26 ނޮވެމްބަރ 2024
ނިއުކާސަލް (ނޮވެމްބަރު 26) – ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 ން ރޭލިގޭޝަން ޒޯނާ ގާތުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވުމުން އެ ޓީމުގެ ކޯޗު ހޫލިއަން ލޮޕެޓެގީގެ ވަޒީފާ މި ވަގުތަށް ސަލާމަތް ވެއްޖެ އެވެ.
ނިއުކާސަލް (ނޮވެމްބަރު 26) – ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 2-0 ން ރޭލިގޭޝަން ޒޯނާ ގާތުގައި އޮތް ވެސްޓް ހޭމް ޔުނައިޓެޑް މޮޅުވުމުން އެ ޓީމުގެ ކޯޗު ހޫލިއަން ލޮޕެޓެގީގެ ވަޒީފާ މި ވަގުތަށް ސަލާމަތް ވެއްޖެ އެވެ.
ނިއުކާސަލްގެ ސެއިންޓް ޖޭމްސް ޕާކް ސްޓޭޑިއަމްގައި ކުޅުނު މެޗު ވެސްޓް ހޭމުން ކާމިޔާބު ކުރީ 2-0 ންނެވެ. އެ ޓީމު މޮޅުކޮށް ދިނުމުގައި އެހީވީ ތޯމަސް ޝޫޗެކް އާއި އާރޮން ވަން ބިސާކާ އެވެ.
މެޗަށް ނުކުތް އިރު ލޮޕެޓެގީ އަށް އޮތީ ބޮޑު ޕްރެޝަރެއް ކުރިމަތި ވެފަ އެވެ. އޭރު އޭނާގެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ތިން ޕޮއިންޓް ކައިރީގަ އެވެ. އޭނާ މަގާމުން ވަކިކުރުމަށް، ހާލަތު ބަލަމުންދާ ކަމަށް ވެސް މެޗުގެ ކުރިން އަޑު ފެތުރިފައި ވެސް ވެ އެވެ.
ވެސްޓް ހޭމް އަކީ އާންމުގޮތެއްގައި ސީޒަންގެ މެދުތެރެއިން ކޯޗުން ބަދަލު ކުރާ ޓީމެއް ނޫނެވެ. އެކަމަކު ލޮޕެޓެގީއާ އެކު ނެރެމުންދާ ނަތީޖާތަކާ މެދު ޓީމުގެ މެނޭޖްމެންޓުން ހިތްހަމައެއް ނުޖެހެ އެވެ.
ލީގުގައި އެ ޓީމު ކުޅުނު 12 މެޗުގެ ތެރެއިން ފަސް މެޗުން ވީ ބައްޔެވެ. ތިން މެޗުން އެއްވަރުވި އެވެ. މޮޅުވެވުނީ ހަތަރު މެޗުންނެވެ. ރޭ ހޯދި ތިން ޕޮއިންޓާ އެކު މިހާރު އެ ޓީމު އޮތީ ތާވަލުގެ 14 ވަނައިގަ އެވެ.
ދި ގާޑިއަން ނޫހުން ބުނީ މި ވަގުތަށް ލޮޕެޓެގީ އަށް މަގާމު ސަލާމަތް ވެއްޖެ ކަމުގެ ހިތްހަމަޖެހުން ލިބިދާނެ ކަމަށެވެ. އެކަމަކު އަދި ވެސް އޭނާގެ ވަޒީފާ އޮތީ ނާޒުކު ފައްތަރެއްގައި ކަމަށް އެ ނޫހުން ބުންޏެވެ. ދެން އެ ޓީމަށް އޮތް އާސެނަލް މެޗުގައި ވާ ގޮތަކުން، އޭނާގެ މަގާމު ގެއްލުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ދި ގާޑިއަން އިން ބުނެ އެވެ.
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ޗެލްސީއަށް ހަމަނޭވާއެއް ދެންފެށި ޔޫރަޕު ޖާގައިގެ ވާހަކަ
ލޮޕެޓެގީއާ ދެކޮޅަށް ވެސްޓްހޭމްގެ ސަޕޯޓަރުން ޕެޓިޝަނެއް
ކޯޗާ އަރާރުންވެ، ސަލާހަށް ލިވަޕޫލަށް އެހީއެއް ނުވެވުނު
ވެސްޓްހޭމްއަށް ބޮޑު ބައްޔެއް، ސަޕޯޓަރުންނަށް ފޫހިކަން
ބަލި ނުވެ ފަސް މެޗު؛ ޔުނައިޓެޑް ރަނގަޅު ވަނީ
ޒޫމާގެ ގެ ފަޅާލި ވަގުންގެ މައުލޫމާތަށް 30ހާސް ޑޮލަރު
ލީގު ފަށަން ދެދުވަސް، ލޮޕެޓެގީ ވުލްވްސްއިން ވަކިވެއްޖެ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ