11 ނޮވެމްބަރ 2024
މެންޗެސްޓާ (ނޮވެމްބަރު 11) – މެންޗެސްޓާ ޔުނައިޓެޑާ މިއަދު ހަވާލުވާ ކޯޗު، ރުބެން އަމޯރިމް އަށް ވިސާ ނުލިބޭތީ މަސައްކަތް ފެށުން ލަސްވެދާނެ ކަމަށް ބެލެވިއްޖެ އެވެ.
މެންޗެސްޓާ (ނޮވެމްބަރު 11) – މެންޗެސްޓާ ޔުނައިޓެޑާ މިއަދު ހަވާލުވާ ކޯޗު، ރުބެން އަމޯރިމް އަށް ވިސާ ނުލިބޭތީ މަސައްކަތް ފެށުން ލަސްވެދާނެ ކަމަށް ބެލެވިއްޖެ އެވެ.
ސްޕޯޓިން ލިޒްބަންގެ ކޯޗު، ޔުނައިޓެޑާ ރަސްމީކޮށް ހަވާލުވާން ހަމަޖެހިފައި އޮތީ މިއަދު އެވެ. އެކަމަކު އިނގިރޭސި ވިލާތުގައި މަސައްކަތް ކުރުމުގެ ވިސާ އަދިވެސް އޭނާ އަށް ހަމަޖެހިފައި ނުވާތީ، އޭނާ އަށް އެ މަގާމު އަދާ ނުކުރެވޭނެ އެވެ.
ވޯކް ވިސާ ހަމަޖެހިފައި ނެތަސް، މިއަދު އޭނާ މެންޗެސްޓާ އަށް ދަތުރުކުރާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުންޏެވެ. އެކަމަކު އެއްވެސް މަސައްކަތެއްގައި އޭނާ ބައިވެރި ނުވެވޭނެ އެވެ.
ޕޯޗުގަލްގެ ލީގުގައި އޭނާ ވަނީ ސްޕޯޓިން އާ އެކު ރަނގަޅު ޓްރެކެއްގައި ދަމަހައްޓައިފަ އެވެ. ލީގުގައި ކުޅުނު 11 މެޗުން ވެސް އެ ޓީމު މޮޅުވި އެވެ.
ބްރާގާއާ ދެކޮޅަށް ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗަށް ފަހު އަމޯރިމް ބުނީ ސްޕޯޓިންއާ އެކު ރަނގަޅު މަސައްކަތެއް އޭނާ އަށް ކުރެވިއްޖެ ކަމަށް ގަބޫލު ކުރާ ކަމަށެވެ.
"މިހާރު އަހަރެން އިންތިޒާރުކޮށްގެން މިހުރީ އާ ޗެލެންޖަކަށް. އަހަންނަށް އެނގޭ ފަސޭހަ ނުވާނެކަން. އަހަރެން މިހުރީ އަވާމެންދުރެއްގައި ޖެހިފައެއް ނޫން. އަހަރެން މިހުރީ ހަގީގަތް އޮޅިފަކަ ނޫން. އަހަންނަށް އެނގޭ މިހާރު މި ކުރާ މަސައްކަތާ ތަފާތު ވާނެކަން. އުނދަގޫ ވާނެކަން،" އަމޯރިމް ބުންޏެވެ.
އެރިކް ޓެން ހަގް ކޯޗު ކަމުން ވަކި ކުރުމަށް ފަހު ޔުނައިޓެޑުން އެ ޓީމު ވަގުތީގޮތުން ހަވާލު ކުރީ އެސިސްޓެންޓް ކޯޗު ރޫޑް ވެން ނިސްޓެރޫއީ އާ އެވެ. އޭނާގެ ކޯޗުކަމުގެދަށުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން ޓީމު މޮޅުކޮށް ދިނެވެ. އަނެއް މެޗުން ވީ އެއްވަރެވެ.
ލެސްޓާ ސިޓީއާ ދެކޮޅަށް، ރޭ 3-0 ން މޮޅުވި މެޗަށް ފަހު ނިސްޓެރޫއީ ވަނީ ސަޕޯޓަރުންނަށް އިހްތިރާމު އަދާކޮށްފަ އެވެ.
އެކަމަކު، އާ ކޯޗުގެ އެސިސްޓެންޓެއްގެ ގޮތުގައި އޭނާ އަށް މަސައްކަތް ކުރަން ޖާގަ އޮތް ކަމެއް އަދި ނެތް ކަމެއް ވެސް ޔަގީނެއް ނޫނެވެ.
"އަހަރެން ބޭނުން ކްލަބަށް އެހީވާން. އެކަމަކު އަހަންނަކަށް ސާފެއް ނުވޭ. އަހަރެން މަޑުކުރާ ކަމެއް ނޫން ކަމެއް ވެސް. ކްލަބުން ބުނީ އެކަން ޔަގީން ކުރެވޭނީ ކުރިއަށް ހުރި ދުވަސްތަކުގައި ވާހަކަތައް ކުރިއަށް ގެންދިއުމަށް ފަހު ކަމަށް،" ކުރިން ޔުނައިޓެޑަށް ކުޅުނު ނިސްޓެރޫއީ ބުންޏެވެ.
މިވަގުތަކީ ފީފާގެ އިންޓަނޭޝަނަލް ބްރޭކެވެ. ޔުނައިޓެޑްގެ މުހިންމު ކުޅުންތެރިން ވެސް ވަނީ ގައުމީ ޓީމާ ގުޅިފަ އެވެ.
ޔުނައިޓެޑްގައި އަމޯރިމްވެސް ބުނީ ވަގުތު ބޭނުންވާ ކަމަށް
ޔުނައިޓެޑްގައި ކަމެއް ސާބިތުކޮށްދޭން އަމޯރިމް ބޭނުންވޭ
ޑިލިޓް ދަނޑުން ފޮނުވާލުމުން ޓެން ހަގް ރަތަށް
ޔުނައިޓެޑް ބަލިވުމުގެ ޒިންމާ ކަސެމީރޯ ބޮލަށް
އަގުވަަޒަން ނުކުރިޔަސް ފަރުވާލެއް ނެތް: ޓެން ހަގް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ދަށް ސީޒަން
މިއީ ދެއަތް ފުރަގަހަށްލައިގެން ފެތުން: ޓެންހަގް
ޕްރިމިއާ ލީގު ކަށަވަރުކުރުން އަންނަ ހަފުތާ އަށް
ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ އެންމެ ލަދުވެތި ސީޒަން
ކްލޮޕްގެ އެންމެ ހިތްދަތި ބައްޔާއެކު އުންމީދުތައް ފެނަށް