03 ޑިސެމްބަރ 2023
ނިއުކާސަލް (ޑިސެމްބަރު 3) - ގަދަ ފިނީގައި ކުޅެ، ނިއުކާސަލް ޔުނައިޓެޑުން، މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 ން ކުރި ހޯދައިފި އެވެ.
ނިއުކާސަލް (ޑިސެމްބަރު 3) - ގަދަ ފިނީގައި ކުޅެ، ނިއުކާސަލް ޔުނައިޓެޑުން، މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 1-0 ން ކުރި ހޯދައިފި އެވެ.
ރާއްޖޭ ގަޑިން ރޭ ދަންވަރު 1 ޖެހި އިރު ފެށި މެޗު ކުޅުނު އިރު، ނިއުކާސަލް ނިސްބަތްވާ ނިއުކާސަލް އަޕޯން ޓައިންގެ ފިނި ހޫނުމިން ހުރީ މައިނަސް 3 ޑިގްރީ ސެލްސިއަލްސްގަ އެވެ. އަޕޯން ޓައިން އަށް ވެހުނު ސްނޯތައް ނުވިރި އިއްޔެ މުޅި ދުވަސް ހޭދަވި އެވެ. ފިނި ހޫނުމިން ހުރީ ކިރިޔާ ގަނޑު ނުވާވަރަށެވެ.
ޔުނައިޓެޑްގެ ކޯޗު އެރިކް ޓެން ހަގްގެ ހެދި ދަތުރުގެ ޕްލޭންތަކަށް ވެސް ބުރޫ އެރި އެވެ. އޭނާގެ ޓީމު ޓައިންސައިޑަށް ގެންދަން ހަމަޖެހިފައިވާ މަތިންދާބޯޓު އެހެން އެއާޕޯޓެއްގައި ތާށިވެ ބޭނުންވާ ގަޑިއަށް ދަތުރު ނުކުރެވުނީ ފިނި މޫސުގެ ސަބަބުންނެވެ. ޓައިންސައިޑަށް ދާން ނިއުކާސަލްއިން އެހެން މަތިންދާބޯޓެއް ހަމަޖައްސައި ދިން ކަމުން ވަގުތުން ފުރޭ ގޮތްވި އެވެ.
ގަދަ ފިނީގައި ކުޅެން ޖެހުނަސް ނިއުކާސަލްގެ ހޫނު ޔުނައިޓެޑަށް މައިތިރިއެއް ނުކުރެވުނެވެ.
މެޗުގެ ތަފާތަކަށްވީ، ދެވަނަ ހާފުގައި އެންޓޮނީ ގޯޑަން ވައްދާލި ލަނޑެވެ. ކިރަން ޓްރިޕިއާ ދިން ފުރުސަތަކުން އޭނާ ލަނޑު ޖެހީ 55 ވަނަ މިނެޓްގަ އެވެ.
މެޗުން މޮޅުވެ، ނިއުކާސަލް ވަނީ ޔުނައިޓެޑަށް ވުރެ އިތުރަށް ދެ ޕޮއިންޓް ހޯދައިގެން ތާވަލުގެ ފަސްވަނަ އަށް ޖެހިލައިފަ އެވެ. ޔުނައިޓެޑް ވަނީ ހަތްވަނަ އަށް ވެއްޓިފަ އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
އަމޯރިމަށް ވިސާ ނުލިބޭ، މަސައްކަތް ފެށުން ލަސްވެދާނެ
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން