25 ނޮވެމްބަރ 2024
އިޕްސްވިޗް، ސަފެކް (ނޮވެމްބަރު 25) – މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް އޭނާ އާ އެކު އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ޓީމުގެ އާ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އިޕްސްވިޗް، ސަފެކް (ނޮވެމްބަރު 25) – މެންޗެސްޓާ ޔުނައިޓެޑްގެ ކުޅުންތެރިންނަށް އޭނާ އާ އެކު އިތުރު ވަގުތު ބޭނުންވާ ކަމަށް އެ ޓީމުގެ އާ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
ޔުނައިޓެޑްގެ ކޯޗުކަމުގައި އޭނާގެ ފުރަތަމަ މެޗުގައި ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުން ޔުނައިޓެޑް ވީ 1-1 ން އެއްވަރެވެ. މެޗު ފެށިގެން ދެވަނަ މިނެޓްގައި މާކޯސް ރަޝްފޯޑް ޔުނައިޓެޑަށް ލިޑް ނަގައި ދިނެވެ. އެކަމަކު ފުރަތަމަ ހާފް ނިމުމުގެ ކުރިން އޮމާރީ ހަޗިންސަން އިޕްސިވިޗަށް ނަތީޖާ ހަމަހަމަކޮށް ދިނެވެ.
މެޗަށް ފަހު އަމޯރީވް ބުނީ އޭނާ ގެނައި ބަދަލަށް ތިން ދުވަސްތެރޭގައި ކުޅުންތެރިންނަށް ހޭނެން އުނދަގޫ ވާނެ ކަމަށެވެ. އެހެންވެ އޭނާ ބުނީ ވަގުތު ލިބިގެން އޭނާގެ ޕްލޭނަށް ކުޅުންތެރިން ފިޓް ވާނެ ކަމަށެވެ.
ފީފާގެ ވިންޑޯގައި ގައުމީ ޓީމަށް ހާއްސަ ކުރި 10 ދުވަހަށް ފަހު، ގިނަ ކުޅުންތެރިން އެނބުރި އައީ ތިން ދުވަސް ކުރިންނެވެ. އޭނާ ބުނީ މުޅި ޓީމު ހަމަވެގެން ޕްރެކްޓިސް ކުރެވުނީ ދެ ދުވަހު ކަމަށެވެ.
އަމޯރިމް ކުޅުވީ 3-4-2-1 ގެ ސިސްޓަމަށެވެ. އޭނާ ބުނީ ގިނަ ދުވަސްތަކެއް ވަންދެން ވަކި ގޮތަކަށް ކުޅެމުން އައިސް ބަދަލުކޮށްލާއިރު ކުޅުންތެރިންނަށް ތަކުލީފަކަށް ވާނެކަން ގަބޫލު ކުރަން ޖެހޭ ކަމަށެވެ.
"މިހާރު އެއްވެސް ކަމަކަށް އުއްމީދު ކުރަން އުނދަގޫ ވާނެ. އަހަރެން ހައިރާނެއް ނުވޭ. އެކަމަކު މެޗަކުން އެ ހާލަތު ދެނެގަނެވޭނީ ވެސް. އެހެންވެ އަހަރެން ކުޑަކޮށް ހާސްވި. އެއީ މެޗުގައި ވާނެ ގޮތް ނޭނގޭތީ. އަހަންނަށް އެކަން ދެނެގަނެވުނު. ކަންކަން އެހާ ބޮޑަށް ތަފާތު ކުރުމުން ކުޅުންތެރިންނަށް އެކަމަށް ވިސްނުމުގައި ދެމިތިބީ،" ޕްރިމިއާ ލީގުގައި އޭނާގެ ފުރަތަމަ ޕޯސްޓް މެޗް ޕްރެސްގައި އަމޯރިމް ބުންޏެވެ.
"ތިން ދުވަސްތެރޭގައި ކުޅުންތެރިންނަށް ހުރިހާ ކަމަކާ ކުރިމަތިލާން އުނދަގޫ ވާނެ. އެކަމަކު އާ ހިޔާލުގެ މައްޗަށް ކަންކަން ބަދަލު ކުރަން އަހަރެމެން ހަނދާންނައްތާލައިގެން ނުވާނެ. އެއީ އަހަރެން މިތަނަށް ގެނެސްފައި މިހުރީ. ކުރިން ކުރަމުން އައި ކަންކަމާ ތަފާތުކޮށް ކަންކަން ކުރަން ކުރިމަތި ވެފަ މިއޮތީ. އަންނަ އަހަރު ވެސް މިހާހިސާބުގައި ހަމަ މި އުނދަގޫ ހާލަތުގައި އަހަރެމެން ދެމިތިބޭނީތޯ ނޫނީ މިހާރު އެ ތަކުލީފް އުފުލާނީތޯ.. އަހަރެމެން އެބަޖެހޭ ރިސްކް ނަގަން. އަހަރެމެން އެބަޖެހޭ މި ތަކުލީފް އުފުލަން. އަދި އަންނަ އަހަރު އަހަރެމެން ތިބޭނީ ރަނގަޅަށް."
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް