Roadha Mihaaru

އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން ތަރައްގީގެ މަޝްރޫއުތައް ހުއްޓިދާނެ: ރައީސް

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

"އިންތިހާބުގެ ނަތީޖާއިން މަޝްރޫއުތައް ހުއްޓިދާނެ"
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

20 ޖުލައި 2023

މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ނުކުންނަ ގޮތަކުން މި ސަރުކާރުން މިހާރު ފަށާފައިވާ މަޝްރޫއުތައް ހުއްޓިދާނެ ކަމަށް ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު ހއ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ތަކަންދު އަށް ވަޑައިގެން އެ ރަށުގެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ،މި ސަރުކާރު އައުމާ އެކު ވައުދުވީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތު ނުކުރުމަށާއި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ވެސް އެންމެ އަސާސީ ހިދުމަތްތައްް ހޯދައި ދެއްވަން ކަމަށެވެ.

ތަކަންދު އަށް ބޭނުންވާ އަސާސީ ހިދުމަތްތައް ގާއިމު ކުރުމުގެ މަސައްކަތްތައް ނިމެމުން ދާކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ، އެކި ރަށްރަށުގައި މި ސަރުކާރުން ފެށި ތަރައްގީގެ މަޝްރޫއުތައް އަދި ނިމުމަކަށް ނުދާ ކަމަށެވެ. އެކަމަކު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ނުކުންނަ ނަތީޖާއަކުން އެ މަޝްރޫއުތައް ހުއްޓުމަކީ އެކަށީގެންވާ ކަމެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.

"އަޅުގަނޑު ހިތުން ރާއްޖޭގެ އެއްވެސް ރައްޔިތަކު މިއަދަކު ނޭދޭނެ މި ފަށާފައި ހުރި ތަރައްގީގެ މަޝްރޫއުތައް ހުއްޓޭކަށެއް،" ރައީސް ވިދާޅުވި އެވެ.