30 ނޮވެމްބަރ 2023
ލަންޑަން (ނޮވެމްބަރު 30) - އޮޓަމެޓިކް އޮފްސައިޑް ޓެކޮނޮލޮޖީ އަންނަ އަހަރު ބޭނުން ކުރެވޭނެތޯ ބަލަން، ފަރުދާގެ ފުރަގަހުގައި ޕްރިމިއާ ލީގުން ޓެސްޓް ކުރަން ފަށައިފި އެވެ.
ލަންޑަން (ނޮވެމްބަރު 30) - އޮޓަމެޓިކް އޮފްސައިޑް ޓެކޮނޮލޮޖީ އަންނަ އަހަރު ބޭނުން ކުރެވޭނެތޯ ބަލަން، ފަރުދާގެ ފުރަގަހުގައި ޕްރިމިއާ ލީގުން ޓެސްޓް ކުރަން ފަށައިފި އެވެ.
މި ޓެކްނޮލޮޖީ، މިހާރު ވެސް ޔޫއެފާ ޗެމްޕިއަންސް ލީގާއި ސެރީ އޭގެ ބޭނުން ކުރެ އެވެ. އަދި އެންމެ ފަހުގެ ފިރިހެން އަދި އަންހެން ވޯލްޑް ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުން ކޮށްފައިވެ އެވެ. ޑިސެމްބަރު މަހު ސައުދީ އަރަބިއްޔާގައި ބާއްވާ ފީފާ ކްލަބް ވޯލްޑް ކަޕާއި އަންނަ ހޫނު މޫސުމުގައި ޖަރުމަނުގައި ބާއްވާ ޔޫރޯގައި ވެސް މި ސިސްޓަމް ބޭނުން ކުރަން ވަނީ ނިންމައިފަ އެވެ.
"އެސްއޯއޭޓީ" ސިސްޓަމްގެ ނަން ދީފައިވާ ޓެކްނޮލޮޖީގައި އޮފްސައިޑް ލައިންތައް ވަކިން ބަލަހައްޓަން ނުޖެހޭނެ އެވެ. އޭގެ ބަދަލުގައި އޮޓޮމެޓިކުން ވާޗުއަލް ރޮގެއް ޖެނެރޭޓް ކުރާނެ އެވެ. މިއީ އެއްފަހަރާ ގިނަ ކުޅުންތެރިންގެ ބޮލާއި ފަޔާއި އަތް އަދި ކަކުލުގެ އިތުރުން ހަށިގަނޑުގެ ޑޭޓާ ޕޮއިންޓްތައް ވަރަށް ރަނގަޅަށް ދެނެގަނެވޭ ސިސްޓަމެކެވެ. ރިއަލް ޓައިމް އެލާޓް ސިސްޓަމެއް މެދުވެރިކޮށް ވީއޭއާރް ގެ އޮފިޝަލަށް މުއާމަލާތްކުރާނެ އެވެ. ބޯލް ޓްރެކިން ހައިލައިޓްސް މި ސިސްޓަމުން ވީއޭއާރް އޮފިޝަލަށް ފޯރުކޮށް ދޭނެ އެވެ.
އިންޓަނޭޝަނަލް ފުޓްބޯޅަ އެސޯސިއޭޝަން ބޯޑު (އައިއެފްއޭބީ) ގެ އަހަރީ ޖަލްސާގައި ވާހަކަ ދައްކަމުން އިނގިރޭސި އެފްއޭގެ ސީއީއޯ މާކް ބުލިންހަމް ވިދާޅުވީ މި ޓެކްނޮލޮޖީ ބޭނުންކުރުމާ މެދު ގޮތެއް ނިންމުމަކީ ވަކިވަކި ލީގުތަކުން އޮންނަ އިހުތިޔާރެއް ކަމަށެވެ. އެ ސިސްޓަމް އަޕްގްރޭޑަށް އޭނާ ތާއީދުކުރާކަމަށް ވިދާޅުވި އެވެ.
"ގިނަ ނިންމުންތަކެއް ނިންމަޖެހިފައިވާ ދަނޑިވަޅެއްގައި އަހަންނަށް ހީވަނީ ވީހާވެސް އަވަހަކަށް އަދި ކުރުކޮށް ނިންމުމަކީ ދާންވީ މަގެއްހެން. އަންނަ ސީޒަނުން ފެށިގެން ދުނިޔޭގެ މަތީފަންތީގެ އިތުރު ލީގުތަކުން އެ ސިސްޓަމް ބޭނުންކުރާނެ ކަމުގެ އުންމީދު އެބައޮތް."
ޕްރިމިއާ ލީގުގެ ކުރީގެ އެންމެ މަޝްހޫރު ރެފްރީ އަދި ޕްރޮފެޝަނަލް ގޭމް މެޗް އޮފިޝަލްސް ލިމިޓެޑް (ޕީޖީއެމްއޯއެލް) ގެ ރެފްރީސްގެ ހަވާޑް ވެބް ބުނީ ޓެސްޓުކުރުމުގެ ކަންކަން ކުރިއަށް ދަނީ ފަރުދާގެ ފުރަގަހުގައި ކަމަށާއި ކުރިއެރުން ލިބޭނެ އެންމެ ރަނގަޅު ގޮތަކަށް ބަލައި އެކަމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ. އެންމެ ފަހުގެ މެޗް އޮފިޝަލްސް މިކްޑް އަޕް ޕްރޮގްރާމުގައި އޭނާ ބުނީ ހުރިހާ ޓެކްނޮލޮޖީއަކަށް ވެސް އޯޕަން ވިސްނުމެއް ގެންގުޅޭ ކަމަށާއި އޭގެ ސަބަބުން އަޅުގަނޑުމެން މިހާރަށް ވުރެ ހަރުދަނާ އަދި ހަރުދަނާ ވާނެ ކަމަށެވެ.
"އަހަރެމެންނަކީ ހުރިހާ ޓެކްނޮލޮޖީއަކަށް ވެސް ހުޅުވާލެވިފައިވާ ވިސްނުމެއްގައި ތިބޭ ބައެއް، އޭގެ ސަބަބުން އަޅުގަނޑުމެން މިހާރަށްވުރެ ހަރުދަނާ، އަދި އިތުބާރު ބޮޑު ނިންމުންތަކެއް ނިންމަން ފަސޭހަ ވެގެންދާނެ."
"އެސްއޯއޭޓީ" ސިސްޓަމަކީ ސެމީ އޮޓޮމޭޓެޑް ސިސްޓަމެކެވެ. މެޗުގެ ފީލްޑް ރެފްރީއަށް އެންގުމުގެ ކުރިން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ނިންމުން ސައްހަ ކުރަން ޖެހޭތީ އެވެ.
މި ސީޒަނުގައި ޕްރިމިއާ ލީގުގައި އޮފްސައިޑާ ގުޅޭގޮތުން ހެދި އެންމެ ބޮޑު ގޯހެއް ފާހަގަ ކުރެވުނު މެޗަކީ މިދިޔަ ސެޕްޓެމްބަރު މަހު ޓޮޓެންހަމް ހޮޓްސްޕާސް އަތުން 2-1 އިން ލިވަޕޫލް ބަލިވި މެޗުގައި ވީއޭއާރުގެ އޮފިޝަލުންގެ މެދުގައި އެި އޮޅުމަކުން، ލުއިޒް ޑިއާޒްގެ "ސައްހަ ލަނޑެއް" ގޯލެއްނޫން ކަމަށް ނިންމުމެވެ. އެސްއޯއޭޓީ ސިސްޓަމްގެ އަމާޒަކީ އެފަދަ ހަލަތަށް ލުޔެއް ހޯދައިދިނުމެވެ.
ޒޫމާގެ ގެ ފަޅާލި ވަގުންގެ މައުލޫމާތަށް 30ހާސް ޑޮލަރު
10 ވަނަ ބައްޔާއެކު ޓެން ހަގަށް އިތުބާރު ގެއްލިއްޖެ
ފުރަތަމަ މޮޅާއެކު ނިސްޓެލްރޫއީއަށް ހޫނު މަރުހަބާއެއް
ލޮޕެޓެގީގެ ވަޒީފާ މި ވަގުތަށް ސަލާމަތް ވެއްޖެ
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޗެލްސީގައި އެއް ކޯޗަކު ދެމިހުންނަން ޖެހޭ: މަރެސްކާ
ގާޑިއޯލާގެ އެންމެ ބޮޑު ވެއްޓުމާ ކުރިމަތިލާން ޖެހިއްޖެ
ސީޒަންގެ ބާކީ އޮތް ތަނަށް ލިވަޕޫލަށް ބޮޑު އިތުބާރެއް
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ