28 އޯގަސްޓް 2023
މި ސަރުކާރަށް އިތުރު ދައުރެއް ނުލިބިއްޖެ ނަމަ މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ފަހަތަށް ސޮއްސާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި ސަރުކާރަށް އިތުރު ދައުރެއް ނުލިބިއްޖެ ނަމަ މިހާރު ފަށާފައިވާ ތަރައްގީގެ މަޝްރޫއުތައް ފަހަތަށް ސޮއްސާލާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
މި ފަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ތ. މަޑިފުއްޓަށް ވަޑައިގެން ރައީސް ވިދާޅުވީ ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ނިންމާފައިވާ ގޮތަށް ބައެއް މަޝްރޫއުތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށް ނުގެންދެވުނު ކަމަށާއި ނަމަވެސް ވައުދުތަކުގެ 90 ޕަސެންޓް ނިންމާފައިވާ ކަމަށެވެ.
"ވީ ވައުދުތަކުގެ 90 ޕަސެންޓް މިއަދު މި ވަނީ މުޅިން ނޫނީ ނިމުމަކާ ހިސާބުގައި. މިއީ ރަނގަޅު އެޗީވްމަންޓެއް ކަމަށް ގަބޫލު ކުރެވޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި އެވެ.
ތ. މަޑިފުށީ ކެމްޕެއިން ޖަލްސާގައި ޒުވާނުންތަކެއް--ފޮޓޯ: އެމްޑީޕީ
ދެން އޮތީ މަސައްކަތްތައް މުޅިން ނިންމާލުން ކަމަށާއި އަދިވެސް ކުރަން ޖެހޭ ކަންކަން ވަރަށް ގިނަ ކަމަށް ރައީސް ވިދާޅުވި އެވެ.
އަސާސީ ހިދުމަތްތަކާއި އިތުރު ވަސީލަތްތަކަކީ އެއް ދުވަހުން ނިންމޭ ކަންކަމެއް ނޫން ކަމަށާއި ޕްލޭން ކޮށްގެން ކުރިއަށް ދާއިރު އިތުރު ފުރުސަތެއް ނުލިބިއްޖެ ނަމަ މަޑުޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މިކަން ކުރިއަށް ގެންދެވޭނީ މި ސަރުކާރަށް ފުރުސަތު ދީގެން. ފަށާފައިވާ ކަންކަމާއި ކުރިޔަށް ރާވާފައިވާ ކަންކަމަކީ ލާމެހިފައިވާ ކަންކަން،" ރައީސް ވިދާޅުވި އެވެ.
- ބޮޑެތި ހުރިހާ މަގެއްގައި ތާރު އެޅުން.
- އުދައެރުން ހުއްޓުވަން ރިވެޓްމަންޓު އުސް ކުރުން.
- ހައުސިން ޔުނިޓު އެޅުން.
- ގެދޮރު ހަދަން ފަސޭހައިން ލުއި ލޯނު ލިބޭ ގޮތް ހަމަޖެއްސުން.
- 10 ކްލާސް ރޫމާއި ސްކޫލަށް ވަސީލަތްތައް ހޯދުން.
- ދޯނި އެހެލާ ތަނެއް ހަދައި ދިނުން.
- ސިއްހީ މަރުކަޒު އަޕްގްރޭޑް ކުރުން.
މާފަރު އެއާޕޯޓަށް ޔޫރަޕުން ސީދާ ފްލައިޓް!
"އިންތިހާބުގެ ނަތީޖާއިން މަޝްރޫއުތައް ހުއްޓިދާނެ"
ތަރައްގީ މަޝްރޫއު ނުހުއްޓޭނީ އިތުރު ދައުރެއް ލިބިގެން
އައްޑޫ މީހުން ރައީސަށް ދެވަނަ ދައުރެއް ދޭންޖެހޭ:ނިޒާރު
ގިރާވަރު ފަޅު މިއަހަރު މެދުތެރޭ ހިއްކާ ނިމޭނެ: ރައީސް
ކުރިން ނުކޮށްދެވޭ ވަރުގެ މަސައްކަތް ކުރެވިއްޖެ: ރައީސް
އޭރު ނުކުރެވުނު ކަމެއް ފަހުން ވެސް ނުކުރެވޭނެ: ރައީސް
"މަޝްރޫއުތައް ފެށީ ފައިސާ ނެތި ސިޔާސީ ބޭނުމަށް"
އެމްޑީޕީގެ ބޮޑެތި ރަށްރަށް މުއިއްޒަށް
މާލެ، އައްޑޫގެ ނަތީޖާ: އެމްޑީޕީ އަށް އޮތީ ބުރަ އިމްތިހާނެއް