޕޮއިންޓަށް ފަރަގު ކުޑަ ކޮށްފަ އެވެ. ލީގު އަލުން ފެށުމަށް އީގަލްސްއިން ވަނީ ބިދޭސީ ކުޅުންތެރިން ޓީމަށް އިތުރު ކޮށްފަ އެވެ. ވެލެންސިއާއިން ވެސް ވަނީ ގްރީން ސްޓްރީޓްސްގެ ޑިފެންޑަރު އަލީ ޝާމިސް (ތޮއްޕެ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ކެޕްޓަންކަން ކުރަމުން ދިޔަ އަބްދުﷲ ހަނީފް (ބެންޖޯ) އާއި މާޒިޔާގެ މުހައްމަދު އުމޭރު ގެނެސްފަ އެވެ.

މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި އީގަލްސްއިން ވަނީ ލީޑް ނަގައިފަ އެވެ. މެޗުގެ 25 ވަނަ މިނެޓްގައި އެޓީމަށް ލަނޑު ޖަހައިދިނީ އަހްމަދު ހަސަން (އަންމަޑޭ) އެވެ. ދެވަނަ ހާފަށް ނުކުމެ ތިންވަނަ މިނެޓްގައި އިމްރާން ނަޝީދު ވަނީ އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިފަ އެވެ. ތިންވަނަ ލަނޑު އަހްމަދު ހަސަން ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ. ވެލެންސިއާގެ ލަނޑު ޖެހީ މުހައްމަދު އުމޭރު އެވެ.

ޔޫވީގެ އީވާން ވެރަސް މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ޔުވީގެ ފުރަތަމަ ލަނޑު ޖެހީ އޭނާ --- ފައިލް ފޮޓޯ: އެފްއޭއެމް

ޔޫވީގެ އީވާން ވެރަސް މިއަދު ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ޔުވީގެ ފުރަތަމަ ލަނޑު ޖެހީ އޭނާ --- ފައިލް ފޮޓޯ: އެފްއޭއެމް

މިއަދު ހަވީރު ގްރާންޑޭ މައްޗަށް ޔުނައިޓެޑް ވިކްޓަރީ މޮޅުކޮށްދިން މެޗުގެ ލީޑް ނެގީ އީވާން ވެރަސް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 12 ވަނަ މިނެޓްގަ އެވެ. އެ ޓީމު އަނެއް ދެ ލަނޑު ޖެހީ މެޗުގެ ފަހު 10 މިނެޓް ތެރޭގަ އެވެ.

ދެވަނަ ލަނޑު ލަންމާން ޒުހައިރު ޖެހީ 80 ވަނަ މިނެޓްގަ އެވެ. އަދި ތިންވަނަ ލަނޑު 87 ވަނަ މިނެޓްގައި ޖެހީ އިސްމާއީލް މަފާޒު އިބްރާހިމެވެ.

ޔުނައިޓެޑް ވިކްޓަރީ ތިންވަނައިގައި އޮތީ 20 ޕޮއިންޓް ހޯދައިގެންނެވެ. ކުރިން ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް ވަނީ ހަތަރުވަނަ އަށް ވެއްޓިފަ އެވެ. ޓީސީ އަށް ލިބިފައިވަނީ 17 ޕޮއިންޓެވެ. ޓީސީން މާދަމާ ރޭ ނުކުންނާނީ މާޒިޔާއާ ދެކޮޅަށެވެ. މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލު ކުރަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް އާއި ކްލަބް ގްރީން ސްޓްރީޓްސް އެވެ.