31 ޑިސެމްބަރ 2024
މެންޗެސްޓާ (ޑިސެމްބަރު 31) – މިހާރު މިދާ ގޮތުން ނަމަ މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެސް ވެދާނެކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
މެންޗެސްޓާ (ޑިސެމްބަރު 31) – މިހާރު މިދާ ގޮތުން ނަމަ މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެސް ވެދާނެކަމަށް އެ ޓީމުގެ ކޯޗު ރުބެން އަމޯރިމް ބުނެފި އެވެ.
އަމިއްލަ ދަނޑުގައި ކުޅެ ޔުނައިޓެޑުން ރޭ، ނިއުކާސަލް ޔުނައިޓެޑް އަތުން ބަލިވީ 2-0 އިންނެވެ. މިއީ 2015 ގެ ފަހުން އަމިއްލަ ދަނޑުގައި ނިއުކާސަލް އަތުން ޔުނައިޓެޑް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗަކީ ޔުނައިޓެޑް ބލިވި ވިދިވިދިގެން ހަތަރު ވަނަ މެޗެވެ. ލީގު ތާވަލުގައި އެ ޓީމު އޮތީ ރެލިގޭޝަން ޒޯނާ ހަތް ޕޮއިންޓް ދުރުގަ އެވެ.
އިނގިރޭސި ފުރަތަމަ ޑިވިޝަނަށް 1975 ގައި ޕްރޮމޯޓްވި ކްލަބްގެ ސަޕޯޓަރުންނަން، ޓީމު ރެލިގޭޝަނަށް ވެއްޓިދާނެކަން ބުނެދޭން ޖެހޭ ހިސާބަށް ގޮސްފައިވާކަމަށް އަމޯރިމް ބުންޏެވެ.
"އަހަންނަށް ހީވަނީ ރެލިގޭޝަނަށް ހިނގައިދާނެހެން. އަދި އަހަރެމެންގެ ސަޕޯޓަރުންނަށް އެކަން ސާފުކޮށް ދޭން ޖެހޭ،" އަމޯރިމް ބުންޏެވެ.
"ބައެއް ކަންކަން އަހަރެމެން ބަދަލުކުރަން ޖެހޭ. އެކަމަކު މި ސީޒަން އަހަރެމެން އެންމެންނަށް ވަރަށް ބުރަ ވާނެ."
އޭނާ ބުނީ ޔުނައިޓެޑްގައި މިހާރު މިއޮތީ އެ ކްލަބްގެ ތާރީހުގައި ވެސް ކުރިމަތިވި އުނދަގޫ ހާލަތްތަކުގެ ތެރެއިން ހާލަތެއްގައި ކަމަށެވެ.
"އަހަރެމެން ޖެހޭނެ އެކަން ގަބޫލުކުރަން،" އޭނާ ބުންޏެވެ.
މިދިޔަ މަހު ފަހުކޮޅު ޔުނައިޓެޑާ ހަވާލުވި އަމޯރިމް ބުނީ އެންމެ ބޮޑު މައްސަލައަކީ ސީޒަނެއްގެ މެދުތެރެއިން، ކަންކަން ރަނގަޅު ކުރަން ލިބޭ ވަގުތު މަދުވުން ކަމަށެވެ.
"ގިނަ މެޗުތަކެއް އޮތީމަ އަހަރެންނަކަށް ނުލިބޭ ބޭނުންވާގޮތަށް ކަންކަން ބަދަލުކޮށް އެގޮތަށް ޕްރެކްޓިސްކުރާނެ ވަގުތެއް،" ސްޕޯޓިން ލިޒްބަންއާ އެކު ކުރިން ކާމިޔާބު ހޯދި ކޯޗު ބުންޏެވެ.
އެރިކް ޓެން ހަގް ވަކިކޮށް އަމޯރިމް ހަމަޖެއްސުމާ ހަމައަށް، ކޯޗު ބަދަލުކުރުމުގެ މަރުހަލާގައި 35 މިލިއަން ޑޮލަރަށް ވުރެ ބޮޑު ހަރަދެއް ޔުނައިޓެޑުން ކުރި އެވެ.
އެއީ ޓެން ހަގް ވަކި ކުރުމުން އޭނާ އަށް ބަދަލުގެ ގޮތުގައި ދޭން ޖެހުނު 10 މިލިއަން ޑޮލަރު އަދި ސްޕޯޓިންގެ ކޮންޓްރެކްޓްގައި އަމޯރިމް ހުރުމުން އޭނާގެ ޓްރާންސްފާ ފީގެ ގޮތުގައި އެ ކްލަބަށް ދޭން ޖެހުނު 25 މިލިއަން ޑޮލަރު ވެސް ހިމަނައިގެންނެވެ.
ކޯޗުން ބަދަލުކުރިޔަސް ޔުނައިޓެޑްގެ ހާލަތު ރަނގަޅެއް ނުވި އެވެ. އަމޯރިމް ބުނީ އެކަމުގެ ޒިންމާ އޭނާ ނަގާ ކަމަށެވެ.
ފިނީގައި ޔުނައިޓެޑަށް ނިއުކާސަލް މައިތިރި ނުކުރެވުނު
ލިވަޕޫލް އަތުން ޕޮއިންޓެއް ލިބުނަސް އަމޯރިމް ދެރަވެފައި
ޔުނައިޓެޑް ކުޅުންތެރިން ނަފްސާނީ އުނދަގޫ ކުރިމަތިވެފައި
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން