Roadha Mihaaru
ޒޫމާގެ ގެ ފަޅާލި ވަގުންގެ މައުލޫމާތަށް 30ހާސް ޑޮލަރު

ޒޫމާގެ ގެ ފަޅާލި ވަގުންގެ މައުލޫމާތު ދިން މީހަކަށް ވެސްޓްހޭމުން 30،000 ޑޮލަރު

05 ޑިސެމްބަރ 2023

ލަންޑަން (ޑިސެމްބަރު 5) - ވެސްޓް ހޭމް ޔުނައިޓެޑްގެ ޑިފެންޑަރު ކާޓް ޒޫމާގެ ގެ ފަޅާލައި ވައްކަން ކުރި ވަގުން ހައްޔަރުކުރެވޭވަރުގެ މައުލޫމާތު ދިން މީހަކަށް 30،000 ޑޮލަރަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ދޭން އެ ކްލަބުން ހުށަހަޅައިފި އެވެ.

ލަންޑަން (ޑިސެމްބަރު 5) - ވެސްޓް ހޭމް ޔުނައިޓެޑްގެ ޑިފެންޑަރު ކާޓް ޒޫމާގެ ގެ ފަޅާލައި ވައްކަން ކުރި ވަގުން ހައްޔަރުކުރެވޭވަރުގެ މައުލޫމާތު ދިން މީހަކަށް 30،000 ޑޮލަރަށް ވުރެ ބޮޑު ފައިސާގެ އިނާމެއް ދޭން އެ ކްލަބުން ހުށަހަޅައިފި އެވެ.

ފްރާންސްގެ ކުރީގެ ޑިފެންޑަރު ޒޫމާގެ ގެއިން ވައްކަން ކުރީ އާދިއްތަ ދުވަހު ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ވެސްޓް ހޭމް ކުޅުނު މެޗުގެ ކުރިންނެވެ. ގެ ފަޅާލި ގަޑީގައި ޒޫމާ އާއި އޭނާގެ އާއިލާ ގޭގައި އުޅެ އެވެ. އެ ދުވަހުގެ މެޗުގައި އޭނާ ނުކުޅެ އެވެ. ކްލަބުން އޭރު ބުނީ އަމިއްލަ ކަމެއް ދިމާވެގެން ޒޫމާ އެ ދުވަހު ސްކޮޑުން އުނިކޮށްފައިވާ ކަމަށެވެ.

ވަގުންގެ މައުލޫމާތު ދިން މީހަކަށް 31,583 ޑޮލަރު (25،000 ޕައުންޑް) ދޭން ލަންޑަނުގެ ކްލަބުން ވަނީ އިއުލާންކޮށްފަ އެވެ.

ޒޫމާ އާއި އޭނާގެ އާއިލާ: ވެސްޓް ހޭމްގެ މެޗަކަށް ދަނޑުގައި --- ފައިލް ފޮޓޯ

ޒޫމާ އާއި އޭނާގެ އާއިލާ: ވެސްޓް ހޭމްގެ މެޗަކަށް ދަނޑުގައި --- ފައިލް ފޮޓޯ

"ވަރަށް އަގު ބޮޑު އެއްޗިހި ވަނީ ވަގަށް ނަގައިފަ އަދި އާއިލާ އަށް ވަރަށް ބޮޑު މުހިންމުކަން ބޮޑު އެއްޗިހި ގެއްލުނު،" ވެސްޓް ހޭމުން ބުންޏެވެ.

އިނގިރޭސި ބައެއް މީޑިއާތަކުން ބުނާ ގޮތުގައި ޒޫމާގެ ގެއިން 100،000 ޑޮލަރަށް ވުރެ ގިނަ ފައިސާ އާއި އަގު ބޮޑު ގަހަނާތައް ވަގުން ގެންގޮސްފައިވާ ކަމަށެވެ.

ދަ ހެމާސް ނަމުން މަޝްހޫރުވެފައިވާ ވެސްޓްހޭމްގެ ޖޮއިންޓް ޗެއާމަން ޑޭވިޑް ސުލިވަން ވިދާޅުވީ ވެސްޓް ހޭމް ޔުނައިޓެޑާ ގުޅިފައިވާ އެންމެން ތިބީ މި އުނދަގޫ ދަނޑިަވަޅު ޒޫމާ އާއި އޭނާގެ އާއިލާއާ އެކުގައި ކަމަށެވެ.

"ގެއަށް މީހަކު ވަދެ ގެއްލުން ދިނުމަކީ ބިރުވެރި ތަޖުރިބާއެއް. އަހަރެން އުއްމީދު ކުރަން، (ކްލަބުން ހުށަހެޅި) މި (ފައިސާގެ) އިނާމުގެ ސަބަބުން އެކަމުގައި ބައިވެރިވި މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށާއި އެހެން މީހުންނަށް ވެސް އެފަދަ ތަކުލީފެއް ކުރިމަތިވިޔަ ނުދިނުމަށް މަގުފަހިވެގެންދާނެ ކަމަށް،" ސުލިވަން ވިދާޅުވި އެވެ.