Roadha Mihaaru
30،000ރ. ލިބޭ ވެލިގާގެ ފެންޓަސީ ޕްރިމިއާ ލީގު

30،000ރ. ލިބޭ ވެލިގާގެ ފެންޓަސީ ޕްރިމިއާ ލީގު ފަށައިފި

07 އޯގަސްޓް 2023

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގަށް ވެލިގާއިން ކުރިއަށް ގެންދާ ފެންޓަސީ ފުޓުބޯޅަ މުބާރާތް ފަށައިފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

އަންނަ ހޮނިހިރު ދުވަހު ފެށުމަށް ހަމަޖެހިފައިވާ ޕްރިމިއާ ލީގަށް ވެލިގާއިން ކުރިއަށް ގެންދާ ފެންޓަސީ ފުޓުބޯޅަ މުބާރާތް ފަށައިފި އެވެ.

މި މުބާރާތުގެ އެއް ވަނަ އިނާމަކަށް ހުށަހަޅާފައި ވަނީ 30،000ރ. ގެ ފައިސާގެ އިނާމެވެ. އަދި ކޮންމެ މަހަކު އެއް ވަނަ އަށް ހޮވޭ މެނޭޖަރަކަށް 2،500ރ. ގިފްޓު ވައުޗަރެއް ވަނީ ހުށަހަޅައިފަ އެވެ. މި މުބާރާތުގައި އިތުރު 10 ބައިވެރިއަކަށް 2،500ރ. ގެ ގިފްޓު ވައުޗަރެއް ލިބޭނެ ކަމަށް ވެސް ވެލިގާއިން ބުންޏެވެ.

މި މުބާރަތުގައި ދިވެހިންނާއި ރާއްޖޭގައި މަސައްކަތް ބިދޭސީންނަށް ބައިވެރިވެވޭނެ އެވެ. މި ލީގުގައި ބައިވެރިވާން ބޭނުން ކުރަން ޖެހޭނެ ކޯޑަކީ kk289g އެވެ. މުބާރާތުގައި https://fantasy.premierleague.com/ ލިންކަށް ވަދެ ބައިވެރިވެވޭނެ އެވެ.

މިއީ ވެލިގާގެ ފެންޓަސީ ލީގު ކުރިއަށް ގެންދާ ތިން ވަނަ އަހަރެވެ. ފާއިތުވި ދެ އަހަރު ވެސް މި ލީގަށް ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ. އެގޮތުން މި ދިޔަ އަހަރު 12،000 އަށް ވުރެ ގިނަ ބައިވެރިން މި ލީގު ކުޅުނެވެ.