މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑް 4-1 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް، ޕްރިމިއާ ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މެންޗެސްޓާ (އޭޕްރީލް 13) - މެންޗެސްޓާ ޔުނައިޓެޑް 4-1 އިން ބަލިކޮށް ނިއުކާސަލް ޔުނައިޓެޑް، ޕްރިމިއާ ލީގު ތާވަލުގެ ހަތަރު ވަނަ އަށް ޖެހިލައިފި އެވެ.
މި މެޗަށް ނެގި ސްކޮޑުގައި ޔުނައިޓެޑްގެ އެއް ވަނަ ކީޕަރު އަންދްރޭ އޮނާނާ ނުހިމަނަ އެވެ. އޮނާނާގެ ބަދަލުގައި ކުޅުނީ ބެކަޕް ކީޕަރު އަލްޓޭ ބަޔިންޑިއޭ އެވެ. މިއީ ޕްރިމިއާ ލީގައި އޭނާގެ ފުރަތަމަ މެޗެވެ. ނަމަވެސް 24 ވަނަ މިނިޓުގައި އެލެކްޒެންޑާ އީސާކް ދިން ޕާހަކުން ސަންޑްރޯ ޓޮނާލީ ވަނީ ނިއުކާސަލް އަށް ލީޑު ނަގައިދީފަ އެވެ.
ހާފު ނިމުމުގެ ކުރިން އަލެހަންދްރޯ ގާނާޗޯ ޔުނައިޓެޑަށް ނަތީޖާ އެއްވަރު ކޮށްދިން ނަމަވެސް، ދެ ވަނަ ހާފު ފަށައިގެން ހާވީ ބާންސް ވަނީ ނިއުކާސަލް އަށް އަލުން ލީޑު ހޯދައިދީފަ އެވެ. އަދި ބާންސްގެ އިތުރު ގޯލަކުން ލީޑު ފުޅާ ކުރި އިރު ފަހު ގޯލު ޖަހައިދިނީ ބްރޫނޯ ގިމަރޭސް އެވެ.
އޮނާނާ ސްކޮޑުގައި ނުހިމެނީ، ޔުރޮޕާ ލީގު މެޗުގައި ގިނަ ގޯސްތަކެއް ހަދާފައި ވާތީ، އިތުރަށް މަސައްކަތް ކުރަން ހަނދާން ކޮށްދިނުމުގެ ގޮތުން ކަމަށް ކޯޗު ރުބެން އަމޯރިމް ބުނެފައިވެ އެވެ. އަދި މި މެޗަށް ފަހު ކުރިއަށް އޮތް ޔުރޮޕާ ލީގުގެ ދެ ވަނަ ލެގަށް ތައްޔާރުވާން އޮނާނާ ފަށާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ލީގުގައި ޔުނައިޓެޑް އޮތީ 38 ޕޮއިންޓާ އެކު 14 ވަނައިގަ އެވެ. ލީގުގެ 13 ވަނައިގައި އޮތް އެވަޓަން ވަނީ ހޮނިހިރު ދުވަހުގެ ރޭ، ތިންވަނައިގައި އޮތް ނޮޓްނަމް ފޮރެސްޓް 1-0 އިން ބަލިކޮށް 38 ޕޮއިންޓް ހާމަކޮށްފަ އެވެ.
ނިއުކާސަލް މި މެޗަށް ނުކުތީ އެ ޓީމުގެ މެނޭޖަރު އެޑީ ހައު ވެސް ނެތި އެވެ. ދުވަސްތަކެއް ވަންދެން ބަލިވެ އުޅުމަށް ފަހު އޭނާ ވަނީ ހުކުރު ދުވަހު ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފަ އެވެ. ބަދަލުގައި ދަނޑުގައި އެޓީމަށް އިރުޝާދު ދިނީ އެސިސްޓެންޓް ކޯޗު ޖޭސަން ޓިންޑަލް އެވެ.
މި ނަތީޖާއާ އެކު ނިއުކާސަލް ހަތަރު ވަނަ އަށް ޖެހިލީ އެއް މެޗު މަދުން ކުޅެގެންނެވެ. މިހާތަނަށް ކުޅުނު 31 މެޗުން ނިއުކާސަލް ވަނީ 56 ޕޮއިންޓް ހޯދައިފަ އެވެ. ތިން ވަނައިގައި އޮތީ 32 މެޗުން 57 ޕޮއިންޓް ހޯދާފައިވާ ނޮޓްނަމް ފޮރެސްޓެވެ.
ނިއުކާސަލް ހަތަރު ވަނަ އަށް ޖެހިލުމުން މެންޗެސްޓާ ސިޓީ އާއި ޗެލްސީ މިވަނީ ފަހަތަށް ވެއްޓިފަ އެވެ. ސިޓީ ފަސް ވަނައިގައި އޮތީ 32 މެޗުން 55 ޕޮއިންޓް ހޯދައިގެންނެވެ.
ރޭ އިޕްސްވިޗް ޓައުންއާ ދެކޮޅަށް 2-2 އިން އެއްވަރުވި ޗެލްސީ އޮތީ 32 މެޗުން ލިބުނު 54 ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. ހަތް ވަނައިގައި އޮތީ ހަމަ މި އަދަދަށް ޕޮއިންޓް ހޯދާފައިވާ އެސްޓަން ވިލާ އެވެ.
ޗެލްސީ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ 31 މިނިޓުތެރޭ އިޕްސްވިޗުން ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ގޯލުތައް ޖަހައިދިނީ ހޫލިއޯ އެންސީސޯ އާއި ބެން ޖޯންސަން އެވެ. ދެ ވަނަ ހާފުގެ ފުރަތަމަ މިނިޓުގައި ޓުއަންޒެބޭ އަތުން ބައިކޮޅަށް ވަން ގޯލަކުން ޗެލްސީ ފަރަގު ކުޑަ ކުރި އިރު، އެއްވަރު ކުރި ލަނޑު ޖެހީ ޖޭޑަން ސަންޗޯ އެވެ.
ނިއުކާސަލްގެ ކޯޗު ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
މެންޗެސްޓާ ޔުނައިޓެޑް ރެލިގޭޓް ވެދާނެ: ކޯޗު
ފިނީގައި ޔުނައިޓެޑަށް ނިއުކާސަލް މައިތިރި ނުކުރެވުނު
ލީގުގެ ގަދަ ފަހެއްގެ މެދުގައި ތިން ޕޮއިންޓުގެ ފަރަގެއް
ޔުނައިޓެޑް ޗެމްޕިއަންސް ލީގުން ޖާގަ ޔަގީންކުރުމާ ގާތަށް
އާސެނަލް ވެއްޓިއްޖެ، ފުރިހަމަބާރާއެކު ސިޓީ އެއްވަނައަށް
ޓޮޓެންހަމުން ފަހަތުން އަރައި ޔުނައިޓެޑާ އެއްވަރުކޮށްފި
ލީގުގައި ހާލަންޑްގެ 30 ވަނަ ގޯލު ބައިސްކަލް ކިކަކުން
ނިއުކާސަލް މަގާމް ދަމަހައްޓައިފި، ޔުނައިޓެޑް ހަތަރަކަށް
ޔުނައިޓެޑް ވައްޓާލައި ނިއުކާސަލް ތިން ވަނަ އަށް